Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަށި މިޔަރުގެ މަސްވެރިކަން

ހައި ކޯޓުން ނިންމީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން

މައްސަލައެއް ދުސްތޫރީ މައްސަލައަކަށް ވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ގާނޫނު އަސާސީއާ ޚިލާފުވުމުން ކަމަށާ ސަރުކާރުން އާންމުކުރާ ޕްލޭނަކީ ގަވާއިދެއް ނުވަތަ ގާނޫނެއް ވެސް ނޫން ކަމަށް ބުނެ ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ކޯޓަށް ބަލައިނުގަތުމަށް ނިންމާފަ. އޭގެ އިތުރުން ރަޖިސްޓްރާ ގެ ނިންމުމުގައި ވަނީ ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ގަވާއިދު ގާނޫނު އަސާސީއާ ޚިލާފު ކަމަށް ބުނި ނަމަވެސް ޚިލާފުވާ ގޮތެއް ބުނެދީފައި ނުވާ ކަމަށް. 

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 08:51
ކަށި މިޔަރު

ކަށި މިޔަރު

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރި ކަމަށް ސަރުކާރުން ހުޅުވާލާފައިވާތީ އެކަން ހުއްޓުވުމަށް ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ކޯޓުގެ ރަޖިސްޓްރާ ނިންމައިފި އެވެ. 

ދައުލަތާއި ދެކޮޅަށް މި މައްސަލަ ދުސްތޫރީ މައްސަލަ އެއް ގެ ގޮތުގައި ހުށަހެޅީ ހުމައިދާ އަބްދުއްޣަފޫރު / ހ. ޝޭޑީކޯނަރ އަދި މުހައްމަދު ސިނީން / މ. މާމުލި އެވެ. މި ދެމީހުންނަކީ ވެސް ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތުކުރާ ދެ އެކްޓިވިސްޓުންނެވެ.

Advertisement - newsAdvertisement

ނަމަވެސް މައްސަލަ އެއް ދުސްތޫރީ މައްސަލައަކަށް ވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ގާނޫނު އަސާސީއާ ޚިލާފުވުމުން ކަމަށާ ސަރުކާރުން އާންމުކުރާ ޕްލޭނަކީ ގަވާއިދެއް ނުވަތަ ގާނޫނެއް ވެސް ނޫން ކަމަށް ބުނެ ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ކޯޓަށް ބަލައިނުގަތުމަށް ނިންމާފަ އެވެ. 

އޭގެ އިތުރުން ރަޖިސްޓްރާ ގެ ނިންމުމުގައި ވަނީ ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ގަވާއިދު ގާނޫނު އަސާސީއާ ޚިލާފު ކަމަށް ބުނި ނަމަވެސް ޚިލާފުވާ ގޮތެއް ބުނެދީފައި ނުވާ ކަމަށެވެ. 

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރި ކަމަށް ސަރުކާރުން ހުޅުވާލާފައިވާ އިރު، އޭގެ ކުޑަ ދުވަސް ކޮޅެއް ފަހުން ކަށި މިޔަރު ހިމެނޭ ގޮތަށް 70 ބާވަތެއްގެ މިޔަރާއި މަޑީގެ ބާވަތްތަކުގެ ބައިނަލްއަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކުރުމުގައި ރާއްޖެ އިން ވަނީ ބައިވެރިވެފަ އެވެ.

ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ މެމްބަރު ގައުމުތަކުން، ފެހުރިއްސާއި، އެން މަޑީގެ ހުރިހާ ބާވަތްތައް ވަނީ އެޕެންޑިކްސް I ގެ ދަށަށް ގެނެސްފަ އެވެ. މި ގޮތަށް ނިންމުމާ އެކު އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން މި ބާވަތްތަކަށް ލިބި، މި ބާވަތްތަކާއި އެ ތަކެތީގެ އުފެއްދުންތަކުގެ ހުރިހާ ބައިނަލްއަގްވާމީ ވިޔަފާރިއެއް މަނާ ވެގެން ދާނެ އެވެ.

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ހުއްދަ ކުރި ކަށި މިޔަރުގެ ބައިނަލް އަގުވާމީ ވިޔަފާރި އަށް ސައިޓީސްގެ ނިންމުމުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅޭނެ އެވެ. ހުސްވި ނޮވެމްބަރު މަހު ބޭއްވި ސައިޓީސް ގެ ބައްދަލުވުމުގައި ކަށިމިޔަރު ވަނީ އެ މުއާހަދާ ގެ އެޕެންޑިސް 2 ގައި ހިމަނަން ފާސް ކޮށްފަ އެވެ.

ސަރުކާރުން ކަށި މިޔަރުގެ މަސްވެރި ކަމަށް ހުއްދަ ދިން އިރު، ކަށި މިޔަރު ގެ މަސްވެރިކަން އަލުން ފެށުމާ ރައްޔިތުން ދެކޮޅު ކަން ގައުމީ ސަރވޭއަކުން ވަނީ ހާމަ ވެފަ އެވެ.

ބްލޫ މެރިން ފައުންޑޭޝަން ނަމަކަށް ކިޔާ ކަނޑުގެ ތިމާވެށި ރައްކާތެރި ކުރުމުގެ ޖަމުއިއްޔާ އަކާއި، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި މޯލްޑިވިއަން މިޔަރު ޝާކް ޕްރޮގްރާމްގެ ބައިވެރިވުމާއެކު ހެދުނު ގައުމީ ސާވޭގެ ނަތީޖާ ބުނާ ގޮތުން، ކަށި މިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް ސާވޭގައި ބައިވެރިވި މީހުންގެ 77 އިންސައްތަ މީހުން ދެކޮޅެވެ.

ދިވެހިރާއްޖޭގައި 2010 ވަނަ އަހަރު ހުރިހާ ބާވަތެއްގެ މިޔަރު މަސްވެރިކަމެއް މުޅިން މަނާކުރި އެވެ. އަދި މިޔަރު މަސްވެރިކަން އަލުން ފަށައިފިނަމަ، މިޔަރު ސެންކްޗުއަރީ އެއްގެ ލަގަބު ރާއްޖެ އަށް ގެއްލިގެންދާނެ އެވެ.

ގަލްޕަރ ޝާކް - ނުވަތަ ކަށިމިޔަރަކީ ޑޯގްފިޝްގެ ބާވަތެއްގެ މިޔަރެކެވެ. އެވްރެޖްކޮށް މި މިޔަރުގެ ދިގުމިނަކީ 90 ސެންޓިމީޓަރު (3 ފޫޓު) އެވެ. މި މިޔަރު ބޭނުމުގެ މައިގަނޑު މަޤްޞަދަކީ އޭގެ ހަށިގަނޑުގައި ސްކުއަލީން މާއްދާ މަތީ މިންވަރަކަށް ހުންނަ މޭގަނޑުގެ ބޭނުމަށެވެ. ދުނިޔޭގައި މި މާއްދާ ބޭނުން ކުރެވެނީ މައިގަނޑު ގޮތެއްގައި ޒީނަތްތެރިވުމުގެ ސާމާނު އުފައްދާ ސިނާއަތުގައެވެ. އަދި ބައެއް ބޭސްވެރިކަމުގެ ބޭނުންތަކުގައި ވެސް މެއެވެ.

2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ދައްކައިދޭ ގޮތުގައި، 1982 އާއި 2002 އާ ދެމެދު ދިވެހިރާއްޖޭގެ ކަނޑުތަކުގައި އުޅޭ ކަށި މިޔަރުގެ އާބާދީ ވަނީ 97 އިންސައްތަ ދަށްވެފަ އެވެ. އަދި 1994 ވަނަ އަހަރާ ހަމައަށް އައި އިރު މިބާވަތުގެ މަސްވެރިކަން ވަނީ މުޅިންހެން ހުލިވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް، މި ސާވޭ ހެދި ތިން ޖަމްޢިއްޔާއިން ގޮވާލާފައި ވަނީ ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ ދަށުން ދިވެހިރާއްޖެ އިން ވެފައިވާ ބައިނަލްއަޤްވާމީ އިޤްރާރުތަކާ އެއްގޮތަށް މިޔަރު ސެންކްޗުއަރީގެ ހައިސިއްޔަތު ދެމެހެއްޓުމަށެވެ.

ކަށި މިޔަރުހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި

11 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ކަށި މިޔަރު ހިމެނޭ ގޮތައް ގިނަ ބާވަތުގެ މިޔާރާއި މަޑީގެ ބައިނަލް އަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކޮށްފި

ކަށި މިޔަރު ހިމެނޭ ގޮތައް ގިނަ ބާވަތުގެ މިޔާރާއި މަޑީގެ ބައިނަލް އަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކޮށްފި

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު