Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ނ. މާފަރު

ސަރުކާރުން ހުއްދަ ނުދިނުމުގެ ސަބަބުން، ނ، މާފަރުން ގޯތި ދޫނުކުރެވި ރައްޔިތުންނަށް ތުރާލަކަށް

13 ޖެނުއަރީ 2026 | އަންގާރަ 14:39

ކައުންސިލްތަކުން ބިން ނުދީގެން މަޝްރޫއުތައް ނުހިނގާ ކަމަށް މުއިއްޒު ވިދާޅުވުމަކީ ދޮގެއް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 13 ޖެނުއަރީ 2026 | އަންގާރަ 14:39
ނ. މާފަރު

ނ. މާފަރު | ސޯޝަލް މީޑިއާ

ސަރުކާރުން ހުއްދަ ނުދިނުމުގެ ސަބަބުން ނ. މާފަރު ރައްޔިތުންނަށް ގޯތި ދޫކުރެވެން ނެތް ކަމަށް އެރަށު ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު އާމިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާފަރު ކައުންސިލް ގެ ނައިބް ރައީސް އާމިރު ވިދާޅުވީ، ވެރިކަމަށް އަންނަން ވެެގެން ރައީސް މުއިއްޒު އެންމެ ގަދަޔަށް ދެއްކެވި އެއް ވާހަކަ އަކީ، ތިމަން މަނިކުފާނަކީ  ލާމަރުކަޒީ ނިޒާމް ގެ ޗެމްޕިއަން ކަމުގަ އެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން ގާނުނޫތައް ބަދަލުކުރައްވާ، ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރި ކުރީނުން މިހާރު މި އޮތީ ކައުންސިލްތައް ރީއްޗަށް ބަނދެލާފަ ކަމަށް އާމިރު ވިދާޅުވި އެވެ. 

Advertisement - newsAdvertisement
މާފަރު ކައުންސިލް ގެ ނައިބް ރައީސް އާމިރު މުޙައްމަދު، ރާއްޖެ ޓީވީ ގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

މާފަރު ކައުންސިލް ގެ ނައިބް ރައީސް އާމިރު މުޙައްމަދު، ރާއްޖެ ޓީވީ ގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އެ ގޮތުން ސަރުކާރުން ހުއްދަ ނުދިނުމުގެ ސަބަބުން މިހާރުވެސް މާފަރު ކައުންސިލް ގެ ފަރާތުން ކުރަން ނިންމާފައިވާ ވަރަށް ގިނަ ކަން ކަން ހުއްޓިފައިވާ ކަން އާމިރު ފާހަގަ ކުރެއްވި އެވެ. މާފަރު ގައި އަމިއްލަ ޖަމިއްޔާ އަކުން ތަރައްގީ ކޮށްފައިވާ ބީޗެއް، ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް އަމިއްލަ ފަރާތަކަށް ހިލޭ ދިނުމަށް ކައުންސިލުން އެދުމުން، އެ ހުއްދަ ވެސް ސަރުކާރުން ދީފައި ނުވާކަމަށް އާމިރު ވިދާޅުވި އެވެ. ރަށުން ގޯތި ދިނުމުގެ ހުއްދަ އަށް އެދި ސަރުކާރުގައި އެދެމުންދާތާ އެތައް ދުވަހެއް ވެދާނެ ކަމަށާއި ނަމަވެސް، ހުއްދަ ދޭނެކަމަށް ސަރުކާރުން ބުނި ފަހުން އެތަކެއް ދުވަހެއް ވެފައިވާއިރު އަދިވެސް އެ ހުއްދަ ނުލިބޭ ކަމަށް އާމިރު ވިދާޅުވި އެވެ. މީގެ އިތުރުން އެރަށުން ލޯކަލް ޓޫރިޒަމް އަށް ކަނޑައަޅައިފައިވާ ބިންތައް ވެސް ދޫނުކުރެވި ވަނީ ސަރުކާރުން ދޭން ޖެހޭ ހުއްދަ ނުދީގެން ކަން އާމިރު ފާހަގަ ކުރެއްވި އެވެ. 

މި ރަށު އަމިއްލަ ޖަމިއްޔާ އަކުން ތަރައްގީ ކުރި ޓަރޓްލް ބީޗް، ސާފުކޮށް ބެލެހެއްޓުމަށް އަމިއްލަ ފަރާތަކަށް ހިލޭ ދޭން ސަރުކާރު ގައި އެދުމުން ބުނީ ހުއްދަ އެއް ނުލިބޭނެ ކަމަށް. ދަޑު ބިން ރައްޔިތުންނަށް ހިލޭ ދޫކުރަން އެދުނީމަ ބުނީ ހުއްދައެއް ނުލިބޭނެ އޭ. ރަށުން ގޯތި ދޫކުރަން ހުއްދަ އަށް އެދި ސަރުކާރަށް ވާނީ ފޮނުވާފަ. މިހާރު ގާނޫނު އޮތް ގޮތުން ކައުންސިލް ދައުރުގެ ފަހު އަހަރުގަ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް މި އޮންނަނީ ހުއްދަ އެއް ނުނަގާ. ގޯތި ދޫކުރުމަށް ހުއްދަ ދޭނަމޭ ކިޔާތާ އެތަށް ދުވަހެއް ވެެއްޖެ. އަދި ހުއްދަ އެއް ނުލިބޭ. ރައްޔިތުންނަށް ގޯތި ނުދެވިގެން މި އުޅެނީ ސަރުކާރުން ހުއްދަ ނުދީގެން. އިއުލާނު ކޮށްފަ، ބިޑް ޕްރޮސެސްއާ ހުރިހާ ކަމެއް ނިމިފަ، އެވޯޑް ކުރެވިފަ ހުރި ލޯކަލް ޓޫރިޒަމަށް ކަނޑައަޅާފައިވާ ބިންތައް ދޫނުކުރެވި މި ތިބީ، ހަމަ ސަރުކާރުން ހުއްދަ ނުދީގެން.  
ނ. މާފަރު ކައުންސިލް ގެ ނައިބް ރައީސް މުޙައްމަދު އާމިރު

މީގެ އިތުރުން ރަށްރަށުގަ ތަރައްގީގެ މަޝްރޫއުތައް ނުހިނގަނީ ކައުންސިލްތަކުން ބިން ހަވާލު ނުކޮށްގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވާ އާމިރު ވިދާޅުވީ، މާފަރު ކައުންސިލުން ބިމެއް ހަވާލު ނުކޮށްގެން ސަރުކާރުން ހިންގަން ބޭނުންވާ އެއްވެސް މަޝްރޫއަކަށް ހުރަސްއެޅިފަ ނުވާނޭ ކަމަށެވެ. އެގޮތުން ޕޮލިސް ސޭޓޭޝަން އަޅަން 10،000 އަކަ ފޫޓުގެ ބިމެއް، ހެލްތް ސެންޓަރު އަޅަން 60،000 އަކަފޫޓުގެ ބިމެއް، އާރުޑީސީި އަށް 25،000 އަކަ ފޫޓު އަދި އެމްޓީސީސީ އަށް މާފަރު ކައުންސިލްގެ ފަރާތުން ބިން ދޫކޮށްފައި ވާނޭ ކަމަށް އާމިރު ވިދާޅުވި އެެވެ. އަދި ޓްރާސްފޯމަރުތައް ބެހެއްޓުމަށާއި ކައުންސިލް އިމާރާތް އެޅުމަށް ވެސް ބިން  ދޫކޮށްފައި ވާ ކަމަށް އާމިރު ފާހަގަކުރެއްވި އެވެ. 

މަޝްރޫއުތައް ހިންގަން ދޫކޮށްފައިވާ ބިންތަކުގައި މަސައްކަތް ކުރުމަށް ކައުންސިލުގެ އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އާމިރު ވިދާޅުވި އެވެ. އަދި ޕްރޮޖެކްޓް ތައް ނުހިންގަނީ ކައުންސިލް ތަކުން ބިން ނުދީގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވާ ވިދާޅުވުމަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށް އާމިރު ވިދާޅުވި އެވެ.

ޕޮލިސް ސްޓޭޝަން އަޅަން 10،000 އަކަ ފޫޓޫ ދީފަ އެ އޮތީ، އެތާގަ ވެސް އަޅަނީ އަލިފާން ފޮއްޓެއް. ހެލްތް ސެންޓަރު. ހެލްތް ސެންޓަރު ބިންގާ އެޅީ ހެލްލް މިނިސްޓަރު އައިސް. 60،000 އަކަ ފޫޓުގެ ބިމެއް ދީފަ އެ އޮތީ. ބިންގާ އެޅިފަހުން އެއްވެސް ކަމެއް އަދި ނުކުރޭ. ޓްރާންސްފޯމަރު ތައް ބަހަައްޓަން ބިން ދީފަ އެ އޮތީ، ކައުންސިލް އިމާރާތް އަޅަން ބިންދީފަ އެ އޮތީ. އާރުޑީސީ އަށް 25،000 އަކަ ފޫޓު ދީފަ އެ އޮތީ. އެމްޓީސީ އަށް 15،000 އަކަ ފޫޓު ދީފަ އެ އޮތީ. ކައުންސިލަކުން ނޯންނާނެ ހަމަ އެއްވެސް ހުރަހެއް. ކައުންސިލް ތަކުން ބިން ނުދޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް.
ނ. މާފަރު ކައުންސިލް ގެ ނައިބް ރައީސް މުޙައްމަދު އާމިރު

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާ އިރު، ނ. މާފަރު ގައި ތަރައްގީ ގެ އެއްވެސް މަޝްރޫއެއް އެކަށީގެންވާ ގޮތަށް ނުހިނގާ ކަން އެ ރަށު ރައްޔިތުން ފާހަގަ ކުރެ އެވެ. އަދި ނިމިދިޔަ އެމްޑީޕީ ގެ ސަރުކާރުން އެ ރަށުގައި ފަށާފައިވާ މަޝްރޫއު ތައް ވެސް މިހާރު މަޑުޖެހިފައިވާ ކަމަށް ރައްޔިތުން ވަނީ ފާހަގަ ކޮށްފަ އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމް ކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން ވަނީ، ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފަ އެވެ.

މާފަރުމުޙައްމަދު އާމިރުލާމަރުކަޒީ ނިޒާމު

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ވެރިމަކުގައި ނ. މާފަރު ޕޮލިސް ސްޓޭޝަންގެ ކުރެހުން 4 ފަހަރަށް ބަދަލުކޮށް، އެންމެ ފަހުން ލިބުނީ އަލިފާން ފޮއްޓެއް

13 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ވެރިމަކުގައި ނ. މާފަރު ޕޮލިސް ސްޓޭޝަންގެ ކުރެހުން 4 ފަހަރަށް ބަދަލުކޮށް، އެންމެ ފަހުން ލިބުނީ އަލިފާން ފޮއްޓެއް
12 ޖެނުއަރީ 2026

ނ. މާފަރު ބިން ހިއްކުމުގެ މަސައްކަތް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ހުއްޓާލައި ސާމާނުތައް ވެސް ރަށުން ބާލައިފި

12 ޖެނުއަރީ 2026
ނ. މާފަރު ބިން ހިއްކުމުގެ މަސައްކަތް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ހުއްޓާލައި ސާމާނުތައް ވެސް ރަށުން ބާލައިފި
12 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް: ޣަފޫރު

12 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް: ޣަފޫރު
11 ޖެނުއަރީ 2026

ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު

11 ޖެނުއަރީ 2026
ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު
09 ޖެނުއަރީ 2026

ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

09 ޖެނުއަރީ 2026
ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް
08 ޖެނުއަރީ 2026

ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

08 ޖެނުއަރީ 2026
ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު
01 ޖެނުއަރީ 2026

މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ސަރުކާރެއް: މޭޔަރ ޢާޠިފް

01 ޖެނުއަރީ 2026
މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ސަރުކާރެއް: މޭޔަރ ޢާޠިފް
26 ޑިސެމްބަރު 2025

ރ. އަތޮޅު ކައުންސިލުން އެ އަތޮޅު ގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާ ކުރަނީ

26 ޑިސެމްބަރު 2025
ރ. އަތޮޅު ކައުންސިލުން އެ އަތޮޅު ގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާ ކުރަނީ
22 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު

22 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު
09 ޑިސެމްބަރު 2025

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް