Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔުކްރެއިން ހަނގުރާމަ

ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

ޗައިނާގައި ބޭއްވުނު ބައްދަލުވުމުގައި ސްލޮވޭކިއާގެ ބޮޑު ވަޒީރު ރޮބަޓް ފިކޯއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވަނީ، ރަޝިޔާ އިން ޔޫރަޕަށް ހަމަލާ ދޭން ރާވާ ކަމަށް ބުނެ ދެކެވޭ ވާހަކަ އަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ޔޫކްރެއިން ޔޫރަޕިއަން ޔޫނިއަނަށް ވަނުމާމެދު ރަޝިޔާއިން އެއްވެސް އިރެއްގައި އިދިކޮޅު ހަދާފައި ނުވާކަމަށް ޕުޓިން ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2025 | ބުދަ 02:02
ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަދި ރަޝިޔާގެ ރައީސް ޕުޓިން

ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަދި ރަޝިޔާގެ ރައީސް ޕުޓިން

ޔުކްރެއިން އިން، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ގުޅުމަށް ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް، އެ ޤައުމުގެ ރައީސް ވުލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޗައިނާގައި ބޭއްވުނު ބައްދަލުވުމުގައި ސްލޮވޭކިއާގެ ބޮޑު ވަޒީރު ރޮބަޓް ފިކޯއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައި ވަނީ، ރަޝިޔާ އިން ޔޫރަޕަށް ހަމަލާ ދޭން ރާވާ ކަމަށް ބުނެ ދެކެވޭ ވާހަކަ އަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ޕުޓިން ވިދާޅުވީ ކުރީގެ ސޯވިއެޓް ސަރަހައްދު ތަކެއް އެއްކޮލުމަށް ދެކޮޅު ހަދަމުން އަންނަނީ ހަަމައެކަނި ހުޅަނގުގެ ޤައުމުތަކާއި، ނޭޓޯ އިން ކަމަށެވެ. އަދި އޭނާ ވިދާޅުވީ ރަޝިޔާގެ ހަމައެކަނި މަޤުސަދަކީ އެ ޤައުމުގެ އަމިއްލަ މަސްލަޙަތު ހިމާޔާތް ކުރުން ކަމަށެވެ.

އެގޮތުން، ޔުކްރެއިން އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ގުޅުމާ މެދު އެއްވެސް އިރެއްގައި ރަޝިޔާ އިން ދެކޮޅު ހަދާފައި ނުވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ރަޝިޔާ އިން ހަމަލާ ތަކެއް ދޭން އުޅޭ ކަމަށް ބުނެ ފަތުރާ ވާހަކަ އަކީ، އެ ޤައުމާ ދެކޮޅަށް ފަތުރަމުން ގެންދާ ދޮގު ވާހަކަ ތަކެއް ކަމަށެވެ.

ޔުކްރެއިން އިން، އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެފައިވާއިރު، ޔުކްރެއިން އިން ނޭޓޯއާ ގުޅުމާ އެ ޤައުމުން ވަނީ މީގެ ކުރިން ވެސް ދެކޮޅު ހަދައިފަ އެވެ.

މީގެ އިތުރުން ޗައިނާގައި ކުރިއަށް ދިޔަ ސަމިޓުގައި ބައިވެރިވެ ވަޑައިގެން ޕުޓިން ވަނީ، ޔުކްރެއިން ހަނގުރާމަ ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ، އެއީ ރަޝިޔާ އިން ޔުކްރެއިން އަށް ދިން ހަމަލާއަކާ ގުޅިގެން ފެށުނު ހަނގުރާމައެއް ނޫން ކަމަށެވެ.

އިތުރަށް ޕުޓިން ވިދާޅުވެފައި ވަނީ، އެ ހަނގުރާމައިގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ހުޅަނގުގެ ޤައުމު ތަކުން ކަމަަށެވެ. އޭނާ އެހެން ވިދާޅުވެފައިވާއިރު، ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ މައްސަލައިގައި ހުޅަނގުގެ ޤައުމުތަކުގެ ތާއީދު އޮތީ ޔުކްރެއިން އަށެވެ.

މަސްދަރު: ރޮއިޓާރސް

ވްލަޑިމިއަރ ޕުޓިންޔޫރަޕިއަން ޔޫނިއަންނޭޓޯރޮބަޓް ފިކޯސްލޮވާކިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު