Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމިން ކޮންސްޓްރަކްޝަން

އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ 23 އަހަރު ޖަލު އަދަބު ކަނޑައަޅައިފައިވޭ. އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް މަނީލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށް ސާބިތުނުވާތީ ޕީޖީ އޮފީހުން މައްސަލަ އިސްތިއުނާފު ކުރަން ނިންމާ މައްސަލައިގެ ރިޕޯޓް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 13:46
އެފްއޭއެމްގެ ފައިސާއިން މަނީލޯންޑަރ ކުރަން އެހީތެރިވިކަމަށް އަމިން ކޮންސްޓްރަކްޝަން އަށް ކުރި ދައުވަ ސާބިތު ނުވާ ކަމަށް ވަނީ ނިންމާފައި

އެފްއޭއެމްގެ ފައިސާއިން މަނީލޯންޑަރ ކުރަން އެހީތެރިވިކަމަށް އަމިން ކޮންސްޓްރަކްޝަން އަށް ކުރި ދައުވަ ސާބިތު ނުވާ ކަމަށް ވަނީ ނިންމާފައި | އަމިން ކޮންސްޓްރަކްޝަން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާ އަށް ހިޔާނާތްތެރިވި މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެފައި ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރުމުށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ. 

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެފްއޭއެމް ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި އަމިން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ހިމެނޭ މުއާމަލާތާ ގުޅިގެން ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ. އެހެންކަމުން، ހަމަ މި މުޢާމަލާތާ ގުޅިގެން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދައުވާ ސާބިތުނުވާކަމަށް އެކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދީ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް އެ އޮފީހަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ. 

އެހެންކަމުން އަމިން ކޮންސްޓްރަކްޝަން ގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެ އޮފީހުން ޤަޞްދުކުރާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު އެ އޮފީހަށް ލިބުމުންކަމަށްވާތީ، އެ ރިޕޯޓް އެ އޮފީހަށް ލިބުމުން އިސްތިއުނާފު ކުރުމާ މެދު ފަހު ނިންމުމެއް ނިންމާނެ ކަމަށް ބުނެފައިވެ އެވެ. 

ޕެންޓް ހައުސްގެ މައްސަލައިގައި ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ބައްސާމުގެ މައްޗަށް ކުރި އިރު، އޭނާ ގެ އިތުރުން މި މައްސަލައިގައި ދެން ދައުވާ އުފުލީ އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލް، ފެހިކުރި/ ގއ. ގެމަނަފުށި (މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ)، ހަސަން ވަހީދު، މ. ހިރިނައިދޫ (މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ)، އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ) އެވެ. 

އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ކަނޑައެޅުއްވި އަދަބަކީ ހިޔާނާތުގެ ކުށުގެ ދައުވާގެ ގޮތުގައި އަސާސީ އަދަބަށްވުރެ 3 ދަރަޖަ މަތިކޮށް 8 އަހަރަށް ޖަލަށްލުން އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމެވެ. އަދި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުގައި 15 އަހަރަށް ޖަލަށް ލުމާއެކު މަނީލޯންޑަރ ކުރި 44.4 މިލިއަން ރުފިޔާ ދެއްކުމަށް އަދި މަނީލޯންޑަރ ކުރިކަމަށް ބުނާ 5.8 މިލިއަން ރުފިޔާ ހުރި ތަނެއް ހޯދައި ދައުލަތަށް ނެގުމަށެވެ. 

މި މައްސަލައިގައި ދެން ހިމެނޭ ހަސަން ވަހީދާއި އަގީލާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އަދި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޝަރީއަތުން ވަނީ ނިންމާފަ އެވެ. 

އަމިން ކޮންސްޓްރަކްޝަންބައްސާމް އަދީލް ޖަލީލްކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްމަނީ ލޯންޑަރިންގ

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމްގެ ފައިސާއިން ޕެންޓް ހައުސް ގަތް މައްސަލައިގައި ބައްސާމް 23 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

އެފްއޭއެމްގެ ފައިސާއިން ޕެންޓް ހައުސް ގަތް މައްސަލައިގައި ބައްސާމް 23 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ޖެނުއަރީ 2026
ވާނުވާގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތައް މި އަހަރު ނިމޭނެ: ކްރިމިނަލް ކޯޓު

ވާނުވާގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތައް މި އަހަރު ނިމޭނެ: ކްރިމިނަލް ކޯޓު

06 ޖެނުއަރީ 2026
ރާއްޖެއިން ވަޒީފާ ދޭނެކަމަށް ބުނެ ބޮޑު ނެޓްވާރކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ރާއްޖެއިން ވަޒީފާ ދޭނެކަމަށް ބުނެ ބޮޑު ނެޓްވާރކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

03 ޖެނުއަރީ 2026
ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ޖެނުއަރީ 2026
ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން އައި ސަރުކާރުން މުގުރާލީ ރެކޯޑެއް!

ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ވައުދުވެގެން އައި ސަރުކާރުން މުގުރާލީ ރެކޯޑެއް!

01 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު