Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ އެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރި ކަމަށް ސާބިތުވެ ޝަހީބު އިބްރާހީމަށް ކްރިމިނަލް ކޯޓުން އިއްވީ އުމުރަށް ޖަލު ހުކުމެއް. ޝަހީބަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި އަދި ޕީއެންސީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ޖެނުއަރީ 2026 | ހުކުރު 13:53
130 ކިލޯގެ ޑްރަގުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހޯދުމަށް އިއުލާނު ކޮށްފައިވާ ޝަހީބު އިބްރާހިމް

130 ކިލޯގެ ޑްރަގުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހޯދުމަށް އިއުލާނު ކޮށްފައިވާ ޝަހީބު އިބްރާހިމް | ސޯޝަލް މީޑިއާ

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބު އިބްރާހީމް އަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ސާބިތުވުމާ ގުޅިގެން, ގއ. ވިލިނގިލި، ލައިޓްހައުސް, ޝަހީބު އިބްރާހީމް, އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ 20 ސެޕްޓެމްބަރ 2025ގަ އެވެ.

ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި ޝަހީބު ހިމެނޭހެން ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެން ހައްޔަރު ކުރީ އޮކްޓޯބަރު، 2020 ގަ އެވެ. އޭގެ ފަހުން އެ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި އެވެ. އަދި މި މައްސަލައިގައި ޝަހީބު އިބްރާހިމާއެކު ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ކަނޑައެޅި އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.

އެހެންނަމަވެސް އޭގެ ފަހުން ބައެއް މީހުން ބަންދުން ދޫކޮށްލި އެވެ. ބަންދުން ދޫކޮށްލުމުން، ޝަހީބު ފިލައިގެން ވެސް އުޅުނެވެ. ޝަހީބު ފިލައިގެން އުޅެނިކޮށް އަލުން އޭނާ ހައްޔަރު ކުރީ، އޭނާ ގެ އަންހެނުން ހައްޔަރު ކުރުމުން، އަމިއްލައަށް ފުލުސް އޮފީހަށް ގޮސް ފުލުހުންނާ ހަވާލުވުމުންނެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޝަހީބު އަކީ ހައުސިންގ މިނިސްޓްރީގެ ކޯޑިނޭޓަރުކަން އަދާކުރެއްވި ބޭފުޅެކެވެ. އަދި މި މައްސަލަ ފެންމަތިވުމާއި ހަމައަށް އޭނާ އަކީ ވެރިކަން ހިންގާ ޕީއެންސީގެ ކައުންސިލް މެންބަރެކެވެ. އެހެން ކަމުން އޭނާ ކަައުންސިލް މެމްބަރު ކަމުން އޭރު ސަސްޕެންޑް ކުރިއެވެ. ޝަހީބަކީ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް އަމިއްލަ ގޮތުން ވާދަކުރި މީހެކެވެ.

ޝަހީބު އިބްރާހީމްކްރިމިނަލް ކޯޓްހައި ކޯޓުޕީއެންސީ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2026

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފަނޑިޔާރު ހަސަން ޝަފީއު

09 ޖެނުއަރީ 2026
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފަނޑިޔާރު ހަސަން ޝަފީއު
09 ޖެނުއަރީ 2026

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު
09 ޖެނުއަރީ 2026

ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު
08 ޖެނުއަރީ 2026

ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

08 ޖެނުއަރީ 2026
ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު
08 ޖެނުއަރީ 2026

ޕީއެންސީ ޖަގަހަ ހުޅުވުން: އާންމު ރައްޔިތުންނަށް ތުރާލަކަށް!

08 ޖެނުއަރީ 2026
ޕީއެންސީ ޖަގަހަ ހުޅުވުން: އާންމު ރައްޔިތުންނަށް ތުރާލަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު