Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޭންގު

ރާއްޖޭ ގައި ގޭންގެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް ގޭންގެއް ކަނޑައައެޅުމަށް ކޯޓަށް

އެސްކޭޕީ ސްޕޯޓްސް ކްލަބް އުވާލައި ސްކޫޕު ނަންފަދަ ނަންތައް ފޮހެލުމަށް އަމުރުކޮށްދިނުމަށް އެދިފައިވޭ. މިއީ މި ޤާނޫނުގެ ދަށުން ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ ހުށަހެޅުން.

އަލީ ޝާހީން
އަލީ ޝާހީން | 15 ޖެނުއަރީ 2026 | ބުރާސްފަތި 10:41
ގޭންގް ސަޕްރެޝަން ޑިޕާޓްމަންޓުގެ ފުލުހުން ހަރަކާތްތެރިވަނީ

ގޭންގް ސަޕްރެޝަން ޑިޕާޓްމަންޓުގެ ފުލުހުން ހަރަކާތްތެރިވަނީ | ޕޮލިސް

އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓަށް ހުށަހަޅައިފި އެވެ. 

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހެޅި ހުށަހެޅުމާއި، ހެކިތައް އެ އޮފީހުން ދިރާސާކޮށް ބެލިއިރު "ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" އެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ، އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއްކަމަށް އެ އޮފީހަށް ފެންނަ ކަމަށެވެ. 

Advertisement - newsAdvertisement

އެހެންކަމުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އޮފީހުން ބުރާސްފަތި ދުވަހު ވާނީ "ސްކޫޕު"، "ސްކޫޕު ކަންމަތި" ނުވަތަ "SKP” ގުރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަވާ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް (ގޭންގެއް) ކަމަށް ކަނޑައަޅައި، އެ ގްރޫޕަށް ނިސްބަތްވާ މީހުންކަމަށް ފާހަގަވެފައިވާ 9 މީހަކު އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައަޅައި ދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފަ އެވެ.

މި ހުށަހެޅުމާއެކު އެ އޮފީހުން ވާނީ އެ ގްރޫޕަށް ނިސްބަތްވާކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި،"ސްކޫޕު"، "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި، އެންމެހައި ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދެއްވުމަށް ކޯޓުގައި އެދިފައި ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. 

މިއީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް ހުށަހެޅި މިފަދަ ދެވަނަ ހުށަހެޅުމެވެ. ކުރީގެ ހުށަހެޅުން އެ އޮފީހުން ދިރާސާކޮށް ބެލިއިރު، ގޭންގެއްކަމަށް ކަނޑައެޅުމަށްޓަކައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަމަށް ސާބިތުކުރުމަށް ބޭނުންވާވަރަށް ތަޙުޤީޤު ފުރިހަމަވެފައި ނުވާތީ އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ހުށަހެޅުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލި އެވެ.

އެހެންކަމުން، މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް (ގޭންގް)" އެއްކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ ހުށަހެޅުމެވެ. މިކަމާ ގުޅިގެން ކޯޓުން ގޮތެއް ކަނޑައެޅުމުން ޤާނޫނުގެ ދަށުން އެ ގްރޫޕާއި، ގްރޫޕްގެ މެންބަރުންނާމެދު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. 

ޤާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" މާނަކޮށްދީފައިވަނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް، ނުވަތަ އެނޫންވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް މާލީ ނުވަތަ އެނޫންވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކަށެވެ. މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅެނީ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު "އެކްޓިވް" ގްރޫޕްތަކާ މެދުގަ އެވެ.

ސްކޫޕުޕްރޮސެކިއުޓަރ ޖެނެރަލްހައި ކޯޓުގޭންގުއައްޑޫ ހިތަދޫ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2026

ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކާ އެކު އިއުތިރާފުގެ އެއްބަސް ވުމެއް ހަދައި، 11 އަހަރަށް ޖަލަށް

14 ޖެނުއަރީ 2026
ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކާ އެކު އިއުތިރާފުގެ އެއްބަސް ވުމެއް ހަދައި، 11 އަހަރަށް ޖަލަށް
09 ޖެނުއަރީ 2026

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

09 ޖެނުއަރީ 2026
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
09 ޖެނުއަރީ 2026

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފަނޑިޔާރު ހަސަން ޝަފީއު

09 ޖެނުއަރީ 2026
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފަނޑިޔާރު ހަސަން ޝަފީއު
06 ޖެނުއަރީ 2026

އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ

06 ޖެނުއަރީ 2026
އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ
06 ޖެނުއަރީ 2026

އެފްއޭއެމްގެ ފައިސާއިން ޕެންޓް ހައުސް ގަތް މައްސަލައިގައި ބައްސާމް 23 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ޖެނުއަރީ 2026
އެފްއޭއެމްގެ ފައިސާއިން ޕެންޓް ހައުސް ގަތް މައްސަލައިގައި ބައްސާމް 23 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު