Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ. މުހައްމަދު މުޢިއްޒު

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

9 ޖެނުއަރީ 2026 | ހުކުރު 10:07

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަށް 500 ގުރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު އިސްލާހުކުރިޔަސް ސަރުކާރުން އެއްވެސް ހާލެއްގައި މަރުގެ އަދަބު ދޭން ބޭނުންނުވާ ކަމަށް.

އަލީ ޝާހީން
އަލީ ޝާހީން | 9 ޖެނުއަރީ 2026 | ހުކުރު 10:07
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު | ރައީސް އޮފީސް

ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އުންމީދަކީ އެއްވެސް މީހަކު އެގޮތަށް އަމަލު ނުކުރުން ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރާއްޖެއަށް 500 ގުރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބު ކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކުރިޔަސް، ސަރުކާރުން އެއްވެސް ހާލެއްގައި މަރުގެ އަދަބު ދޭން ބޭނުންނުވާ ކަމަށެވެ. ރައީސް މިހެން ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ނިންމެވިކަން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އިއުލާނުކުރެއްވުމާ ގުޅިގެން ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

Advertisement - newsAdvertisement
މަރުގެ އަދަބު ދިނުމަކީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއްނޫން މި ގައުމުގައި އެއްވެސް ވަރަކަށް، އެއީ އިސްތިސްނާ ހާލަތެއްގައި އެކަން ކުރަން ޖެހިއްޖިއްޔާ މި ގައުމުގަ މި އޮތް ވަބާ ހައްލުކުރުމަށް ޓަކައި ކުރަންޖެހިފައި އޮތް ކަމެއް. އަޅުގަނޑު އުންމީދު ކުރަނީ އަދި ޔަގީންކުރަނީ އެ އަދަބު ދޭން ޖެހޭނެ ހާލަތަށް އެއްވެސް ފަރާތެއް އަމަލު ނުހިންގާނެ ކަމަށް.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މީގެ ކުރިން ގާނޫނުގައި އޮންނަ ގޮތުން ޑްރަގުގެ ބޮޑުންނަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 25 އަހަރަށް ޖަލަށް ލުމެވެ. ގާނޫނަށް ގެނައި ބަދަލާއެކު ތިން ހާލަތެއްގައި އެފަދަ މީހުންނަށް މަރުގެ އަދަބު ދެވޭނެ އެވެ. ނަމަވެސް، އެއީ ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން އެ މައްސަލައެއްގައި ނިހާއި ހުކުމެއް އިއްވާ ހާލަތެއްގަ އެވެ.

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރާ ހާލަތުގައި ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ބަދަލުކޮށްފަ އެވެ. 

މި ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ވަނީ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީމަސްތުވާތަކެތިމަރުގެ އަދަބުސުޕްރީމް ކޯޓުމަސްތުވާތަކެއްޗާބެހޭ ގާނޫނު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2026

ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު
08 ޖެނުއަރީ 2026

ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

08 ޖެނުއަރީ 2026
ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު
08 ޖެނުއަރީ 2026

ޕީއެންސީ ޖަގަހަ ހުޅުވުން: އާންމު ރައްޔިތުންނަށް ތުރާލަކަށް!

08 ޖެނުއަރީ 2026
ޕީއެންސީ ޖަގަހަ ހުޅުވުން: އާންމު ރައްޔިތުންނަށް ތުރާލަކަށް!
07 ޖެނުއަރީ 2026

މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

07 ޖެނުއަރީ 2026
މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް
06 ޖެނުއަރީ 2026

ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ

06 ޖެނުއަރީ 2026
ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ
06 ޖެނުއަރީ 2026

މިދިޔަ އޮގަސްޓް މަހު ކުމުންދޫ އަށް ވަޑައިގެން 2 މަސް ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި ކުމުންދޫ ބަނދަރުގެ މަސައްކަތް އަދިވެސް ނުފެށޭ!

06 ޖެނުއަރީ 2026
މިދިޔަ އޮގަސްޓް މަހު ކުމުންދޫ އަށް ވަޑައިގެން 2 މަސް ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި ކުމުންދޫ ބަނދަރުގެ މަސައްކަތް އަދިވެސް ނުފެށޭ!
05 ޖެނުއަރީ 2026

ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނި ފެތުރޭ މަންޒަރު ފެންނާތީ ސުވާލު ކުރުމުން ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ހުންނެވީ ހަނު!

05 ޖެނުއަރީ 2026
ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދަށް ކުނި އަޅާ މަންޒަރާއި ކުނި ފެތުރޭ މަންޒަރު ފެންނާތީ ސުވާލު ކުރުމުން ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ ވަޒީރު ހުންނެވީ ހަނު!
04 ޖެނުއަރީ 2026

ޕީއެންސީގެ ބޭފުޅުން އާއްމު މީހުންނަށް ބިރު ދައްކައިގެން ޕާޓީތަކުގެ ދަފްތަރުން ކެނޑެން މަޖުބޫރު ކުރުވާ ކަމުގެ ތުހުމަތު

04 ޖެނުއަރީ 2026
ޕީއެންސީގެ ބޭފުޅުން އާއްމު މީހުންނަށް ބިރު ދައްކައިގެން ޕާޓީތަކުގެ ދަފްތަރުން ކެނޑެން މަޖުބޫރު ކުރުވާ ކަމުގެ ތުހުމަތު
04 ޖެނުއަރީ 2026

ވިލިމާލެ ހޮސްޕިޓަލާއި ތެލެސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް 2025 ގައި ފަށާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

04 ޖެނުއަރީ 2026
ވިލިމާލެ ހޮސްޕިޓަލާއި ތެލެސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް 2025 ގައި ފަށާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
03 ޖެނުއަރީ 2026

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

03 ޖެނުއަރީ 2026
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް