Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓް

ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކާ އެކު އިއުތިރާފުގެ އެއްބަސް ވުމެއް ހަދައި، 11 އަހަރަށް ޖަލަށް

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާގައި ކުށްވެރިޔާ ކުށަށް އިއުތިރާފުވެ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދައިފަ. އެއަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ. މި ކުށަށް ގާނޫނުގައި ބަޔާންކޮށްފައިވަނީ 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 13:38
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު | ރާއްޖެ އެމްވީ

ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކާ އެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފި އެވެ. 

ޖަލު ހުކުމް އިއްވާފައި ވާ މީހާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އެވެ.

އޭނާ ގެ މައްޗަށް ކުރާ އެ ދައުވާ އޮއްވައި އޭނާ ވަނީ ކުށަށް އިއުތިރާފު ވެފަ އެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން ކުށަށް އިއުތިރާފުވެ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހާ އެކު އޭނާ ވަނީ އިއުތިރާފު ގެ އެއްބަސްވުމެއް ހަދައިފަ އެވެ.

މައްސަލައިގައި ދައުވާ ލިބުނު މީހާ އިއުތިރާފް ވުމުން އެކަމަށް ރިއާޔަތް ކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފަ އެވެ. އަދި އެއްބަސްވުމާ އެއްގޮތަށް އޭނާ ގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. 

މިފަދަ އެއްބަސްވުންތަކުން ކުށް ސާބިތުވާ މީހުންނަށް އެކި ލުއިތައް ލިބިގެންދެ އެވެ. ނަމަވެސް، އެ މައްސަލާގައި އަދަބަށް މާބޮޑު ލުޔެއް ދީފައެއްނުވެ އެވެ. 

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ކުޑަކުއްޖެއްގެ ގައިގައި އަތްލައިފިކަން ސާބިތުވެއްޖެ ނަމަ، އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްކްރިމިނަލް ކޯޓްކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުއިއުތިރާފުގެ އެއްބަސްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ކެނދިކުޅުދޫ މީހަކު އަމިއްލަ އަށް ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެ

ކެނދިކުޅުދޫ މީހަކު އަމިއްލަ އަށް ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެ

14 ޖެނުއަރީ 2026
ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

10 ޖެނުއަރީ 2026
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

09 ޖެނުއަރީ 2026
އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ

އަމިން ކޮންސްޓްރަކްޝަން ގެ މައްޗަށް މަނީލޯންޑަރިންގ އަށް އެހީވުމުގެ ދައުވާ ސާބިތު ނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރަނީ

06 ޖެނުއަރީ 2026
އެފްއޭއެމްގެ ފައިސާއިން ޕެންޓް ހައުސް ގަތް މައްސަލައިގައި ބައްސާމް 23 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

އެފްއޭއެމްގެ ފައިސާއިން ޕެންޓް ހައުސް ގަތް މައްސަލައިގައި ބައްސާމް 23 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު