Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ. މާފަރު

ރައީސް މުއިއްޒުގެ ވެރިމަކުގައި ނ. މާފަރު ޕޮލިސް ސްޓޭޝަންގެ ކުރެހުން 4 ފަހަރަށް ބަދަލުކޮށް، އެންމެ ފަހުން ލިބުނީ އަލިފާން ފޮއްޓެއް

ނ. މާފަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އާމިރު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގައި މާފަރުގައި އިމާރާތް ކުރަން ނިންމި ޕޮލިސް ސްޓޭޝަނުގެ ކުރެހުން 4 ފަހަރަށް ބަދަލުކޮށް، އެންމެ ފަހުން ދެ ބުރި އިމާރާތުގެ ބަދަލުގައި ލިބުނީ ޕޮލިސް ޕޯސްޓެއް ކަމަށް. އެމްޑީޕީ ވެރިކަމުގައި މި ސްޓޭޝަނަށް ބިން ހަވާލުކޮށް ރުއްގަސް ބަދަލުދީ ތައްޔާރު ކޮށްފައިވާއިރު، އެމްދިޕީ ސަރުކާރުން ފެށި އެހެން މަޝްރޫޢުތައް ވެސް މަޑުޖެހިފައިވާކަން ރައްޔިތުން ފާހަގަކުރޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 14:18
ނ. މާފަރު ޕޮލިސް ސްޓޭޝަން ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ނ. މާފަރު ޕޮލިސް ސްޓޭޝަން ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. | މޯލްޑިވްސް ޕޮލިސް

ނ. މާފަރުގައި އިމާރާއް ކުރަން ނިންމާފައިވާ ޕޮލިސް ސްޓޭޝަނުގެ ކުރެހުން، ރައީސް މުއިއްޒުގެ ވެރިކަމުގައި 4 ފަހަރަށް ބަދަލުކޮށްފި ކަމަށާއި، ނަމަވެސް އާޚިރުގަ ޕޮލިސް ސޮޓޭޝަނެއްގެ ބަދަލުގައި އެރަށަށް ލިބުނީ އަލިފާން ފޮއްޓެއް ކަމަށް  އެ ރަށު ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު އާމިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ ގެ "ފަށާއިރު" ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން މާފަރު ކައުންސިލް ގެ ނައިބް ރައީސް އާމިރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި މާފަރުގައި އަޅަން ނިންމި މި ޕޮލިސް ސްޓޭޝަން އަޅަން ބިން ކަނޑައަޅާ، ޕޮލިސް ސްޓޭޝަނަކަށް ކައުންސިލުން ބިން ހަވާލުކޮށް، ބިމުގެ ރަޖިސްޓްރީ ވެސް ހަދައިދީފައިވާނެ ކަމަށެވެ. އަދި މިދިޔަ ވެރިކަމުގައި ޕޮލިސް ސްތޭޝަން އަޅަންވެގެން އެ ސަރަހައްދުގައި ވާ ރުއްގަހަށް ބަދަލު ދީފައި ވާނޭކަމަސް ވެސް އާމިރު ވިދާޅުވި އެވެ. އޭރު ނ އަތޮޅުގައި އަޅަން ނިންމި 3 ޕޮލިސް ސްޓޭޝަން ގެ ތެރެއިން 1 ޕޮލިސް ސްޓޭޝަން އަޅަން ނިންމީ މާފަރުގައި ކަން އާމިރު ފާހަގަ ކުރެއްވި އެވެ.  

Advertisement - newsAdvertisement

މިސަރުކާރު ވެރިކަމާ ހަވާލުވެ 4 ފަހަރަށް ޕޮލިސް ސްޓޭޝަންގެ ކުރެހުން ބަދަލު ކުރުމަށް ފަހު، މާފަރު ރައްޔިތުންނަށް މި ސަރުކާރުން ދިނީ އަލިފާން ފޮއްޓެއް ކަމަށް އާމިރު ވިދާޅުވި އެވެ. މާފަރު ގައި އަޅަން ނިންމި ޕޮލިސް ސްޓޭޝަންގެ 2 ބުރި އިމާރާތް އެންމެ ފަހުން މަސައްކަތް ފެށި އިރު ބަދަލު ވެފައިވަނީ  ޕޮލިސް ޕޯސްޓަކަށް ކަން އާމިރު ވިދާޅުވި އެވެ. އެމްޑިޕީ ސަރުކާރުން މާފަރުގައި މަސައްކަތް ފެށި ކަސްޓަމްސް އިމާރާތުގެ ރިބަން ކަނޑަަން ވެގެން މިނިސްޓަރު އިހުސާނު ވަޑައިގެންނެވި ދުވަހު މިކަމާ ސުވާލު ކުރުމުން، މިއީ ހެދުނު މިސްޓޭކެއް ކަން ގަބޫލު ކުރައްވާ ކަމަށް އެބޭފުޅާ ވިދާޅުވިކަމަށް އާމިރު ވިދާޅުވި އެވެ. 

 އެންމެ ފަހުން މިނިސްޓަރ އިހުސާނު މިދިޔަ ސަރުކާރުން މަސައްކަތް ފެށި ކަސްޓަމްސް އިމާރާތުގެ ރިބަން ކަނޑަންވެގެން އައި ދަތުރުގަ އެވާހަކަ ދެއްކި. މެމްބަރާ ވެސް އެވާހަކަ ދެއްކި. ވިދާޅުވީ ގަބޫލުކުރަމޭ އެއީ ހެދިފަ އޮތް މިސްޓޭކެއް ކަން. މި ވެރިކަން އައި ފަހުން ޕޮލިސް ސްޓޭޝަންގެ ކުރެހުން ބަދަލުކޮށްފި 4 ފަހަރު. އެންމެ ފަހުން މި ލިބުނީ އަލިފާން ފޮއްޓެއް. ދެ ބުރި އިމާރާތް ދިޔަ ތަނެއް ނޭނގެ. ސަރުކާރުގެ ކޮންމެ ބޭފުޅަކު ވެސް މި ވިދާޅުވަނީ މާފަރަކީ ނ އަތޮޅު ގެ ހަބޭ. އެހެންވީމަ މާފަރުގަ ޕޮލިސް ސްޓޭޝަނެކޭ ހުންނަން ޖެހޭނީ. އެކަމު އަޅަނީ ޕޮލިސް ޕޯސްޓެއް.
ނ. މާފަރު ކައުންސިލް ގެ ނައިބް ރައީސް މުޙައްމަދު އާމިރު

މީގެ އިތުރުން އާމިރު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން މާފަރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އެ ރަށު ވޮލީ ކޯޓުގެ މަސައްކަތް ނިންމާ ފެނާ ނަރުދާމާގެ މަސައްކަތް ވެސް ނިމި، ވެރިކަން ބަދަލުވި އިރު ބާކީ އޮތް މަސައްކަތަކީ ހަމަ އެކަނި ގޭގެއަށް ކަނެކްޝަން ގުޅާލުން ކަމަށް އާމިރު ވިދާޅުވި އެވެ.

އަދި އެމްޑީ ޕީގެ ވެރިކަމުގައި އެ ރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ފަށާފައި ވީނަމަވެސް މި ވެރިކަމުގައި އެ މަސައްކަތް ވެސް ކުރިއަށް ދަނީ ފިނިކަހަ ދުވެލީ ގައި ކަން އާމިރު ފާހަގަކުރެއްވި އެވެ.

އާމިރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި އެ ރަށު ބޮޑު ފުޓްބޯޅަ ދަނޑުގެ ޓާފް އަޅާ ފެންސް ޖަހާ ނިންމާފައިވާ ކަމަށެވެ. އަދި އެއަރޕޯޓަށް އެންމެ 63 ހެކްޓަރުގެ ބިން ދީފައި އޮއްވާ، އެމްޑީޕީ ވެރިކަމުގައި އެއަރޕޯޓު ވަށައިގެން ބިން ހިއްކާ ރަންވޭ ވެސް ބޮޑުކޮށްފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ނ. މާފަރުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް އެކަށީގެންވާ ގޮތަށް ނުހިނގާކަން އެ ރަށު ރައްޔިތުން ފާހަގަކުރެ އެވެ. އަދި ނިމިދިޔަ އެމްޑީޕީ ގެ ސަރުކާރުން އެ ރަށުގައި ފަށާފައިވާ މަޝްރޫއުތައް ވެސް މިހާރު މަޑުޖެހިފައިވާ ކަމަށް ރައްޔިތުން ވަނީ ފާހަގަކޮށްފަ އެވެ. އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމް ކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން ވަނީ، ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފަ އެވެ.

މާފަރުމުޙައްމަދު އާމިރު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. މާފަރު ބިން ހިއްކުމުގެ މަސައްކަތް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ހުއްޓާލައި ސާމާނުތައް ވެސް ރަށުން ބާލައިފި

ނ. މާފަރު ބިން ހިއްކުމުގެ މަސައްކަތް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ހުއްޓާލައި ސާމާނުތައް ވެސް ރަށުން ބާލައިފި

12 ޖެނުއަރީ 2026
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު