Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

މޮޅާއެކު އާސެނަލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 17 މެޗުން 39 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އަށް ލިބެނީ 37 ޕޮއިންޓެވެ. އާސެނަލް އާއި ސިޓީއާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް އޮތްއިރު، އެއް ވަނަ މަގާމުގެ ވާދަވެރިކަން ވަނީ ބޮަޑުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 04:00
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން ލީގު ތާވަލްގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ. 

އެވަޓަންގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އާސެނަލް އިން ހަމައެކަނި ލަނޑު ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އާސެނަލް އަށް ވަނީ ޕެނަލްޓީ ދީފަ އެވެ. އެއީ އާސެނަލްގެ ޑެކްލަން ރައިސް ނެގި ކޯނަރެއްގައި ބޯޅަ އަށް ކުޅެން އުޅުމުގެ ތެރޭގައި އެވަޓަންގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް އާސެނަލް އަށް ކުރި ހޯދައިދިނީ ވިކްޓަ ޔޯކެރޭޝް އެވެ.

މޮޅާއެކު އާސެނަލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 17 މެޗުން 39 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އަށް ލިބެނީ 37 ޕޮއިންޓެވެ. އާސެނަލް އާއި ސިޓީއާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް އޮތްއިރު، އެއް ވަނަ މަގާމުގެ ވާދަވެރިކަން ވަނީ ބޮަޑުވެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފަައި ވަނީ، މެޗުގެ ނަތީޖާއާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެވަަަޓަން އަށް ބަލާއިރު، އެ ޓީމަކީ ބަލި ކުރުމަށް އުނދަގޫ ޓީމެއް ކަމަށް އާޓެޓާ ފާހަގަ ކުރި އެވެ. އޭނާ ބުނީ އެވަޓަން އަކީ ވަރަށް ރޭވެންތެރިކަމާ އެކު ކުޅޭ ޓީމެއް ކަމަށާއި، އެ ޓީމުގެ ފަރާތުން އެތައް އުނދަގޫ ތަކެއް ކުރިމަތި ވާނެ ކަމަށެވެ.

ނަމަވެސް، މެޗުގައި އާސެނަލް އިން އެކަން ކަމަަަށް ފުރުސަތު ދީފައި ނުވާ ކަމަށާއި، ކޮންމެ ކުޅުންތެރިޔަކު ވެސް ފެނުނީ މެޗަށް ފުރިހަމަ އަށް ތައްޔާރު ވެގެން ތިބި މަންޒަރު ކަމަށް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް އާޓެޓާ ބުނީ މެޗުގެ ދެ ވަނަ ހާފުގައި އާސެނަލް އިން އިތުރަށް ކުޅުން ރަނގަޅު ކުރި ކަމަށެވެ. 

އެގޮތުން މެޗުގެ ދެ ވަނަ ހާފުގައި އާސެނަލް އަށް ވަނީ، އިތުރު ދެ ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތު ލިބިފައި ކަމަށް އާޓެޓާ ބުންޏެވެ. އެހެން ނަމަވެސް، އެ ފުރުސަތުގެ ބޭނުން އާސެނަލް އަށް ނުހިފުނީ ކަމަށް އާޓެޓާ ފާހަގަ ކުރި އެވެ. އާޓެޓާ ބުނީ މެޗުގެ ފަހު ވަގުތުގައި ގިނަ ފަހަރު އުނދަގޫ ތަކެއް ތަހަންމަލު ކުރަން ޖެހުނު ނަމަވެސް، އެ މެޗުގައި އެކަން ދިމާ ނުވާ ކަމަށެވެ. 

ލީގު ތާވަލްގެ އެއް ވަނައިގައި އާސެނަލް އޮތް އޮތުމަށް އިޝާރާތް ކުރަމުން އާޓެޓާ ބުނީ، އެ ޓީމު އޮތީ ރަނގަޅު މިސްރާބުގައި ކަމަށެވެ. އޭނާ ބުނީ އެއް ފެންވަރެއްގައި ދެމި އޮވެ، އެއް ވަނައިގައި ހިފެހެއްޓުމަކީ ޕްރިމިއާ ލީގުގައި ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް، އާސެނަލް އިން ދައްކަައިދެނީ އެ ޓީމުގައި އެ ފެންވަރު ހުރިކަން ކަމަށް އާޓެޓާ ބުންޏެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު