Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބާރ ކައުންސިލް

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓެއްގައި ދިފާއީ ވަކީލުން ހެކިންނަށް ބިރުދައްކާކަމަށް ބުނެފައިވާތީ ބާރ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވޭ. އެ ތުހުމަތަކީ ހެއްކަކާ ނުލައި ދިފާއީ ވަކީލުންނަށް އަމާޒުވެގެންދިޔަ ކަމެއްކަމަށާއި މިކަން އާންމުންގެ އިތުބާރަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2025 | ހުކުރު 06:06
ދިފާޢީ ވަކީލަކު ކޯޓު ރޫމެއްގައި

ދިފާޢީ ވަކީލަކު ކޯޓު ރޫމެއްގައި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ނިސްބަތްކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި އެވެ. 

ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ހެކިންނަށް ބިރުދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓެއްގައި ބުނެފައިވާތީ އެކަމާ ގުޅިގެން ބާރ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގައި، "ދިފާއީ ގޮތުން ވަކާލާތު ކުރައްވާ ވަކީލުން އެކި ގޮތްގޮތުން ހެކިންނަށް ބިރު ދައްކައި ފުރާނައަށް ނުރައްކާވާނޭފަދަ ހަމަލާއެއް ދޭނެ ކަމަށް ބުނެ، އިންޒާރުދީ ހަދާކަން ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު ޤަޟިއްޔާއަށް ބެލުމުންވެސް އެނގެން އޮންނައިރު، މިކަމަކީ ހިނގާ ކަމެއް ކަމާއި، އަދި މިއީ ޖިނާއީ އަދުލުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މިވަނީ ވެފައެވެ."، މިހެން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ޙުކުމާ ގުޅިގެން މީޑިއާ ގެ މަންސަތަކުގައި ޤާނޫނީ ވަކީލުންނަށް ނިސްބަތްވާގޮތަށް ޚަބަރުތައް ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގައި ދިފާޢީ ވަކީލުންނަށް ނިސްބަތްވާގޮތަށް ފާހަގަކުރި ޢިބާރާތަކީ، ހެއްކެއްގެ މައްޗަށް ނުވަތަ ކްރިމިނަލް ކޯޓުގެ އެ ޤަޟިއްޔާގައި ޤާނޫނީ ވަކީލުގެ ފުށުން ހިނގާފައިވާ ވަކި ޢަމަލެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ދިފާޢީ ވަކީލުންގެ ގޮތުގައި ބުރަކޮށް މަސައްކަތްކުރައްވާ މަދު ޤާނޫނީ ވަކީލުންނަށް އަމާޒު ވެގެން ދިޔަ ކަމެއްކަމުގައި ފާހަގަކުރެވޭ ކަމަށެވެ. 

އަދި، އެ މައްސަލައިގެ ޙުކުމާ ގުޅިގެން ބައެއް މީޑިއާތަކުގައިވެސް ޚަބަރު ފަތުރާފައިވާގޮތުން މި ޢިބާރާތް އެއަށްވުރެ ފުޅާކޮށް ރައްދުވެ، ދިފާޢީ ވަކީލުންނާމެދު މުޖުތަމަޢުގައި ނުރަނގަޅު ތަޞައްވުރެއް އުފެދި ދިފާޢީ ވަކީލުންނަކީ ކުށުގެ ޢަމަލުތަކެއް ހިންގާ ބައެއްގޮތުގައި ސިފަކުރެވުމަކީ، ޢަދުލު އިންޞާފުގެ ނިޒާމަށް އަދި ޤާނޫނީ ފަންނަށް އާންމުންގެ އޮންނަ އިތުބާރަށް ވެސް ނޭދެވޭ އަސަރުތަކެއްކުރާނެ ކަމެއްކަމުގައި ބާ ކައުންސިލަށް ޤަބޫލުކުރެވޭތީ އާއި، ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ ފަންނުގެ ޤާނޫނުގެ މަ ޤުޞަ ދުތަކުގެ ތެރޭގައި، ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރަންވާނެކަމަށާއި، ޤާނޫނީ ޚިދުމަތަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުންވެސް ހިމެނިފައިވާތީ، މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބާ ކައުންސިލުގެ ފަރާތުން ކްރިމިނަލް ކޯޓާ ހިއްސާކޮށްފައިވާނެ ކަމަށެވެ. 

އެއްވެސް އިދާރާއެއްގައި ނުވަތަ ކޯޓެއްގައިވިޔަސް ހިނގަމުންދާ މައްސަލައެއްގައި ނުވަތަ ތަޙުޤީޤުކުރެވެމުންދާ މައްސަލައެއްގައިކަމަށްވިޔަސް، ހެއްކަކަށް ނުފޫޒު ފޯރުވުމާއި، ނުފޫޒު ފޯރުވަން މަސައްކަތްކުރުންފަދަ ޢަމަލުތައް، އާންމު ފަރުދެއް، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއް، ދައުލަތުގެ ވަކީލެއް ނުވަތަ ދިފާޢީ ވަކީލެއް ނުވަތަ އެހެން ފަރާތަކުން ކުރިކަމުގައިވިޔަސް އެކަމުގައި ޤާނޫނުތަކުގެ ދަށުން ފިޔަވަޅު އެޅޭނެ ނިޒާމު ޤާއިމުވެފައިވާއިރު، ޖިނާއީ މައްސަލަތަކުގައި ދަޢުވާލިބޭ ފަރާތްތަކަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އެންމެ އަސާސީ އެއް ޙައްޤުކަމުގައިވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އޮންނަ ޙައްޤު ފޯރުކޮށްދޭ ވަކީލުންނަށް ނިސްބަތްކޮށް އެ ވަކީލުންނަކީ ކުށްވެރިންކަމަށް ނުވަތަ ކުށުގެ ޢަމަލު ހިންގާ ފަރާތްތަކެއްކަ މަށް އާންމުންނަށް ދޭހަވާގޮތަށް އެއްވެސް ހެއްކަކާ ނުލައި ދައުލަތުގެ އެއްވެސް އިދާރާއަކުން، ޝަރުޢީ ކޯޓަކުން ނުވަތަ އާންމު ފަރާތަކުންވެސް އެފަދަ ތުހުމަތު ރައްދުކުރުން ބާ ކައުންސިލް އިން ކުށްވެރިކުރަން 
ބާރ ކައުންސިލް

ބާރ ކައުންސިލުން ބުނީ މި ކަންކަމަކީ އިންސާފުވެރި ޝަރީޢަތުގެ ޙައްޤަށް ހުރަސްއެޅިގެންދާނެ އަދި ޢަދުލު އިންސާފުގެ ނިޒާމާމެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމުގައި ބާރ ކައުންސިލުން ދެކޭ ކަމަށެވެ. 

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ މަޤްޞަދުތަކަށް ބަލާއިރު، ޤާނޫނީ ވަކީލުންގެ ފަންނަކީ، އެ ފަންނުގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި، އިމްތިޔާޒުތައް ޙިމާޔަތްކޮށް ރައްކާތެރިކުރެވެން ވާނެ ބައެއްކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. އަދި ޤާނޫނީ ވަކީލުންގެ ސުލޫކާގުޅޭ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނާއި، ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު އަދި ޤާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ސުލޫކީ މައްސަލަ ހުށަހެޅުމުގެ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށެވެ. 

އެގޮތުގެ މަތިން އެފަދަ މައްސަލަތައް ބާރ ކައުންސިލަށް ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފައިވެ އެވެ. އަދި ޤާނޫނީ ވަކީލުންގެ ސުލޫކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ޤާނޫނާއި ގަވާއިދު ތެރެއިން މިހާރުވެސް ބާރ ކައުންސިލުން ބަލައި، ފިޔަވަޅު އަޅަންޖެހޭ މައްސަލަތަކުގައި ފިޔަވަޅު އަޅަމުންދާނެ ކަމަށް ބުނެފައިވެ އެވެ.

ބާރ ކައުންސިލުން ވަނީ ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ނިސްބަތްކޮށް އަސާސެއް ނެތް ތުހުމަތުތައްކުރުމުން ދުރުހެލިވުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

ބާ ކައުންސިލްކްރިމިނަލް ކޯޓްދިފާޢީ ވަކީލުންޤާނޫނީ ފަންނުގެ ޤާނޫނުހައި ކޯޓުއަދުލު އިންސާފުގެ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު