Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ނިޔާޒް

ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ތަރައްގީ ގެނައުމަށް ސަރުކާރު ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވި ނަމަވެސް، ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ރޫހަކީ ރައްޔިތުން އަމިއްލައަށް ތަރައްގީގެ ޕްލޭންތައް ތަންފީޒުކުރުން ކަމަށާއި ރަށްރަށުގެ ތަރައްގީ އށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭން ނުޖެހޭ ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 11 ޖެނުއަރީ 2026 | އާދީއްތަ 02:27
ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް | ރާއްޖެއެމްވީ

ރަށްރަށުގެ ތަރައްގީއަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ނިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ އަސްލު ރޫހަކީ ސަރުކާރަށް ބަރޯސާ ނުވެ، ރައްޔިތުން އަމިއްލައަށް ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭންތައް ތަންފީޒުކުރުން ކަމަށެވެ. އަދި ރަށްވެހި ޚިދުމަތްތައް ތަރުތީބުކޮށް ހިންގުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރެއް ކަމަށް ނިޔާޒް ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

ނިޔާޒު އިތުރަށް ވިދާޅުވީ، ރަށްތަކުގެ ތަރައްގީއަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ނުޖެހޭކަން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، އަދި ކުޅުދުއްފުށި ސިޓީގެ ތަޖުރިބާއިން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. މި ތިން ސިޓީގައި މިހާރު ތިއްބެވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މޭޔަރުންނެވެ.

ނިޔާޒް މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ބާރު ސްޕީޑްގައި ތަރައްގީ ގެނައުމަށް ޕީއެންސީ ގެ ކެންޑިޑޭޓުން އިންތިހާބު ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.

ޕީއެންސީ ގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ބާރު ސްޕީޑް ގައި ކުރިއަށް ގެންގޮސް ފުރިހަމަ ކުރެވޭނީ އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓުން ހޮވައިފިނަމަ ތަރައްގީއަށްޓަކައި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތައް މަޑުޖެހި، މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ފަދަ ސިޓީތަކުގެ ތަރައްގީ މަޑުޖެހޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު، ހަގީގީ މާނައިގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނުހިނގާކަން ރައްޔިތުން ފާހަގަކުރެ އެވެ. މަޖިލީހާއި ޖުޑީޝިއަރީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް އަތުރާލެއްވުމަށްފަހު އެމަނިކުފާނު މިހާރު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ބިރު ދައްކައިގެން ވިޔަސް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރުމަށް އިލްކްޝަންސް އިން ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން "މައި ޕޯޓަލް"  ހުޅުވާލާފަ އެވެ. 

އަލީ ނިޔާޒްރައީސް ޑރ. މުހައްމަދު މުއިއްޒުލޯކަލް ކައުންސިލް އިންތިހާބުލާމަރުކަޒީ ނިޒާމު

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާނެ އިންތިޚާބީ މީހެއް ނުހުންނާނެ: ކުޅުދުއްފުށީ މޭޔަރު އާތިފް

11 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާނެ އިންތިޚާބީ މީހެއް ނުހުންނާނެ: ކުޅުދުއްފުށީ މޭޔަރު އާތިފް
10 ޖެނުއަރީ 2026

އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!

10 ޖެނުއަރީ 2026
އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!
10 ޖެނުއަރީ 2026

ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!

10 ޖެނުއަރީ 2026
ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!
10 ޖެނުއަރީ 2026

ރައީސް މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ބޮޑު ސައްޕެއް ޖައްސަވާނެ: މެންބަރު އިބްރާހިމް

10 ޖެނުއަރީ 2026
ރައީސް މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ބޮޑު ސައްޕެއް ޖައްސަވާނެ: މެންބަރު އިބްރާހިމް
09 ޖެނުއަރީ 2026

ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

09 ޖެނުއަރީ 2026
ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު