Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނ. މާފަރު

ނ. މާފަރު ބިން ހިއްކުމުގެ މަސައްކަތް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ހުއްޓާލައި ސާމާނުތައް ވެސް ރަށުން ބާލައިފި

12 ޖެނުއަރީ 2026 | ހޯމަ 14:44

ރިވެޓްމެންޓް ނުޖަހާ އޮތުމުގެ ސަބަބުން އޭރު ހިއްކި ސަރަހައްދުން ވަރަށް ބޮޑު ބައެއް މިހާރު ވަނީ ގިރައިގެން ގޮސް، އެ ސަރަހައްދުގެ މުރަކަތައް ވެސް މަރުވެފައި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 12 ޖެނުއަރީ 2026 | ހޯމަ 14:44
ނ. މާފަރު ކައުންސިލް ގެ ނައިބް ރައީސް މުޙައްމަދު އާމިރު ރާއްޖެ ޓީވީ ގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ނ. މާފަރު ކައުންސިލް ގެ ނައިބް ރައީސް މުޙައްމަދު އާމިރު ރާއްޖެ ޓީވީ ގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ނ. މާފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ފެށި ބިން ހިއްކުމުގެ މަސައްކަތް މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެއްވެސް ވަރަކަށް ކުރިޔަށް ނުދާކަމަށް އެ ރަށު ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު އާމިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ ގެ "ފަށާއިރު" ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން މާފަރު ކައުންސިލް ގެ ނައިބް ރައީސް އާމިރު ވިދާޅުވީ، ވެރިކަން ބަދަލުވިފަހުން މާފަރުގެ ތަރައްގީ އަށް ވަރަށް ބައިވަރު ގޮންޖެހުންތަކެއް އައިސްފައިވާ ކަމަށެވެ. ރައްޔިތުންނަށް ވެސް ވަރަށް ބޮޑެތި ފިއްތުންތަކެއް އެބަހުރި ކަމަށާއި، ހާއްސަކޮށް ވަޒީފާގެ ބިރުވެރިކަން ވަރަށް ބޮޑުކަން އާމިރު ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

އެމްޑީޕީ ގެ ވެރިކަމުގައި އެއަރޕޯޓާއި ފެނަކައިން ގިނަ ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށާއި، ނަމަވެސް މިއަދު އެ ފަރާތްތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އާމިރު ވިދާޅުވި އެވެ.

މާފަރު ބިން ހިއްކައި އެރަށު ބިމަށް އިތުރުކުރާ 20 ހެކްޓަރުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ގެންގޮސް، އެމްޑީޕީ ގެ ވެރިކަމުގައި ޖުމްލަ 17 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް އާމިރު ވިދާޅު ވިއެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ބިން ހިއްކުމުގެ މަސައްކަތް ކުރަން އެރަށަށް ގެންގޮސްފައިވާ ސާމާނުތައް ވެސް ރަށުން ބާލާފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.

ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުކޮށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، އެ ސަރަހައްދުގައި ރިވެޓްމެންޓެއް ވެސް ޖަހާފައި ނުވުމުގެ ސަބަބުން ހިއްކާފައިވާ ސަރަހައްދު ވަރަށް ބޮޑަށް ގިރައިގެން ގޮސް އެ ސަރަހައްދުގެ މުރަކަތައް ވެސް މިހާރު މަރުވެފައިވާކަން އާމިރު ފާހަގަކުރެއްވި އެވެ.

މި ދިޔަ ވެރިކަމުގަ 20 ހެކްޓަރު ބިން ހިއްކަން ފެށުން. ވެރިކަން ބަދަލު ވި އިރު 17 ހެކްޓަރު ގެ ބިން ވަނީ ހިއްކާފަ. ނަމަވެސް ވެރިކަން ބަދަލުވި ފަހުން މަސައްކަތް ހުއްޓާލާ އެމްޑީޕީ ސަރުކާރުން މަސައްކަތްކުރަން އެރަށަށް ގެންދިޔަ ސާމާނުތައް ވެސް ވަނީ ބާލާފަ. ރިވެޓްމެންޓް ނުޖަހާ އޮތުމުގެ ސަބަބުން އޭރު ހިއްކި ސަރަހައްދުން ވަރަށް ބޮޑު ބައެއް މިހާރު ވަނި ގިރައިގެން ގޮސްފަ. ދެ އަހަރަށް ވުރެ ގިނަ ދުވަސްވި މިހާރު އެއްވެސް މަަސައްކަތެއް ނުހިނގާތާ. ފަސްތައް ގިރައިގެން ފަޅުތެތެރެއަށް ފެތުރުމުގެ ސަބަބުން އެ ސަރަހައްދުގެ މުރަކަތައް ވެސް މިހާރު ވަނީ މަރުވެފަ. ކައުންސިލް ގެ ފަރާތުން ރަސްމީ ސިފައެއްގައި ފޮޓޯ އާއި އެކު މިކަން ވާނީ އީއާރުއޭ ގެ ސަމާލުކަމަށް ގެނެސްފަ.
ނ. މާފަރު ކައުންސިލް ގެ ނައިބް ރައީސް މުޙައްމަދު އާމިރު

މީގެ އިތުރުން އާމިރު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން މާފަރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އެ ރަށު ވޮލީ ކޯޓުގެ މަސައްކަތް ނިންމާ ފެނާ ނަރުދާމާގެ މަސައްކަތް ވެސް ނިމި، ވެރިކަން ބަދަލުވި އިރު ބާކީ އޮތް މަސައްކަތަކީ ހަމަ އެކަނި ގޭގެއަށް ކަނެކްޝަން ގުޅާލުން ކަމަށް އާމިރު ވިދާޅުވި އެވެ.

އަދި އެމްޑީ ޕީގެ ވެރިކަމުގައި އެ ރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ފަށާފައި ވީނަމަވެސް މި ވެރިކަމުގައި އެ މަސައްކަތް ވެސް ކުރިއަށް ދަނީ ފިނިކަހަ ދުވެލީ ގައި ކަން އާމިރު ފާހަގަކުރެއްވި އެވެ.

ދާދި ފަހުން ހޯމް މިނިސްޓަރު ރިބަން ކަނޑާފަ ހުޅުވި ކަސްޓަމްސް އިމާރާތުގެ މަސައްކަތް ވެސް ފެށީ އެމްޑީޕީ ސަރުކާރުން ކަން ފާހަގަކުރައްވާ، އާމިރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި އެ ރަށު ބޮޑު ފުޓްބޯޅަ ދަނޑުގެ ޓާފް އަޅާ ފެންސް ޖަހާ ނިންމާފައިވާ ކަމަށެވެ. އަދި އެއަރޕޯޓަށް އެންމެ 63 ހެކްޓަރުގެ ބިން ދީފައި އޮއްވާ، އެމްޑީޕީ ވެރިކަމުގައި އެއަރޕޯޓު ވަށައިގެން ބިން ހިއްކާ ރަންވޭ ވެސް ބޮޑުކޮށްފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.

ވޮލީ ކޯޓުގެ މަސައްކަތް ނިމިފަ، ފެނާ ނަރުދަމާ ގެ މަސައްކަތް ނިމިފަ ހަމަ އެކަނި ގޭގެއަށް ކަނެކްޝަން ގުޅާލުން އޮތީ، ސްކޫލް ގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ވެށިފަ އޮތީ ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފިނިހަކަ ދުވެލީގަ މަސައްކަތް ކުރިޔަށް ދަނީ. ކަސްޓަމްސް އިމާރާތުގެ މަސައްކަތްވެސް ފެށިފަ އޮތީ. ބޮޑު ދަނޑުގެ މަސައްކަތް ވެސް ޓާފް އަޅާ ފެންސް ޖަހާ ނިމިފަ އޮތީ. އެއާޕޯޓަށް ކުރީގަ ދީފަ އޮންނަނީ 63 ހެކްޓަރުގެ ސަރަހައްދެއް މިދިޔަ އެމްޑީޕީ ވެރިކަމުގަ އެއަރޕޯޓް ވަށައިގެން ހިއްކާ ރަންވޭ ވެސް ބޮޑުކޮށްފަ ވަނީ.
ނ. މާފަރު ކައުންސިލް ގެ ނައިބް ރައީސް މުޙައްމަދު އާމިރު

މާފަރުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން އެމްޑީޕީ ވެރިކަމުގައި ކޭބަލް އަޅާ އާ ޓްރާންސްފޯމަރުތަކެއް ބެހެއްޓުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް އާމިރު ފާހަގަކުރެއްވި އެވެ. އެގޮތުން ޓްރާންސްފޯމަރު ތައް ބެހެއްޓުމުގެ މަސައްކަތަށް ބޭނުންވާ ހިލަ، ހިލަވެލި އަދި ސިމެންޓި ވެސް އެރަށަށް ގެނެސްފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.

ނަމަވެސް މަސައްކަތަށް ގެނައި ސިމެންތިތައް ގާވެގެން އުކާލި އިރު ވެސް އެ މަސައްކަތް ނުފެށޭ ކަމަށާއި، ސަރުކާރު ބަދަލުވެގެން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީއިރުވެސް ޓްރާންސްފޯމަރުތައް ބެހެއްޓޭ ގޮތެއް އަދި ނުވާކަމަށް އާމިރު ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ނ. މާފަރުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް އެކަށީގެންވާ ގޮތަށް ނުހިނގާކަން އެ ރަށު ރައްޔިތުން ފާހަގަކުރެ އެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެ ރަށުގައި ފަށާފައިވާ މަޝްރޫއުތައް ވެސް މިހާރު މަޑުޖެހިފައިވާ ކަމަށް ރައްޔިތުން ވަނީ ފާހަގަކޮށްފަ އެވެ. އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމް ކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން ވަނީ، ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފަ އެވެ.

މާފަރު

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް