Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެ ޖަލްސާގައި ރައީސް މުއިއްޒުގެ ރިޔާސީ ބަޔާން އިއްވާނެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 14:55
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން ދެއްވަނީ. (ފައިލް)

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން ދެއްވަނީ. (ފައިލް) | ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން އިއުލާންކޮށްފި އެވެ. 

އެކަން ހާމަކޮށް މަޖިލީހުގެ އިދާރާ އިން ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5، ގެ ހެދުނު 9:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން ވެސް އިއްވާނެ އެވެ.   މިއީ މިހާރު ކުރިއަށް ދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ޖަލްސާތައް ރަސްމީކޮށް ފަށަނީ އަންނަ މަހު ކަމަށް ވީ ނަމަވެސް މި މަހު ދައުރުން ބޭރުން ދެ ޖަލްސާ އެއް ވަނީ ބާއްވާފަ އެވެ.  ޕީއެންސީގެ ޕީޖީ އިން އެދިގެން ބޭއްވި އެ ޖަލްސާތަކަކީ  ގާނޫނުއަސާސީ އަށް ސަރުކާރުން ބޭނުންވެގެން ބަދަލުތަކެއް ގެނައުމަށާއި އެހެނިހެން ބައެއް މަސައްކަތްތައް ކުރުމަށް ބޭއްވި ޖަލްސާ އެކެވެ.

ދައުރުން ބޭރުން ޖަލްސާ އެއް ބާއްވައިގެން ގާނޫނުއަސާސީ އަށް ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް މަގުފަހިކުރުމަށް ހުށަހެޅި އިސްލާހެކެވެ. އެ މަގްސަދު ހާސިލްކުރުމަށް  20 ވަނަ މަޖިލީހުގެ ދައުރު ކުރު ކުރަން ޖެހެ އެވެ. މި ބިލު މަޖިލީހުން ފާސްކުރުމާއި އެކު އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އެކު އިންތިޚާބުތައް އެއްކޮށްލުމާއި މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ.

މި މަސައްކަތް ނިންމުމަށް ދައުރުން ބޭރުން އިތުރު ޖަލްސާތަކެއް ބޭއްވުމަކީ އެކަށީގެންވާ ކަމެކެވެ. 2025 ވަނަ އަހަރުގެ މަސައްކަތްތައް ނިންމާލާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު 3، 2025 ގަ އެވެ. 

ރައްޔިތުންގެ މަޖިލިސްރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި

ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި

11 ޖެނުއަރީ 2026
ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު

ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު

11 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާނެ އިންތިޚާބީ މީހެއް ނުހުންނާނެ: ކުޅުދުއްފުށީ މޭޔަރު އާތިފް

ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާނެ އިންތިޚާބީ މީހެއް ނުހުންނާނެ: ކުޅުދުއްފުށީ މޭޔަރު އާތިފް

11 ޖެނުއަރީ 2026
އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!

އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!

10 ޖެނުއަރީ 2026
ޕީއެންސީ އޮފީސް ހެދީ ހުއްދަ ނުނަގާ، ގޭގެ ވެރިފަރާތް ލައްކަ އަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

ޕީއެންސީ އޮފީސް ހެދީ ހުއްދަ ނުނަގާ، ގޭގެ ވެރިފަރާތް ލައްކަ އަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު