Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގްރީންލޭންޑް

އެމެރިކާ އިން ގްރީންލޭންޑް ހިފުމަށް އެއްވެސް މަސައްކަތެއް ކޮށްފި ނަމަ ނޭޓޯ ނިމުމަކަށް އަންނާނެ: ޑެންމާކުގެ ބޮޑު ވަޒީރު

6 ޖެނުއަރީ 2026 | އަންގާރަ 09:30

ޓްރަމްޕް ވިދާޅުވެފައި ވަނީ ގައުމީ ސަލާމަތަށްޓަކައި އެމެރިކާ އަށް ގްރީންލޭންޑް ބޭނުންވާ ކަމަށާއި ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި އެކަމާ ބެހޭ ވާހަކަދައްކަވާނެ ކަމަށް. ގްރީންލޭންޑްގެ ބޮޑުވަޒީރު ނީލްސަން ވަނީ ރައްޔިތުންނަށް ޔަގީންކަން ދެއްވައި ގްރީންލޭންޑަކީ ވިއްކާލަން އޮތް ތަނެއް ނޫން ކަމަށް ވިދާޅުވެފައި.

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 09:30
ގްރީންލޭންޑް ގެ ވެރިރަށް ނޫކް ގެ ކުލަކުލައިގެ ގެތައް ބޯ ސުނޯ ގެ ތެރޭގައި

ގްރީންލޭންޑް ގެ ވެރިރަށް ނޫކް ގެ ކުލަކުލައިގެ ގެތައް ބޯ ސުނޯ ގެ ތެރޭގައި | ގެޓީ އިމޭޖަސް

އެމެރިކާ އިން ގްރީންލޭންޑް ހިފުމަށް އެއްވެސް މަސައްކަތެއް ކޮށްފި ނަމަ، ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) ގެ އަސްކަރީ އިއްތިހާދު ނިމުމަކަށް އަންނާނެ ކަމުގެ އިންޒާރު ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑްރިކްސަން ދެއްވައިފިއެވެ.

މި އިންޒާރު އައިސްފައި ވަނީ އެމެރިކާ އިން ވެނެޒުއޭލާ އަށް ދިން އަސްކަރީ ހަމަލާ އާ އެ ގައުމުގެ ލީޑަރު ހައްޔަރުކުރުމާ ގުޅިގެން ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

ބޮޑުވަޒީރު ފްރެޑްރިކްސަން މި މޭރުމުން ވާހަކަދެއްކެވީ، އާކްޓިކް ސަރަހައްދުގައި އޮންނަ ގްރީންލޭންޑް އެމެރިކާގެ ސީދާ ބާރުގެ ދަށަށް ގެންދިއުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.

އާދިއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ގްރީންލޭންޑާ ބެހޭގޮތުން ވާހަކަދައްކަވާނެ ކަމަށެވެ. ގްރީންލޭންޑަކީ އެމެރިކާގެ އިޚްތިޞާޞްގެ ދަށުގައި އޮންނަން ޖެހޭ ތަނެއް ކަމަށް ޓްރަމްޕް ވަކާލާތު ކުރައްވާއިރު، މި އިންޒާރު އައިސްފައި ވަނީ ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން އެމެރިކާ ސިފައިން ހައްޔަރުކުރިތާ އެއްދުވަސް ފަހުންނެވެ.

މި އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ޑެންމާކާއި ގްރީންލޭންޑަށް ވަނީ ކަންބޮޑުވުންތަކެއް ކުރިމަތިވެފަ އެވެ. ގްރީންލޭންޑަކީ ޑެންމާކުގެ ރަސްކަމުގެ ދަށުން އަމިއްލަ އެތެރޭގެ އިދާރީ ހިންގުން އޮންނަ، އަދި ނޭޓޯގެ ބައެއްގެ ގޮތުގައި ބެލެވޭ ސަރަހައްދެކެވެ.

"ނޭޓޯގެ މެންބަރު ގައުމަކަށް އެމެރިކާ އިން އަސްކަރީ ގޮތުން ހަމަލާދޭން ނިންމައިފިނަމަ، ހުރިހާ ކަމެއް ނިމުމަކަށް އަންނާނެ،" ފްރެޑްރިކްސަން ވިދާޅުވިއެވެ.

ޑެންމާކުގެ ޓީވީ2 އަށް ދެއްވި ބަސްދީގަތުމެއް ގައި އޭނާ އިތުރަށް ވިދާޅުވީ، އޭގެ މާނަ އަކީ ނޭޓޯގެ އިއްތިހާދާއި، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ގާއިމު ކުރެވުނު ސަލާމަތީ ރައްކާތެރިކަން މުޅިން ނެތިގެންދިޔުން ކަމަށެވެ.

ގްރީންލޭންޑްގެ ބާރު ހޯދުމަށް އަސްކަރީ ބާރުގެ ބޭނުން ކުރުމަކީ ޓްރަމްޕް ދެކޮޅު ހައްދަވާފައިވާ ކަމެއް ނޫނެވެ. އަދި މިދިޔަ މަހު، ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ތާއީދުކުރައްވާ ލޫސިއާނާގެ ގަވަރުނަރު ޖެފް ލޭންޑްރީ ވަނީ އެ ރަށަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބަކަށް އައްޔަންކުރައްވާފައެވެ.

މީގެ އިތުރުން، ޓްރަމްޕްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓެފަން މިލާގެ އަނބިކަނބަލުން ކޭޓީ މިލާ ވަނީ، އެމެރިކާގެ ދިދައިގެ ކުލަތަކުން ފަރުމާކޮށްފައިވާ ގްރީންލޭންޑްގެ މަންޒަރެއް "ވަރަށް އަވަހަށް" (SOON) މި ލަފުޒާއެކު އެކްސްގައި ހިއްސާކޮށްފަ އެވެ.

ގްރީންލޭންޑްގެ ބޮޑުވަޒީރު ޖެންސް ފްރެޑްރިކް ނީލްސަން ވަނީ އެ ޕޯސްޓަކީ އިހުތިރާމް ކުޑަ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ނީލްސަން ވިދާޅުވީ، ގައުމުތަކާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބިނާވެފައި އޮންނަން ވާނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މިއަދު އޮތް ހާލަތަށް އިހުތިރާމް ކުރުމުގެ މައްޗަށް ކަމަށެވެ. ނަމަވެސް، ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ގްރީންލޭންޑަކީ ވިއްކާލަން އޮތް ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫރަޕާއި އުތުރު އެމެރިކާ އާ ދެމެދު ގްރީންލޭންޑް އޮންނަ މަގާމަކީ އެމެރިކާގެ ބެލިސްޓިކް މިސައިލް ޑިފެންސް ސިސްޓަމަށް ވަރަށް މުހިންމު ތަނެކެވެ. އަދި އެތަނުގައި ހުރި މައުދަނުގެ މުއްސަނދި ކަމަކީ ޗައިނާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެމެރިކާ ބޭނުންވާ ސަބަބެކެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި ގްރީންލޭންޑްގެ ވަށައިގެން ރަޝިޔާ އާއި ޗައިނާގެ އުޅަނދުފަހަރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެހެންކަމުން ގައުމީ ސަލާމަތަށްޓަކައި އެމެރިކާ އަށް ގްރީންލޭންޑް ބޭނުންވާ ކަމަށާއި، ޑެންމާކަށް އެ ސަރަހައްދު ރައްކާތެރިކޮށް ނުބެލެހެއްޓޭނެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި ހުރިހާ ވާހަކަތަކަކާ ގުޅިގެން ގްރީންލޭންޑްގެ ބޮޑުވަޒީރު ނީލްސަން ވަނީ ރައްޔިތުންނަށް ޔަގީންކަން ދެއްވައި، ކަންބޮޑުނުވުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާ އަށް ބޭނުންހާ ގޮތަކަށް ގްރީންލޭންޑް ހިފޭނެ ހާލަތެއް ނެތް ކަމަށާއި، ޑެންމާކުން ބޭނުންވަނީ ރަނގަޅު އެއްބާރުލުމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެމެރިކާ-ގްރީންލޭންޑްރައީސް ޑޮނަލްޑް ޓްރަމްޕްޑެންމާކްމެޓް ފްރެޑެރިކްސެންނޭޓޯ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ވިލާތުން އެމެރިކާ އަށް ވަރުގަދަ އިންޒާރެއް! "ގްރީންލޭންޑް ހިފައިފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނަން"

07 ޖެނުއަރީ 2026
ވިލާތުން އެމެރިކާ އަށް ވަރުގަދަ އިންޒާރެއް! "ގްރީންލޭންޑް ހިފައިފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހިފާނަން"
07 ޖެނުއަރީ 2026

މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

07 ޖެނުއަރީ 2026
މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް
07 ޖެނުއަރީ 2026

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން
07 ޖެނުއަރީ 2026

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

07 ޖެނުއަރީ 2026
ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ
07 ޖެނުއަރީ 2026

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

07 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި
07 ޖެނުއަރީ 2026

ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑް އެމެރިކާގެ މިލްކުވެރިކަމުގެ ދަށަށް ގެންނަން އަސްކަރީ ބާރުގެ ބޭނުން ޓްރަމްޕް ކުރައްވާފާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި

07 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ މިލްކުވެރިކަމުގެ ދަށަށް ގެންނަން އަސްކަރީ ބާރުގެ ބޭނުން ޓްރަމްޕް ކުރައްވާފާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި
07 ޖެނުއަރީ 2026

ގާނޫނު ހަދާ މަޖިލީހުގެ ބަހެއް ނެތި ގައުމުތަކަށް އަސްކަރީ ހަމަލާތައް ދޭތީ، ރައީސް ޓްރަމްޕްގެ ބާރުތައް ހިފެހެއްޓުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅަނީ!

07 ޖެނުއަރީ 2026
ގާނޫނު ހަދާ މަޖިލީހުގެ ބަހެއް ނެތި ގައުމުތަކަށް އަސްކަރީ ހަމަލާތައް ދޭތީ، ރައީސް ޓްރަމްޕްގެ ބާރުތައް ހިފެހެއްޓުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅަނީ!
06 ޖެނުއަރީ 2026

އެމެރިކާގެ ކުޑަކުދިންނަށް ދޭ ވެކްސިން ގެ ސިޔާސަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ދޭން ޖެހޭ ވެކްސިން ގެ އަދަދު ދަށްކޮށްފި

06 ޖެނުއަރީ 2026
އެމެރިކާގެ ކުޑަކުދިންނަށް ދޭ ވެކްސިން ގެ ސިޔާސަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ދޭން ޖެހޭ ވެކްސިން ގެ އަދަދު ދަށްކޮށްފި
05 ޖެނުއަރީ 2026

އެމެރިކާގެ ރައީސް ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން، ހަތިޔާރު ނަންގަވަން ތައްޔާރަށް ހުންނެވި ކަމަށް ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވިދާޅުވެއްޖެ

05 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން، ހަތިޔާރު ނަންގަވަން ތައްޔާރަށް ހުންނެވި ކަމަށް ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް