Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ. ދުވާފަރު

ދުވާފަރުގައި 200 ހައުސިންގ ޔުނިޓު އަޅަން އޮތް ތަނެއްގައި 50 ޔުނިޓު އަޅާކަން އެނގުނީ ހަރުކޮށްފަ ހުރި ބޯޑުން: ކައުންސިލް މެމްބަރު ޔަޝްފާ

ދުވާފަރުގައި 200 ހައުސިންގ ޔުނިޓު އަޅަން ވިދާޅުވެގެން މަސައްކަތް ހަވާލުކުރި އިރު އެތަނުގައި ހުރި ބޯޑުން އެނގުނީ 50 ޔުނިޓު އަޅާކަން ކައުންސިލް މެންބަރު ޔަޝްފާ ވިދާޅުވެއްޖެ. މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަމަލީ މަސައްކަތް ފެށިފައި ނުވާކަމާއި ރަސްމިއްޔާތުގައި ހުރި ބޯޑު މިހާރު ނެތްކަން ފާހަގަކުރެއްވި. ރައްޔިތުންނަށް ލޮލުގައި އަނދުން އަޅުވާކަމަށާއި މަޝްރޫއު ނިންމާނެ ދުވަސް ވެސް ނޭންގޭކަން ޔަޝްފާ ފާހަގަކުރެއްވި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 14:19
ކައުންސިލް މެމްބަރު ޔަޝްފާ ދެއްވި އިންޓަވިއުގެ ތެރެއިން

ކައުންސިލް މެމްބަރު ޔަޝްފާ ދެއްވި އިންޓަވިއުގެ ތެރެއިން | ރާއްޖެ އެމްވީ

ރ. ދުވާފަރުގައި 200 ހައުސިންގ ޔުނިޓު އަޅަން ކަމަށް ވިދާޅުވެ މަސައްކަތް ފައްޓަވަން އާއިރު އެތަނުގައި ހަރުކޮށްފައި ހުރި ބޮޑުން އެނގުނީ އެތަނުގައި އަޅަނީ 50 ހައިސިންގ ޔުނިޓު ކަމަށް ދުވާފަރު ކައުންސިލް މެންބަރު ޔަޝްފާ ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިއު އެއްގައި ޔަޝްފާ ވިދާޅުވީ، ދުވާފަރުގެ ހިއްކާފައި އޮތް ސަރަހައްދުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެ ތަނުގައި 50 ހައުސިން ޔުނިޓު އަޅުމަށް މަސައްކަތް ހަވާލު ކުރި ކަމަށެވެ. އަދި އެތަނަކީ 200 ހައުސިންގ ޔުނިޓް އަޅަން އޮތް ތަނެއްކަން ފާހަގަކުރައްވާ ޔަސްފާ ވިދާޅުވި މަސައްކަތް ހަވާލު ކުރި އިރު އެތަނުގައި ޖަހާފައި ހުރި ބޯޑުން ފެނުނީ 50 ހައުސިންގ ޔުނިޓު ކަމަށެވެ. ކުއްލިއަކަށް 50 ޔުނިޓް އަށް ތިރިވި ކީއްވެކަން ވެސް ރަށު ރައްޔިތުންނަށް ނޭންގޭ ކަމަށް ޔަސްފާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ހައުސިންގ މަޝްރޫއު އާއި ނަރުދަމާގެ މަސައްކަތް ވެސް ހަވާލުކުރި އިރު އެތަނުގައި އޭރު ޖަހާފައިހުރި ބޯޑު ވެސް މިހާރު ނެތް ކަމަށް ޔަޝްފާ ވިދާޅުވި އެވެ. އަދި މިހާރު މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އެއްވެސް ގޮތަކަށް އެތަނުގައި އަމަލީ މަސައްކަތް ފެށިފައި ނުވާކަން ޔަސްފާ ފާހަގަ ކުރެއްވި އެވެ. 

މިތަނަށް އައިސް ރަސްމިއްޔާތުގައި ހުއްޓުނު ވަގުތު އެނގުނީވެސް ބޯޑުގައި އިނީ 50 ހައުސިން ޔުނިޓުކަން. ދެން ކޮންމެ ރަސްމިއްޔާތެއްގައި އަޖައިބުވާ ކަމަކީ ކޮންމެ ރަސްމިއްޔާތެއް ފަށަމުން ވެސް ވަރަށް ދީނަށް ލޯބިކުރާ ރައީސްއެއްކަން ފާހަގަ ކުރެވެ. ކޮންމެ ކައިވަތެއްގައި ވަރަށް ކައިރި ކައިރިން މިހުންނަނީ ޕްރޮޖެކްޓްތައް އިނގޭތޯ. 16 ޕްރޮޖެކްޓުގެ ބިންގާ އެޅިގެން ދިޔައިރު ކޮންމެ ރަސްމިއްޔާތެއް ފައްޓަވަނީ ކީރިތި ގުރުއާނުގެ ބަރަކާތުން އިނގޭތޯ، މިދެން އަޖައިބެއް ކަހަލަ ކަމެއް ދެން މިތަނުގައި އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދޭ މިހާތަނަކަށް ފެނިފައެއް ނެތް.
ދުވާފަރު ކައުންސިލް މެމްބަރު ޔަޝްފާ

މީގެ އިތުރުން ޔަޝްފާ ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން ލޮލުގައި އަނދުން އެޅުވުން ނޫން ކަމެއް ނުކުރާ ކަމަށެވެ. އަދި  އެ ދެ މަޝްރޫއު ފެއްޓެވިއިރު ރައީސް މުޢިއްޒު ވާހަކަފުޅު ވެސް ނުދައްކަވާ ކަމަށާއި މަޝްރޫއު ނިންމަން އޮތި ކޮން ދުވަހަކަށް ކަމެއް ވެސް ނޭންގޭ ކަމަށް ޔަޝްފާ ވިދާޅުވި އެވެ. އަދި ދުވާފަރުގައި އޮތީ ޕީއެންސި މެޖޯރިޓީ އޮތް ކައުންސިލް އެއް ކަން ފާހަގަކުރައްވާ ޔަޝްފާ ވިދާޅުވި އެ މަޝްރޫއު އަށް ބިން ވެސް ދުކޮށްފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދުވާފަރުގައި ހައުސިންގ ޔުނިޓް އަދި ނަރުދަމާގެ މަސައްކަތް ކައިރި ކައިރީގަ ފެއްޓެވި ނަމަވެސް އެއްވެސް މަޝްރޫއުއެއް ފެއްޓެވި ކަމުގެ ނިޝާން ވެސް އެސަރަހައްދުން މިހާރު ފެންނާކަށް ނެތެވެ. 

ރ. ދުވާފަރުޔަޝްފާޑރ. މުއިއްޒުޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

"ޕީއެންސީ ވެރިކަމަށް ގެންނަން މަސައްކަތް ކުރިން. ވީކަމެއް ނެތް، ކަންކަން ރަނގަޅުކުރަން ވެރި މީހާ އުޅޭ ތަނެއް ނުފެނޭ."

"ޕީއެންސީ ވެރިކަމަށް ގެންނަން މަސައްކަތް ކުރިން. ވީކަމެއް ނެތް، ކަންކަން ރަނގަޅުކުރަން ވެރި މީހާ އުޅޭ ތަނެއް ނުފެނޭ."

13 ޖެނުއަރީ 2026
ރ.ދުވާފަރުގައި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ކައުންސިލުން ބިން ހަވާލުކޮށް، ބިންގާ އެޅި ފަހުން މަހެއް: އަމަލީ އެއްވެސް މަސައްކަތެއް ނުހިނގާ!

ރ.ދުވާފަރުގައި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ކައުންސިލުން ބިން ހަވާލުކޮށް، ބިންގާ އެޅި ފަހުން މަހެއް: އަމަލީ އެއްވެސް މަސައްކަތެއް ނުހިނގާ!

13 ޖެނުއަރީ 2026
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

11 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާނެ އިންތިޚާބީ މީހެއް ނުހުންނާނެ: ކުޅުދުއްފުށީ މޭޔަރު އާތިފް

ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާނެ އިންތިޚާބީ މީހެއް ނުހުންނާނެ: ކުޅުދުއްފުށީ މޭޔަރު އާތިފް

11 ޖެނުއަރީ 2026
ޕީއެންސީ އޮފީސް ހެދީ ހުއްދަ ނުނަގާ، ގޭގެ ވެރިފަރާތް ލައްކަ އަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

ޕީއެންސީ އޮފީސް ހެދީ ހުއްދަ ނުނަގާ، ގޭގެ ވެރިފަރާތް ލައްކަ އަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު