Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ހަމަ ނުޖެހުންތަކުގައި އީރާނުގެ 100ށް ވުރެ ގިނަ ސަލާމަތީ އޮފިޝަލުން މަރުވެއްޖެ

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ބޭރުގެ ނުފޫޒުތަކާއި އެފަރާތްތަކުގެ އެހީތެރިކަން ލިބިގެން އުޅޭ ޓެރަރިސްޓް ޖަމާއަތްތައް.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 08:02
ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު މަގުތަކަށް ނުކުތް އިރު ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވަނީ

ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު މަގުތަކަށް ނުކުތް އިރު ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވަނީ | ގެޓީ އިމޭޖަސް

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގައި މަރުވި ސަލާމަތީ ބާރުތަކުގެ މީހުންގެ ޖަނާޒާ ބޭއްވުމަށް ތައްޔާރުވަމުންދާ އިރު 100 ށް ވުރެ ގިނަ ސަލާމަތީ އޮފިޝަލުން ހަމަނުޖެހުންތަކުގައި މަރުވެފައިވާ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި މަރުވި "ޝަހީދުންނާއި ސަލާމަތީ ބާރުތަކުގެ މީހުންގެ" ހަނދާނުގައި ގައުމީ ފެންވަރުގެ ބޮޑު ޖަނާޒާއެއް ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ވަނީ ހާމަ ކޮށްފަ އެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު ތެހެރާން ޔުނިވަރސިޓީގަ އެވެ. މިއީ ސަލާމަތީ ބާރުތަކުގެ މީހުންގެ ޝަރަފުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގިނަ ޖަނާޒާތަކުގެ ތެރެއިން ފުރަތަމަ ޖަނާޒާ އެވެ.

މީގެ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ކުރިން ފެށުނު މި ހަމަނުޖެހުންތަކާ ގުޅިގެން އީރާނުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ސަލާމަތީ ބާރުތަކަށް ދެމުންދާ ހަމަލާތަކުގެ ފަހަތުގައި ވަނީ ބޭރުގެ ނުފޫޒުތަކާއި އެފަރާތްތަކުގެ އެހީތެރިކަން ލިބިގެން އުޅޭ ގްރޫޕްތަކެވެ.

މި މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާކަން ދައުލަތުގެ މީޑިއާ އިން ގަބޫލުކޮށްފައިވާއިރު، "މާޓިއާޒް ފައުންޑޭޝަން" ގެ ވެރިޔާ އާ ހަވާލާދީ ބުނެފައި ވަނީ، މި ހަމަނުޖެހުންތަކުގެ ޒިންމާ އުފުލަން ޖެހޭނީ ހަތިޔާރު އެޅި ޓެރަރިސްޓް ޖަމާއަތްތަކުން ކަމަށެވެ.

މުޒާހަރާތަކާ ގުޅިގެން އީރާނުގައި އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައި އޮންނަތާ މިހާރު ފަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ބައިނަލްއަގުވާމީ ފޯނުގެ ހިދުމަތް ބައެއް ވަގުތުތަކުގައި ލިބެމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

އީރާނުން މުޒާހަރާތައް ހުއްޓުވުމަށް ބޭނުންކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ވިލާތުގެ ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގައި ތިއްބަވާ އީރާނުގެ ސަފީރުން ހާޒިރުކޮށް އިހުތިޖާޖުކޮށްފަ އެވެ. ނަމަވެސް، އީރާނުގެ ގާތް އެކުވެރިއެއް ކަމަށްވާ ރަޝިޔާ އިން ވަނީ ތެހެރާންގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަންނަމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އީރާން-ރަޝިޔާއީރާން މުޒާހަރާއީރާން

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2026

އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި

14 ޖެނުއަރީ 2026
އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި
14 ޖެނުއަރީ 2026

މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 ޖެނުއަރީ 2026
މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
13 ޖެނުއަރީ 2026

އީރާނު މިސްރާބު ޖަހާފައި ވަނީ 1979 ވަނަ އަހަރު ފަދަ އިންގިލާބަކާ ދިމާލަށްބާ؟

13 ޖެނުއަރީ 2026
އީރާނު މިސްރާބު ޖަހާފައި ވަނީ 1979 ވަނަ އަހަރު ފަދަ އިންގިލާބަކާ ދިމާލަށްބާ؟
13 ޖެނުއަރީ 2026

އެމެރިކާ އިން އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދީފާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން: ރަޝިޔާ

13 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދީފާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން: ރަޝިޔާ
13 ޖެނުއަރީ 2026

މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

13 ޖެނުއަރީ 2026
މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު