Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

ޕީއެންސީ އޮފީސް ހެދީ ހުއްދަ ނުނަގާ، ގޭގެ ވެރިފަރާތް ލައްކަ އަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

10 ޖެނުއަރީ 2026 | ހޮނިހިރު 08:23

ސަރުކާރު ހިންގާ ޕީއެންސީ އިން ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި ބޮޑު އޮފީސް އިމާރާތް ނަގަން ޖެހޭ ހުއްދަތައް ނުނަގާ އިމާރާތްކުރުމުން މާލޭ ސިޓީ ކައުންސިލުން ގޭގެ ވެރިފަރާތް ވަނީ 128،545 ރުފިޔާއިން ޖޫރިމަނާ ކޮށްފަ. ހުއްދަ ނެތި ފަސް ފަންގިފިލާ އިމާރާތްކުރުމާއި ރަޖިސްޓްރީވެފައިވާ އިންޖިނިއަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް މަސައްކަތް ކުރުން ފަދަ ކަންކަމަށް ޖޫރިމަނާ ކޮށްފައިވާކަން މޭޔަރު އާޒިމް ވިދާޅުވި. ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހަތް ދުވަސް ތެރޭގައި ދައްކަން ސިޓީ ކައުންސިލުން އަންގާފައިވޭ.

އަލީ ޝާހީން
އަލީ ޝާހީން | 10 ޖެނުއަރީ 2026 | ހޮނިހިރު 08:23
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޕީއެންސީ ޖަގަހަ ހުޅުވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޕީއެންސީ ޖަގަހަ ހުޅުވަނީ | ރާއްޖެ އެމްވީ

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މައި އޮފީހުގެ ގޮތުގައި ހ. ވެޔޮވިލާ ފަސް ބުރިއަށް އިމާރާތްކޮށްފައި ވަނީ އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ގޭގެ ވެރިފަރާތް އެއް ލައްކަ އަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ. 

ސަރުކާރު ހިންގާ ޕީއެންސީ އިން ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި ބޮޑު އޮފީސް އިމާރާތް ހެދުމަށް ނަގަން ޖެހޭ ހުއްދަތައް ނުނަގާ އެ އިމާރާތް ކުރުމުން މާލޭ ސިޓީ ކައުންސިލުން  އެ އިމާރާތް ހުންނަ ހެންވޭރު ވެޔޮވިލާގެ ގޭގެ ވެރި ވެރިފަރާތް ޖޫރިމަނާ ކޮށްފައިވަނީ 128،545ރ. އިންނެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލް ގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެ އިމާރާތުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވަނީ ނަގަންޖެހޭ ހުއްދަތައް ނުނަގާ އިމާރާތް ކޮށްފައިވާތީ ކަމަށެވެ. އެގޮތުން ގޭގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވަނީ އިމާރާތް ކުރުމުގެ އިދާރީ ގަވައިދުގެ 132 ވަނަ މާއްދާގެ ދަށުންނެވެ.

އަދި ހުއްދަ ނެތި ފަސް ފަންގިފިލާ އިމާރާތްކުރުން 73,545ރ. އަދި ރަޖިސްޓްރީވެފައިވާ އިންޖިނިއަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ބިންގަނޑު ކޮނުމާއި ފައުންޑޭޝަން މަސައްކަތް ކޮށްފައިވާތީ 50,000ރ. އަދި އިމާރާތްކުރުމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގަމުންދިޔައިރު، އެކަން ކަމާބެހޭ އިދާރާއަށް އަންގާފައި ނުވާތީ އިތުރު 5,000ރ. އެވެ.

ހުއްދަ ނުނަގާ އިމާރާތް ކުރުމުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 128،545ރ. ހަތް ދުވަސް ތެރޭގައި ދައްކަން ސިޓީ ކައުންސިލް އިން އެގޭގެ ވެރިފަރާތައް ވަނީ އަންގާފަ އެވެ. 

އެންމެ ފުރަތަމަ އެމްޑީޕީގެ ހަރުގެ ހިންގި މި އިމާރާތުގައި ފަހުން، އެ ޕާޓީން ވަކިވެ ކުރީގެ ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ޖަގަހައެއް ވެސް ހިންގި އެވެ. ޕީއެންސީ އިން އެ ބިން ނެގީ ރިޔާސީ އިންތިހާބަށްފަހު އެވެ. އޮފީސް އިމާރާތް އެޅުމަށް ޕީއެންސީ އިން ބޮޑު ހަރަދެއް ކުރި ކަމަށް މައުލޫމާތު ލިބުނު ނަމަވެސް ކުރި ހަރަދުގެ ސީދާ އަދަދެއް އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.

ޕީއެންސީހ. ވެޔޮވިލާމާލޭ ސިޓީ ކައުންސިލްއާދަމް އާޒިމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2026

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

09 ޖެނުއަރީ 2026
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
09 ޖެނުއަރީ 2026

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު
09 ޖެނުއަރީ 2026

ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު
08 ޖެނުއަރީ 2026

ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

08 ޖެނުއަރީ 2026
ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު
08 ޖެނުއަރީ 2026

ޕީއެންސީ ޖަގަހަ ހުޅުވުން: އާންމު ރައްޔިތުންނަށް ތުރާލަކަށް!

08 ޖެނުއަރީ 2026
ޕީއެންސީ ޖަގަހަ ހުޅުވުން: އާންމު ރައްޔިތުންނަށް ތުރާލަކަށް!
07 ޖެނުއަރީ 2026

މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

07 ޖެނުއަރީ 2026
މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް
04 ޖެނުއަރީ 2026

ޕީއެންސީގެ ބޭފުޅުން އާއްމު މީހުންނަށް ބިރު ދައްކައިގެން ޕާޓީތަކުގެ ދަފްތަރުން ކެނޑެން މަޖުބޫރު ކުރުވާ ކަމުގެ ތުހުމަތު

04 ޖެނުއަރީ 2026
ޕީއެންސީގެ ބޭފުޅުން އާއްމު މީހުންނަށް ބިރު ދައްކައިގެން ޕާޓީތަކުގެ ދަފްތަރުން ކެނޑެން މަޖުބޫރު ކުރުވާ ކަމުގެ ތުހުމަތު
03 ޖެނުއަރީ 2026

ސައްހަ ނޫން ކަމަށް ބެލެވޭ ބިމުގެ އެއްބަސްވުންތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިފިން: މޭޔަރ އާޒިމް

03 ޖެނުއަރީ 2026
ސައްހަ ނޫން ކަމަށް ބެލެވޭ ބިމުގެ އެއްބަސްވުންތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިފިން: މޭޔަރ އާޒިމް
01 ޖެނުއަރީ 2026

4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެޗްޑީސީ އިން ދޫކުރަމުން އައި، ގަރާޖު ދޫކުރުމުގެ ހުއްދަ ދޫކުރުން ހުއްޓާލައިފި

01 ޖެނުއަރީ 2026
4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެޗްޑީސީ އިން ދޫކުރަމުން އައި، ގަރާޖު ދޫކުރުމުގެ ހުއްދަ ދޫކުރުން ހުއްޓާލައިފި
31 ޑިސެމްބަރު 2025

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

31 ޑިސެމްބަރު 2025
ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް