Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގޭ ރިޕޯޓް

ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

ރާއްޖޭގައި ގާނޫނުގައިވާ ގޮތުން 3 ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް އޮންނަން ޖެހޭ އިރު، ރައީސް މުއިއްޒުގެ ވެރިކަމުގައި ހުރިހާ ބާރެއް އެއް އަތްޕުޅުގައި އޮތްކަން ފާހަގަކުރެވޭ. މަޖިލީހާއި ޖުޑީޝިއަރީ އަށް ސަރުކާރުގެ ނުފޫޒު ފޯރުވަމުންދާއިރު، ރައީސް މުއިއްޒު ސަރުކާރު ޖަވާބުދާރީކުރުވުން މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 14:29
ސަރުކާރު ޖަވާބުދާރީ ކުރާ ވަހަކަ ދައްކާ، ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރަންޏާ އެއީ ގޯހެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ.

ސަރުކާރު ޖަވާބުދާރީ ކުރާ ވަހަކަ ދައްކާ، ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރަންޏާ އެއީ ގޯހެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ. | ރާއްޖެ އެމްވީ

ދިވެހިރާއްޖޭގައި މިހާރު ހުރިހާ ބާރެއް ވެރިކަން ކުރައްވަމުން ގެންދަވާ ރައީސް މުއިއްޒުގެ އަތްޕުޅުގައި އޮތަސް، ގާނޫނު ގައި ވާ ގޮތުން ދިވެހިރާއްޖޭގައި އޮންނަން ވާނީ 3 ބާރު ވަކިިވެފައިވާ ރިޔާސީ ނިޒާމެކެވެ. ވެރިކަން ކުރުމުގެ ބާރާއި، ގާނުނޫ ހެދުމުގެ ބާރާއި ޖުޑީޝިއަރީ  ވާން ޖެހޭނީ، އެއް ބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވާ ވަކިވެފައިވާ 3 ބާރަށެވެ. 

ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކުރާ ކޮންމެ ކަމެއްގައި ވެސް އެއްބާރުލުން ދިނުމާ އެކު، ސަރުކާރު ފާލުން ނެއްޓިގެންދާ ދަނޑިވަޅުތަކުގައި ސަރުކާރު ޒިންމާދާރު ކުރުވާ ހަމަ މަގަށް އެޅުވުމަކީ މި ނިޒާމް ގެ އެއްމެ މުހިއްމު އެއް އަސާސެވެ. ސަރުކާރު ހަމަ މަގަށް އަޅުވާ ޖަވާބުދާރީ ކުރުވުމަށް ގާނޫނީ ގޮތުން މި ނިޒާމުގެ ތެރެއިން މަސައްކަތް ކުރުމުގެ ހައްގު ވަނީ ވަރަށް ފުޅާ ދާއިރާ އެއްގައި ފޯރުކޮށްދީފަ އެވެ.

Advertisement - newsAdvertisement

ތާރީހަށް ނަޒަރު ހިންގާލާ އިރު ސަރުކާރު ޒިންމާދާރު ކުރުވުމާ ދެކޮޅު ފިކުރުގެ ވެރިންނަކީ ރައްޔިތުންނަށް އަނިޔާވެރި، ދިގު ޒަމާންތަކަކަށް ދެމިގެންދާ ޚާންދާނީ ރަސްކަމެއް ކުރަން ބޭނުންވާ ޚުދުމުހުތާރު ވެރިންނެވެ. އަދުގެ ދުނިޔެ އިން ވެސް ފެންނަ ހަގީގަތަކީ ޚުދުމުހުތާރު ވެރިކަން ކުރާ ގައުމު ތަކުގައި ސަރުކާރު ޒިންމާދާރު ކުރުވާ ހަމަ މަގަށް އެޅުވުން މަނާވެފައި އޮންނަ އޮތުމެވެ. އެ ގައުމުތަކުގައި ވެރީން ކުރާ ކަމަކާ ދެކޮޅަށް ހިޔާލު ފާޅުކުރުން ވެސް އެއީ ބޮޑު ބިރުވެރިކަމަކާ ކުރިމަތި ލާން ޖެހޭ ވަރުގެ ކަމެކެވެ. 

އިއްތިފާގަކުން ނަމަވެސް މި ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުން ވެސް ފެނިގެންދަނީ މިހާރު މި ފަދަ އަލާމާތް ތަކެވެ. ރައީސް މުއިއްޒު ޕޯޑިއަމް ތަކަށް އަރާވަޑައިގެން މި ރާއްޖޭގައި އޮންނަނީ 3 ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެކޭ ވިދާޅުވިޔަސް، ހަގީގަތް އޮތީ އެވިދާޅުވާ ވާހަކަ އާއި މުޅިން އިދިކޮޅަށެވެ. މި ރާއްޖޭގެ ގާނޫނު ހެދުމުގެ ބާރުން މިއަދު އެ ދަނީ ވެރިކަން ހިންގުމުގެ ބާރު ބޭނުންވާ ގޮތަކަށް، ގާނޫނު އަސާސީ އަކީ ކުޅޭ ކުޅޭ އެއްޗަކަށް ހަދަމުންނެވެ. އެއްވެސް ކަހަލަ ދިރާސާއެއް ކުރުމެއްނެތި އެކަށީގެންވާ ވަގުތެއް ހޭދަ ނުކޮށް ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތައް ގެނައުމަކީ މިއަދު ރައީސް މުއިއްޒު އިޝާރާތެއް ކޮށްލެވުމާއެކު ވަގުތުން ނިމިގެންދާ ކަންކަމެވެ. 

ޖުޑިޝިއަރީ އަށް ބަލާލާއިރު ސަރުކާރުގެ ނުފޫޒު އޮތް މިންވަރަކީ، ރައީސް މުއިއްޒު ބޭނުންފުޅު ގޮތަކަށް މޮޑެވޭ ރަައްޔިތުންގެ މަޖްލިސް ބޭނުން ކޮށްގެން މުޅި ނިޒާމު ހަރާބުކޮށްލި ހަރާބު ކޮށްލުމެވެ. ފަނޑިޔާރުންގެ ގޮތުގައި ސިޔާސީ އެކްޓިވިސްޓުން އައްޔަނުކުރުމާއި އެކު، ސިޔާސީ މަގްސަދު ތައް ހާސިލް ކުރުމަށް މަތީ ކޯޓު ތަކުގެ ފަނޑިޔާރުން ވަކިކުރުން ހިމެނެ އެވެ.

ކަން މިހެން އޮތް އިރު ރައީސް މުއިއްޒު ކިތަންމެ އަޑުހަރުކޮށް ވިދާޅުވިޔަސް މިރާއްޖޭގައި މިހާރު މި އޮތީ 3 ބާރު ފުރިހަމައަށް ވަކި ވެފައިވާ ރިޔާސީ ނިޒާމެކޭ ބުނެވިދާނެ ހެއްޔެވެ؟ ހުރިހާ ބާރެއް މުށުތެރެޔަށް ލުމަށް ފަހު، ރައީސް މުއިއްޒު އެންމެ ފަހުން މި ވަނީ އެމަނިކުފާނަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ކަނޑައެޅިގެން އިދިކީލަ ބޭފުޅެއްކަން އިއުލާން ކޮށް ސަރުކާރު ޒިންމާދާރުކުރުވަން އަތުކުރި އޮޅައިގެން ތިބި އެތަށް ފަރާތަކަށް އިންޒާރު ދެއްވާފަ އެވެ.  

ރައީސް މުއިއްޒު ވިދާޅުވީ ލޯކަލް ކައުންސިލްތަކަކީ ސަރުކާރު ޒިންމާދާރު ކުރުވަން އޮތް މުއައްސަސާ އެއް ނޫން ކަމަށާއި އެގޮތަށް މަސައްކަތް ކުރާ ނަމަ އެއީ ގޯހެއް ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ވާހަކަ އެއްވެސް ބަޔަކު ކެމްޕެއިން ގައި ދައްކާ ނަމަ އެއީ ގޯސް ސިގުނަލެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ކައުންސިލްތަކުން ސަރުކާރު ޒިންމާދާރު ކުރުވުމަކީ މައްސަލައެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ސަރުކާރުގެ މައްސަލަތަކާ ހުރެ މިހާރުވެސް ވަރަށް ގިނަ ރަށްރަށުގެ ޕްރޮޖެކްޓުތައް ވަނީ ހުއްޓިފަ އެވެ. ރައީސް މުއިއްޒު ބޭނުންފުޅުވަނީ މިފަދަ ކަންކަމުގައި އަޑު ނުއުފުލާ، ކަނު މަންމަނު ބަޔަކު ކައުންސިލްތަކަށް ގެނައުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. 

ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ ވެރިކަން ހިންގުމުގެ ބާރުގެ ފަށަލައެއްގެ ގޮތުގައި ކައުންސިލްތައް ހަރަކާތްތެރިވުމުގެ ބަދަލުގައި ރައްޔިތުން ބާރުވެރިކުރުވުމެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައްޔިތުންގެ ބާރު ހަނިވާނެ ގޮތަށް ލާމަރުކަޒީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކަށް ވިޔަފާރި ކުރެވެން އޮތް މަގު ހަނި ކުރުން ހިމެނެ އެވެ. އަދި މުވައްޒަފުން ނެގުމާއި ޕްރޮޖެކްޓުތައް ހިންގަން ލިބިފައިވާ ބާރު ވެސް ސަރުކާރުން ހަނި ކުރުން ހިމެނެ އެވެ.

ނަމަވެސް އާހިރުގައި ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގައި ބިންގާ އަޅާފައިވާ ގިނަ މަޝްރޫއުތައް ނުހިނގަނީ އެކަމަށް ބޭނުންވާ ބިން ކައުންސިލް ތަކުން ނުދިނުމުން ކަމަށެވެ. ނަމަވެސް ރައީސް މުއިިއްޒު ވެރިކަމަށް ވަޑައިގެން ގަނޫނުތަކަށް ގެނެސްފައިވާ ބަދަލު ތަކުގެ ސަބަބުން، ރާއްޖޭގެ އެއްވެސް ރަށެއްގައި ރައީސް މުއިއްޒު ހިންގަވަން ބޭނުންފުޅުވާ ތަރައްގީގެ މަޝްރޫއެއް ހިންގުމަށް އެއްވެސް ހުރަހެއް ނެތްކަން ގަނޫނީ ވަކީލުން ފާހަގަކުރެ އެވެ. 

ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު، ރައީސް މުއިއްޒު ގެންދަވަނީ ދިގު މުއްދަތަކަަށް ދެމިގެންދާ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ކަންކަން ތަރުތީބު ކުރައްވަމުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. މަޖިލީހާއި ޖުޑީޝިއަރީ އަޅުވެތި ކުރުވުމަށް ފަހު، ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށް ރައީސް މުއިއްޒު މިހާރު އެ އުޅުއްވަނީ އެމަނިކުފާނު ޖައްސަވާހާ ބެރަކަށް، އެމަނިފާނު ބޭނުންފުޅުވާ ބަނޑި ބަނޑި ލައްވާ، ނަށާނެ ބަޔަކު ކައުންސިލް ތަކަށް އިންތިހާބު ކުރައްވަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. 

ރައީސް މުއިއްޒުރިޔާސީ ނިޒާމުލާމަރުކަޒީ ނިޒާމުރައްޔިތުންގެ މަޖިލިސްލޯކަލް ކައުންސިލްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

08 ޖެނުއަރީ 2026
އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު ތަސްދީގު ކުރައްވައިފި

އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު ތަސްދީގު ކުރައްވައިފި

08 ޖެނުއަރީ 2026
މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

08 ޖެނުއަރީ 2026
ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ

ރަސްމާލެ ހިއްކަން މަހެއްގެ މައްޗަށް 10 ނުވަތަ 8 މިލިއަން ޑޮލަރު ޚަރަދު ކުރޭ: އީސަ

08 ޖެނުއަރީ 2026
ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު