Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރު މުހައްމަދު ނިޔާޒް

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

ނިޔާޒް އަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޚިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 10 ޑިސެމްބަރު 2025 | ބުދަ 01:12
ފަނޑިޔާރު މުހައްމަދު ނިޔާޒް: ރިޓަޔާކުރެއްވީ 23 އަހަރު ޝަރުއީ ދާއިރާ އަށް ޚިދުމަތް ކުރެއްވުމަށްފަހު

ފަނޑިޔާރު މުހައްމަދު ނިޔާޒް: ރިޓަޔާކުރެއްވީ 23 އަހަރު ޝަރުއީ ދާއިރާ އަށް ޚިދުމަތް ކުރެއްވުމަށްފަހު

ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޚިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު، މުހައްމަދު ނިޔާޒް ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔަރ ކުރައްވައިފި އެވެ.

ދިވެހި ޝަރުއީ ދާއިރާއަށް 23 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ނިޔާޒް މަގާމުން ރިޓަޔާ ކުރެއްވީ ސިއްހީ ސަބަބުތަކަކަށްޓަކައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

Advertisement - newsAdvertisement

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ މަހު ފަނޑިޔާރު ނިޔާޒުގެ ރިޓަޔާމަންޓް ބަލައިގެންފައި ވާއިރު، ކޮމިޝަނުން ނިންމި ގޮތަށް އަންގާރަ ދުވަހުން ފެށިގެން ނިޔާޒު ވަނީ ޝަފަރުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔާކުރައްވައިފަ އެވެ.

ފަނޑިޔާރު ނިޔާޒް ހައިކޯޓާ ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. އެއަށްފަހު ހައިކޯޓުގައި ހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރެއްވި އެވެ. މީގެ އިތުރުން ނިޔާޒް ވަނީ 2002 ވަނަ އަހަރުން ފެށިގެން ހދ. ވައިކަރަދޫ އާއި ހދ. ކުޅުދުއްފުށީގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޚިދުމަތް ކުރައްވާފަ އެވެ. އަދި ހދ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން ވެސް ނިޔާޒު ކުރައްވާފައިވެ އެވެ.

ޖޭއެސްސީ ގެ މެންބަރުކަމަށް ނިޔާޒް އައްޔަނުކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތު ގެ ތެރެއިން
ޖޭއެސްސީ ގެ މެންބަރުކަމަށް ނިޔާޒް އައްޔަނުކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތު ގެ ތެރެއިން

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނިޔާޒް އައްޔަނުކުރެވުނީ 2022 ވަނަ އަހަރުގަ އެވެ. ނިޔާޒް ވަނީ (ޖޭއެސްސީ) ގެ ނައިބު ރައީސްކަަން ވެސް ކުރަށްވާފަ އެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ނިޔާޒު މަގާމުން ރިޓަޔާވުމަށް ހުށަހެޅުއްވި އިރު، އޭނާއާ ގުޅޭ ފަސް ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން ދިޔައީ ބަލަމުންނެވެ. ނަމަވެސް އޭނާގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ނިޔާޒް ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލްކުރެއްވީ މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. އަދި އިނގިރޭސިވިލާތާއި އެމެރިކާ އިން ވެސް ނިޔާޒް ވަނީ ޤާނޫނީ ދާއިރާ ގެ ތަޖުރިބާ ހޯއްދަވާފަ އެވެ.

މުޙައްމަދު ނިޔާޒްހައި ކޯޓުފަނޑިޔާރުރިޓަޔަރމެންޓް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު