Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭޔަރު އާތިފް

ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާނެ އިންތިޚާބީ މީހެއް ނުހުންނާނެ: ކުޅުދުއްފުށީ މޭޔަރު އާތިފް

ކުޅުދުއްފުށި މޭޔަރު އާތިފް ވިދާޅުވީ ރައީސް މުއިއްޒު ކައުންސިލްތަކުގެ ސަބަބުން މަޝްރޫއުތައް ލަސްވާ ކަމަށް ވިދާޅުވި ނަމަވެސް ހަގީގަތުގައި ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައި ވާ ކަމަށް. ޕީއެންސީ އަށް މެޖޯރިޓީ ދީފިނަމަ މަޖިލީހުގައި ފެންނަ ފަދައިން ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރާނެ މީހަކު ނުހުންނާނެ ކަމަށާ ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 02:25
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް | ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީ އިން ބޭނުންވާ ގޮތަށް އެ ޕާޓީ އަށް މެޖޯރިޓީ ލިބޭ ގޮތަށް ކައުންސިލް ގޮނޑިތައް ދީފި ނަމަ އެ ރަށެއްގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ އިންތިޚާބީ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. 

ރާއްޖެއެމްވީ އާ ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ ސަރުކާރުން ހިންގަން ބޭނުންވާ ބައެއް ތަރައްގީގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ކަމަށް ގަބޫލު ކުރަން އުނދަގޫ ކަމަށެވެ.

އެގޮތުން ވަރަށް ގިނަ ކައުންސިލްތަކާ ބައްދަލު ކުރެވިފައިވާ އިރު ގިނަ ކައުންސިލްތަކުން ފާހަގަކޮށްފައި ވަނީ މި ސަރުކާރުން އެ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާ ކަން ކަމަށް އާތިފް ވިދާޅުވި އެވެ. 

އާތިފް ވިދާޅުވީ މިދިއަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއުތައް ވެސް މި ސަަރުކާރުން ކުރިއަށް ނުގެންދާއިރު ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން ބިންގާ އަޅުއްވާ މަޝްރޫއުތައް ވެސް ނުފެށި އެ މަޝްރޫއުތަކަށް ވީނުވީ އެއް ނޭނގިގެން ކައުންސިލްތަކުން އެވާހަކަ ދައްކާ ކަމަށެވެ.

އެގޮތަށް އެތައް މަޝްރޫއެއް އެބަހުރި ކަމަށާ ބައްދަލުވާ ކޮންމެ ކައުންސިލެއްގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރަށެއްގައި ނުވަތަ އަތޮޅުގައި ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ކަމަށް އާތިފް ވިދާޅުވި އެވެ. 

މި ސަރުކާރުން ކަމެއް ނުކޮށް ނުވަތަ މަޝްރޫއުތައް ހުއްޓާލުމަށްފަހު ކައުންސިލްތަކުގެ ބޮލުގައި އެކަން އެޅުވުމަށް މަސައްކަތް ކުރުން ބަލައިނުގަނެވޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. އަދި ކައުންސިލް ގޮނޑިތައް ނުލިބިއްޖެ ނަމަ ރަށްރަށުގައި މަޝްރޫއުތައް ނުހިންގޭނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާ އެކަން ޕްރޮމޯޓު ކުރެއްވުމަށް މަސައްކަތް ކުރި ނަމަވެސް ރައްޔިތުން އެއަށް ވުރެ މިހާރު މާ ހޭލުންތެރި ކަމަށް އޭނާ ވިދާޅުވި އެވެ. 

އާތިފް ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ސަރުކާރަށް ކައުންސިލް ގޮނޑިތައް ޕީއެންސީ އަށް ދީފި ނަމަ ރައްޔިތުންގެ މަސްލަހަތު އިސްކޮށް އެއްޗެއް ބުނާނެ އިންތިޚާބީ އެއްވެސް މީހަކު ނުހުންނާ ކަމަށެވެ. ރައްޔިތުންގެ ހައްގުގައި ރަށަށް ހެޔޮ އެދިގެން ވަކާލާތު ކުރާނެ މީހެއް ވެސް ނުހުންނާނެ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ. 

އެ މަންޒަރު މަޖިލީހުން މިއަދު ފެންނަމުން ދާ ކަމަށާ ސުޕަރ މެޖޯރިޓީ އެއް ދީގެން މަޖިލިސް މަސައްކަތް ކުރަނީ ސަރުކާރުން ބޭނުންހާ ކަމެއް ހާސިލުކުރަން ކަމަށް ވެސް އާތިފް ވިދާޅުވި އެވެ. އެހެން ކަމުން ކައުންސިލް އިންތިޚާބު ގައި ރައްޔިތުން މިކަމާ މެދު ވިސްނާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުޕީއެންސީމުހައްމަދު އާތިފްކުޅުދުއްފުށިރައީސް މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސް އަޅައި، ހުއްޓުވާކަން ވަރަށް ސާފު ކޮށް، ކިތާބީ ހެއްކާ އެކު ފެންނަން އެބަހުރި: ކުޅުދުއްފުށީ މޭޔަރު އާތިފް

ރައީސް މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސް އަޅައި، ހުއްޓުވާކަން ވަރަށް ސާފު ކޮށް، ކިތާބީ ހެއްކާ އެކު ފެންނަން އެބަހުރި: ކުޅުދުއްފުށީ މޭޔަރު އާތިފް

10 ޖެނުއަރީ 2026
ރާއްޖޭގައި މިހާތަނަށް އެޅި ހުރިހާ ފްލެޓެއް ދޫކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ ރައީސް މުއިއްޒު، އިންސާފުވެރި ނޫން ކަަމަށް ރައްޔިތުން ބުނޭ: މެންބަރު ޒިޔާދު

ރާއްޖޭގައި މިހާތަނަށް އެޅި ހުރިހާ ފްލެޓެއް ދޫކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ ރައީސް މުއިއްޒު، އިންސާފުވެރި ނޫން ކަަމަށް ރައްޔިތުން ބުނޭ: މެންބަރު ޒިޔާދު

10 ޖެނުއަރީ 2026
ޕީއެންސީ އޮފީސް ހެދީ ހުއްދަ ނުނަގާ، ގޭގެ ވެރިފަރާތް ލައްކަ އަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

ޕީއެންސީ އޮފީސް ހެދީ ހުއްދަ ނުނަގާ، ގޭގެ ވެރިފަރާތް ލައްކަ އަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

10 ޖެނުއަރީ 2026
ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި

ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި

09 ޖެނުއަރީ 2026
ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު