Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ ޖަގަހަ ހުޅުވުން

ޕީއެންސީ ޖަގަހަ ހުޅުވުން: އާންމު ރައްޔިތުންނަށް ތުރާލަކަށް!

8 ޖެނުއަރީ 2026 | ބުރާސްފަތި 17:15

އާޓިފިޝަލް ބީޗް ސަރަހައްދާއި ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރުމާއި ގުޅިގެން އެމްޓީސީސީ އިން ފޯރުކޮށްދޭ އާރްޓީއެލް ބަސް ރޫޓުތަކުގެ ތެރެއިން ކާނިވަލް އިން ހުޅުމާލެ އަށް ދަތުރުކުރާ ދެ ރޫޓާއި އަމީނީ ރޫޓުގެ ހިދުމަތް ބުރާސްފަތި ދުވަހުގެ ރޭ 4 ގަޑިއިރަށް މެދުކަނޑާލައިފި. ސުކޫލު ބޮޑު ބަންދު ދުވަސްވަރަކަށް އެކުވުމުން މި ބަދަލު ރައްޔިތުންނަށް ދަތިކަމަށްވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދޭ.

އަލީ ޝާހީން
އަލީ ޝާހީން | 8 ޖެނުއަރީ 2026 | ބުރާސްފަތި 17:15
ޕީއެންސީ ޖަގަހަ ހުންނަ އިމާރާތް

ޕީއެންސީ ޖަގަހަ ހުންނަ އިމާރާތް | ރާއްޖެ އެމްވީ

އަގުބޮޑު މަރާމާތަކަށްފަހު ޕީއެންސީގެ ޖަގަހަ ހިންގަމުންދިޔަ އިމާރާތުގައި އެ ޕާޓީގެ އޮފީސް ރަސްމީކޮށް ހުޅުވާތީ އެމްޓީސީސީ އިން ފޯރުކޮށްދެމުންގެންދާ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ ބައެއް ރޫޓުތަކުގެ ހިދުމަތް 4 ގަޑިއިރަށް މެދުކަނޑާލައިފި އެވެ. 

އެމްޓީސީސީ އިން ނެރުނު އިއުލާނެއްގައި ބުނީ، އާޓީފިޝިއަލް ބީޗް ހިމެނޭ ސަރަހައްދާއި އިންވެގެން އޮންނަ ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރުމަށް ހަމަޖެހިފައިވުމާއެކު، އެ ކުންފުނިން ފޯރުކޮށްދެމުންގެންދާ އާރްޓިއެލް ބަހުގެ ހިދުމަތުގައި ހިމެނޭ ކާނިވަލް އިން ހުޅުމާލެ ފުރަތަމަ ފިޔަވަހި އަށް ދަތުރު ކުރާ ރޫޓައި ކާނިވަލް އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަތުރު ކުރާ ރޫޓާއި އަދި އަމީނީ ރޫޓުގެ ހިދުމަތް ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން ފެށިގެން 00:00 އާއި ހަމައަށް މެދުކަނޑާލެވޭނެ ކަމަށެވެ. ހަމަ އެއާއެކު އޯކިޑް ރޫޓަށް ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. 

Advertisement - newsAdvertisement

މިކަމާއި ގުޅިގެން އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ދަތިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ސުކޫލު ބޮޑު ބަންދާއި ދިމާކޮށް ރާއްޖެތެރޭގެ ގިނަ ރަށްރަށުން މާލެ އަށް މީހުން ޖަމާވެފައިވާ ދުވަސްވަރެއްގައި އަރްޓީއެލް ބަހުގެ ހިދުމަތް މެދުކެނޑުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެފަރާތްތަކުން ފާހަގަ ކުރެ އެވެ. 

އެންމެ ފުރަތަމަ އެމްޑީޕީގެ ހަރުގެ ހިންގި މި އިމާރާތުގައި ފަހުން، އެ ޕާޓީން ވަކިވެ ކުރީގެ ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ޖަގަހައެއް ވެސް ހިންގި އެވެ. ޕީއެންސީ އިން އެ ބިން ނެގީ ރިޔާސީ އިންތިހާބަށްފަހު އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ އެ ބިމުގައި އިމާރާތް ކޮށްފައިވާ ޕީއެންސީގެ އޮފީސް ހުޅުވިއިރު، އެއީ ހަތަރު ބުރީގެ އޮފީސް އިމާރާތެކެވެ. އޮފީސް އިމާރާތް އެޅުމަށް ޕީއެންސީ އިން ބޮޑު ހަރަދެއް ކުރި ކަމަށް މައުލޫމާތު ލިބުނު ނަމަވެސް ކުރި ހަރަދުގެ ސީދާ އަދަދެއް އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމުގެ ޖަލްސާގައި ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ޕީއެންސީގެ އާންމު މެންބަރުން ވެސް ބައިވެރިވި އެވެ.

ޕީއެންސީއެމްޓީސީސީއާރްޓީއެލް ބޮޑުތަކުރުފާނުމަގު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

07 ޖެނުއަރީ 2026
މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް
05 ޖެނުއަރީ 2026

"ނުކުރާނަމޭ ބުނާ ކަންކަން މި ސަރުކާރުން ކުރާނެ ކަން ޔަގީން ވެއްޖެ، ޔަގީންކަން ދިން ބޭހެއް ނުލިބޭ، ފެރީ ވެސް ހުއްޓިއްޖެ"

05 ޖެނުއަރީ 2026
"ނުކުރާނަމޭ ބުނާ ކަންކަން މި ސަރުކާރުން ކުރާނެ ކަން ޔަގީން ވެއްޖެ، ޔަގީންކަން ދިން ބޭހެއް ނުލިބޭ، ފެރީ ވެސް ހުއްޓިއްޖެ"
04 ޖެނުއަރީ 2026

ޕީއެންސީ ގެ ބޮޑު ޖަލްސާ އަށް މީހުން އުފުލުމަށް އެމްޓީސީސީގެ ބަސްތައް ބޭނުން ކުރި ގޮތް ސާފު ކުރަން އެދުމުން ސީދާ ޖަވާބެއް ނުދީ މަސައްކަތް ކުރީ އޮޅުވާލަން!

04 ޖެނުއަރީ 2026
ޕީއެންސީ ގެ ބޮޑު ޖަލްސާ އަށް މީހުން އުފުލުމަށް އެމްޓީސީސީގެ ބަސްތައް ބޭނުން ކުރި ގޮތް ސާފު ކުރަން އެދުމުން ސީދާ ޖަވާބެއް ނުދީ މަސައްކަތް ކުރީ އޮޅުވާލަން!
04 ޖެނުއަރީ 2026

ޕީއެންސީގެ ބޭފުޅުން އާއްމު މީހުންނަށް ބިރު ދައްކައިގެން ޕާޓީތަކުގެ ދަފްތަރުން ކެނޑެން މަޖުބޫރު ކުރުވާ ކަމުގެ ތުހުމަތު

04 ޖެނުއަރީ 2026
ޕީއެންސީގެ ބޭފުޅުން އާއްމު މީހުންނަށް ބިރު ދައްކައިގެން ޕާޓީތަކުގެ ދަފްތަރުން ކެނޑެން މަޖުބޫރު ކުރުވާ ކަމުގެ ތުހުމަތު
28 ޑިސެމްބަރު 2025

ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ

28 ޑިސެމްބަރު 2025
ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ
25 ޑިސެމްބަރު 2025

ޕީއެންސީ ކުދިންނަށް އަނެއްކާވެސް މުއިއްޒުގެ ދޯކާ

25 ޑިސެމްބަރު 2025
ޕީއެންސީ ކުދިންނަށް އަނެއްކާވެސް މުއިއްޒުގެ ދޯކާ
23 ޑިސެމްބަރު 2025

ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ކުރީގެ އިމާރާތަކާއި ބޭރު ފާރު މަރުތޭލަކުން ތަޅާތާ 4 މަސް

23 ޑިސެމްބަރު 2025
ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ކުރީގެ އިމާރާތަކާއި ބޭރު ފާރު މަރުތޭލަކުން ތަޅާތާ 4 މަސް
21 ޑިސެމްބަރު 2025

ކުންފުނިތަކާއި، އެމްބަސީތަކުގެ މުވައްޒަފުން އޮފީސް މަސައްކަތަށް ނުނިކުމެ ކުރަން ޖެހެނީ ޕްރޮޕެގެންޑާ ފެތުރުމުގެ މަސައްކަތް: އަމީން

21 ޑިސެމްބަރު 2025
ކުންފުނިތަކާއި، އެމްބަސީތަކުގެ މުވައްޒަފުން އޮފީސް މަސައްކަތަށް ނުނިކުމެ ކުރަން ޖެހެނީ ޕްރޮޕެގެންޑާ ފެތުރުމުގެ މަސައްކަތް: އަމީން
20 ޑިސެމްބަރު 2025

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025
މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް
20 ޑިސެމްބަރު 2025

ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި

20 ޑިސެމްބަރު 2025
ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް