Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަޒުލް އަށް ދައުވާ ނުކުރުން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލްއާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޑިސެމްބަރު 2025 | ހޯމަ 09:44
އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު

އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު

އެޗް.ޑީ.ސީގެ ކުރީ ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި، އައިޓީ ހެޑް ޢަބްދުﷲ ޝުހޫދު އެ ކުންފުނީގެ ލިޔުންތަކެއް ނައްތާލާފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރަން ނިންމައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި އިބްރާހީމް ފަޒުލް ރަޝީދު އަދި އެ ކުންފުނީގެ އައި.ޓީ ހެޑް ޢަބްދުﷲ ޝުހޫދު، އެ ކުންފުނީގެ ސަރވަރގައި ހުރި ލިޔުންތަކެއް ރިކަވަރ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ޖިނާއީ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާ ނުވާތީ، މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ މައްސަލަ ފުލުހުން ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހެޅީވެސް އެކަށީގެންވާ ހެކި ލިބިފައި ނުވާކަމަށް ބަޔާންކޮށެވެ. އެހެންކަމުން، މައްސަލާގައި ދަޢުވާނުކުރުމަށް ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޒުލް ގެ ބޭބޭ، މުޙައްމަދު ފަޒީލް ރަޝީދަށް އެޗް.ޑީ.ސީން ވަގަށް ގޯތި ދިން މައްސަލާގައި ފުލުހުން އެޗްޑީސީއަށް ވަދެ ބަލައި ފާސްކުރި އިރު، އިބްރާހީމް ފަޒުލް ރަޝީދު ބޭނުން ކުރާ ކޮމްޕިއުޓަރ ސިސްޓަމުން ބައެއް ލިޔުންތައް ޑިލީޓްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް، އެޗްޑީސީގެ ސަރވަރގެ އޮޑިޓެއް ހެދުމަށްފަހު، ސަރވަރއިން އެއްވެސް ލިޔުމެއް މަދުވެ ނުވަތަ ޑިލީޓްވެފައި ނުވާކަމަށް ނިންމާފައިވެ އެވެ. އަދި ފުލުހުންގެ ތަޙުޤީޤުގައިވެސް، ފަޒުލްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާ ގުޅުންހުރި ހެއްކެއް ހޯދިފައި ނުވާކަމަށް ނިންމާފައިވެ އެވެ.

ފަޒުލް ނައްތާލިތަ ކަމަށް ތުހުމަތު ކުރެވުނީ އޭނާ މަގާމުގައި ހުރެގެން އެޗްޑީސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ގުޅުންހުރި ލިޔެކިޔުންތަކެވެ. މި މައްސަލައަކީ އޭނާގެ ބޭބެއަށް ވަގު ގޯތި ދިން މައްސަލައިގެ އިތުރުން ފުލުހުން ބަލަމުން ދިޔަ އެހެން މައްސަލަ އެކެވެ.

ފަޒުލް ގެ ކޮއްކޮއަށް ވަގަށް ގޯތި ދިން މައްސަލަ ވަކި މައްސަލައެއް ގޮތުގައި ދަނީ ތަޙުޤީޤުކުރަމުންނެވެ.

ލިޔެ ކިޔުންތައް ނައްތާލި މައްސަލާގައި އިބްރާހީމް ފަޒުލް ރަޝީދާއި، ޢަބްދުﷲ ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަކީ، ޖިނާއީ ތަޙުޤީޤެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސަރވަރގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، ޢަދުލު އިންޞާފު ޤާޢިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.

އަދި އެޗްޑީސީ ގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގައި، އިބްރާހީމް ފަޒުލް ރަޝީދާއި، ޢަބްދުﷲ ޝުހޫދު، އެޗްޑީސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަޙުޤީޤަށް ހޯދިފައިނުވާކަމަށް ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން، ފަޒުލް އާއި ޢަބްދުﷲ ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އިބްރާހީމް ފަޒުލް ރަޝީދު އެޗްޑީސީޕްރޮސެކިއުޓަރ ޖެނެރަލްކޮރަޕްޝަން މޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
04 ޑިސެމްބަރު 2025

ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟

04 ޑިސެމްބަރު 2025
 ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު