Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަތޮޅުތަކުގެ ތަރައްގީ

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ސަތޭކަ ދިހަ ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކުރިނަމަވެސް އަތޮޅުތެރޭގެ ރަށްރަށުގެ އިޤްތިޞާދު ކުރިއަރުވަން ކުރެވުނު މަސައްކަތެއް ފެންނާކަށް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2025 | އަންގާރަ 14:15
އަތޮޅު ކައުންސިލްގެ ރައީސުންނާއި މޭޔަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު އާތިފް މެދުގައި

އަތޮޅު ކައުންސިލްގެ ރައީސުންނާއި މޭޔަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު އާތިފް މެދުގައި

ވޭތުވެދިޔަ ދެ އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ ކަމަށާއި، އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް ކަމަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ނިޒާމް ފުނޑާލާ ކައުންސިލްތައް އަޅުވެތި ކުރުމަށް މި ސަރުކާރުން ރޭވިގެން ކުރަމުން އަންނަ މަސައްކަތާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަން މަސައްކަތް ކުރަމުންދާ ބަދަލުތަކާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. މޭޔަރު އާތިފް ވިދާޅުވީ މިއީ ހަމައެކަނި ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން މަސައްކަތް ކުރާ ކަމެއް ނޫން ކަމަށާއި، މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމު މަރުކަޒީކޮށް ބަދަލުކުރަމުން އެދާ ކަމަށެވެ.

Advertisement - newsAdvertisement

މޭޔަރު އާތިފް ވަނީ އަތޮޅުތެރޭގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް މިކަން ވެފައިވާ ކަމަށް ފާހަގަކުރައްވާފަ އެވެ. އެގޮތުން އެއް ސަރަޙައްދަކަށް އާބާދީ ޖަމާވާންޖެހޭ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބު ކުރަމުންދާ ކަމަށާއި، މިއީ އަތޮޅުތެރޭގެ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ އަހަރު ސަތޭކަ ދިހަ ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވެއްޖެ ކަމަށާއި، އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް ކަމަށް މޭޔަރު އާތިފް ވިދާޅުވި އެވެ. އަތޮޅުތެރޭގެ ރަށްރަށުގެ އިޤްތިޞާދު ކުރިއަރުވަން ކުރެވުނު މަސައްކަތެއް ފެންނާކަށް ނެތް ކަމަށާއި، ޕީއެސްއައިޕީ ޕްރޮޖެކްޓަށް ބެއްޔަސް ކުރީގައި ފަށާފައި ހުރި މަޝްރޫޢުތައް ވެސް ހިނގަނީއެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ވޭތުވެދިޔަ ދެ އަހަރު ސަތޭކަ ދިހަ ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވެއްޖެ. އަޅުގަނޑުމެންގެ އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް. އަތޮޅުތެރޭގެ އެ ރަށްރަށުގެ އިޤްތިޞާދު ކުރިއަރުވަން ކުރެވުނު މަސައްކަތެއް. ފެންނާކަށް ނެތް. އަދި ޕީ.އެސް .އައި .ޕީ ޕްރޮޖެކްޓަށް ބެއްޔަސް ކުރީގައި ފަށާފައި ހުރި އެ މަޝްރޫޢުތައް ވެސް ހިނގަނީއެއް ނޫން. އަދި އަލަށް، މުޅިން އަލަށް އެއްވެސް މަޝްރޫޢެއް ނުގެންދެވި، ދެ އަހަރު އަޅުގަނޑުމެންގެ ރައްޔިތުންގެ ހަޔާތުން މިދިޔައީ އިސްރާފުވެގެން ނުވަތަ އަޅުގަނޑުމެންގެ އެއްވެސް ކުރިއެރުމެއް ނުލިބިދިޔަ ދެ އަހަރު މި ފެނިގެންދިޔައީ. ދާއިރުގައި ކައުންސިލުތަކުން އެ ކުރާ މުހިންމު މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތްތަކެއް ކުރާ ތަން އޭގެއިތުރުން ފެނިގެން މި ދިޔައީ.
ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަހަރުގެ ފެބުރުވަރީ މަހުގެ ހަތާވީހުގައި ކުޅުދުއްފުށީގައި ރިއަލް އެސްޓޭޓް ހައުސިންގ މަޝްރޫޢެއް ހިންގުމަށް ހުއްދައެއް އެދިފައިވާ ކަމަށް މޭޔަރު އާތިފް ވިދާޅުވި އެވެ. އެކަމަކު ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަންޖެހޭ ކަމަށްވާތީ، އެލްޖީއެފް މެދުވެރިކޮށް ފޮނުވާފައި ފިނޭންސް މިނިސްޓްރީގައި އެ ހުއްދަ ދިނުން ތާށިވެފައި އޮންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މޭޔަރު އާތިފް ވިދާޅުވީ ސަރުކާރަށް ވޭތުވެދިޔަ ދެ އަހަރު ކުޅުދުއްފުށީގައި އެއްވެސް މަޝްރޫޢެއް ނުކުރެވޭ ކަމަށެވެ. ޚާއްޞަކޮށް ކުޅުދުއްފުށީގައި އޮތް އެންމެ ބޮޑު މައްސަލަ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނިމިދިޔަ ސަރުކާރުން ފަށާފައި ހުރި ހަތަރު ސަތޭކަ ހައުސިންގ ޔުނިޓު ވެސް ސަރުކާރު ބަދަލުވުމާއެކު އެ ހުރިގޮތަށް އެ ހުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ހާލަތުގައި ކައުންސިލުން އިންވެސްޓަރުން ހޯދައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔަރު އާތިފް ވިދާޅުވި އެވެ. އިންވެސްޓަރުން ޝައުޤުވެރިކަން ފާޅުކޮށްފައި ވެސް ތިބި ކަމަށާއި، އެކްސްޕްރެޝަން އޮފް އިންޓްރެސްޓަށް ހުޅުވާލާއިރަށް މިހާރުވެސް އިންވެސްޓަރުން ކުރިމަތިލާން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް، ކައުންސިލުން ހައުސިންގ މަޝްރޫޢެއް ކުރިއަށް ގެންގޮސްދާނެތީ މި ހުއްދަ ހިފަހައްޓައިގެން އުޅޭ ކަމަށް މޭޔަރު އާތިފް ތުހުމަތުކުރެއްވި އެވެ. މިއީ ކައުންސިލުތަކުގެ މަސައްކަތްތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޙައްމަދު އާތިފް (އާތީ)ކުޅުދުއްފުށިލާމަރުކަޒީ ނިޒާމުހައުސިން މަޝްރޫޢު

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލާނެ: ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު

މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލާނެ: ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު

06 ޑިސެމްބަރު 2025
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

25 ނޮވެމްބަރު 2025
ލާމަރުކަޒީ ޤާނޫނު އަދިވެސް ކޮށަނީ: ބަހަނާ އަކީ ތަރައްޤީ އަށް މަގުފަހިކުރުން!

ލާމަރުކަޒީ ޤާނޫނު އަދިވެސް ކޮށަނީ: ބަހަނާ އަކީ ތަރައްޤީ އަށް މަގުފަހިކުރުން!

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު