Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމިން ރަޝީދު ގެ މަރުގެ މައްސަލަ

ޔާމީން ގެ މަރުގެ މައްސަލަ: ހައިޝަމް އާއި ޒިހާން ގެ މައްސަލަ އަލުން ބެލުމަށް އަމުރު ކުރުމުން ބަންދުކޮށްފި

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައިޝަމް އަދި ޒިހާންގެ މައްޗަށް ކްރިމިނަލް ކޯޓުން 2022 ގައި ހުކުމް އިއްވި ނަމަވެސް ހައިކޯޓުން އެ ހުކުމް ބާތިލުކޮށް އަލުން ބަލަން އަންގާފައިވޭ. އެގޮތުން މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ދެމީހުން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި. މީގެ އިތުރުން މުހައްމަދު ދިފްރާން އަދި ތާއިފް އިސްމާއިލް ރަޝީދުގެ މައްސަލަ ވެސް ހައިކޯޓުން ބާތިލުކޮށް އަލުން ބަލަން އަންގާފައިވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 18:14
ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ބަންދު ކުރި 2 މީހުން

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ބަންދު ކުރި 2 މީހުން

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން، ހައިކޯޓުން އެ ހުކުމް ބާތިލުކުރުމަށްފަހު މިނިވަންކުރި އިސްމާއިލް ހައިޝަމް ރަޝީދު އާއި އަހުމަދު ޒިހާން ގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ ދެމީހުން ބަންދުކޮށްފި އެވެ. 

ހައިޝަމް އާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދެމީހުންނަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2022 ވަނަ އަހަރު އެވެ. ނަމަވެސް މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގެ 3 ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށްފަ އެވެ. މި މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި އޮންނަތާ 3 އަހަރު ދުވަސް ފަހުން ބުދަ ދުވަހު ވަކިވަކިން ހައި ކޯޓުން އިއްވި ހުކުމްގައި ވަނީ، ކުށް ސާބިތުވާ ކަމަށް ހައިޝަމް އަދި ޒިހާންގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށް އަލުން ބަލަން އަންގާފަ އެވެ.

Advertisement - newsAdvertisement

އެހެންކަމުން މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މި ދެމީހުންގެ ބަންދު ކުރުމަށް ވެސް ބުދަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

ޕީޖީ އޮފީހުން ބުނީ 23 އެޕްރީލް 2017 ދުވަހުގެ ވަގުތެއްގައި ސ.ފޭދޫ، ޗަބޭލީގެ ޔާމީން ރަޝީދުގެ ދިރިއުޅޭ ގެއަށް ޔާމީން ރަޝީދު ވަތް ވަގުތު ޔާމީން ރަޝީދު ހިފަހައްޓައި ތޫނު ހަތިޔާރުން ޙަމަލާދީ ރަޙުމްކުޑަގޮތަކަށް މަރާލާފައިވާ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފީ މައްސަލަ އެކޯޓުން ބެލުމަށްފަހު، ހ. އަންނާރުމާގެ އިސްމާޢީލް ހައިޝަމް ރަޝީދު އާއި، ހުޅުމާލެ ގޯތި ނަންބަރު 11399، އަޙްމަދު ޒިހާން އިސްމާޢިލްގެ މައްޗަށް ސާބިތުވި ދައުވާތައް ބާޠިލްކޮށް މި މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙްވީލްކޮށްފައިވާ ކަމަށެވެ. 

ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުމާ ގުޅިގެން، ހ. އަންނާރުމާގެ އިސްމާޢީލް ހައިޝަމް ރަޝީދުއާއި، ހުޅުމާލެ ގޯތި ނަންބަރު 11399 އަޙްމަދު ޒިހާން އިސްމާޢިލްގެ  ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެ އޮފީހުން ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓަށް ތަޙްވީލްކުރި މައްސަލައިގެ ޝަރީޢަތް ނިމެންދެން އިސްމާޢީލް ހައިޝަމް ރަޝީދު އާއި، އަޙްމަދު ޒިހާން އިސްމާޢިލް ބަންދުކުރުމަށް އެކޯޓުން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ނިންމި 4 މީހުންގެ ތެރެއިން، ގދ. ގައްދޫ / ސިންދުބާދުގެ، މުހައްމަދު ދިފްރާން އަދި މ. ތާއިފް އިސްމާއިލް ރަޝީދު ގެ މައްސަލަ ވެސް ހައި ކޯޓުން ވަނީ ބާތިލުކޮށް، އަލުން ބަލަން އަންގާފަ އެވެ.

ޔާމިން ރަޝީދުއިސްމާއިލް ހައިޝަމް ރަޝީދުއަހުމަދު ޒިހާންކްރިމިނަލް ކޯޓްހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި 2 މީހަކަށް ބޮޑު ޖަލު ހުކުމެއް

ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި 2 މީހަކަށް ބޮޑު ޖަލު ހުކުމެއް

31 ޑިސެމްބަރު 2025
ނަފްސާނީ ބަލި ހުންނަ ކޮއްކޮ އަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ނަފްސާނީ ބަލި ހުންނަ ކޮއްކޮ އަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

31 ޑިސެމްބަރު 2025
ކޭޕާކް މައްސަލައިގައި މަންޑޭ 397 އަހަރަށް ޖަލަށް، މިއީ ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމް!

ކޭޕާކް މައްސަލައިގައި މަންޑޭ 397 އަހަރަށް ޖަލަށް، މިއީ ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމް!

31 ޑިސެމްބަރު 2025
ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

27 ޑިސެމްބަރު 2025
ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު