Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ނިޒާމް

މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ސަރުކާރެއް: މޭޔަރ ޢާޠިފް

ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި ގޯސް ބަދަލުގެ ސަބަބުން, އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އައިސް, ރަށުގެ ތަރައްޤީގެ މަޝްރޫޢު ތަކަށާއި، ރައްޔިތުންގެ އިޤްތިސާދީ ފުރުސަތުތައް ހުޅުވުމަށް, ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް މިއަހަރުވެސް ގެއްލުން ވާނެ.

ޢާއިޝަތު އައިނީ އާމިރު
ޢާއިޝަތު އައިނީ އާމިރު, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 19:51
ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް

މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ސަރުކާރެއް ކަމަށާއި, އެކަން ބަހާއި އަމަލުން ސާބިތުވާކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ 'ރާއްޖެ އެމްވީ' އަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގައި, ލާމަރުކަޒީ ޤާނޫނަށް ގެނައި ގޯސް ބަދަލުގެ ސަބަބުން މި ފެށިގެން ކުރިއަށްދާ 2026 ވަނަ އަހަރުގެ މަސައްކަތްތަކަށްވެސް ބުރޫ އަރާނެ ކަމަށް ފާހަގަކުރައްވަމުންނެވެ.

މިގޮތުން މޭޔަރ ޢާޠިފް ވިދާޅުވީ, ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުގެ ދަށުން ބިން ކުއްޔަށް ދިނުން ހުއްޓުވާފައިވާތީ ރަށުގެ އިޤުތިޞާދު ކުރިއެރުވުމަށް ކުރަން ހުރި މަސައްކަތްތައް ވަނީ ބަންދުވެފައިކަމަށެވެ.

މީގެ ތެރޭގައި ކުޅުދުއްފުށީގައި އޮޑި ހަރުގެއެއް އެޅުމަށް ދަތި ވެފައިވާއިރު, މިކަމުގެ ސަބަބުން އޮޑި ވެރި މީހާ އަށާއި, އޮޑި ބަންނަން މަސައްކަތް ކުރާ ވަޑިންނަށް ގެއްލުންވެ, ވަޑިންގެ އާމްދަނީ ހުއްޓި, އޮޑި ބަންނަން ބޭނުންކުރާ ލަކުޑި ފަދަ ތަކެތި ވިއްކާ ފަރާތްތަކަށްވެސް ގެއްލުންވާ ކަމަށް މޭޔަރ ޢާޠިފް ފާހަގަކުރައްވާފައިވެއެވެ. 

ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި ގޯސް ބަދަލުތަކާއެކު, އާންމު ރައްޔިތުންގެ އިތުރުން ކައުންސިލްގެ އާމްދަނީ އަށްވެސް ވަރަށް ބޮޑަށް ބުރޫ އަރާ ކަމަށް މޭޔަރ ޢާޠީފް ވަނީ  ފާހަގަކުރައްވާފައެވެ. އެގޮތުން, މޭޔަރ ވިދާޅުވީ, މިފަދަ ބިންތައް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިފައިވާނަމަ, ކައުންސިލްގެ އާމްދަނީ އިތުރުވުމުން އޭގެ ފައިދާ ވާނީ ރަށުގެ ރައްޔިތުންނަށް ކަމަށެވެ.

މީގެ އިތުރުން ލޯކަލް އޮތޯރިޓީ ކުންފުނިން ކުރާ މަސައްކަތްތައް ހުއްޓުމުގެ ސަބަބުން 2026 ވަނަ އަހަރު ސްކޫލުތައް ހުޅުވުމުގެ ކުރިން ލޯކަލް އޮތޯރިޓީ ކުންފުނީގެ ބިސްނަސް އެންޓިޓީ އެއް ގޮތަށް, ކުޅުދުއްފުށީ ރައްޔިތުން އެންމެ ދެކެން ބޭނުންވި ޕްލޭ ސްކޫލުގެ ޚިދުމަތް ފެށުމަށް ގޮންޖެހުން މެދުވެރިވެފައިވާކަމަށް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.

އެގޮތުން, އާންމު ފަރާތްތަކުން ކުރާ އެއްވެސް ވިޔަފާރިއެއް ލޯކަލް އޮތޯރިޓީ ކުންފުންޏަކަށް ނުހިންގޭ ގޮތަށް ޤާނޫނަށް ގެނައި ބަދަލުގައި ހިމަނާފައިވާއިރު, 10 މިލިއަނުން ދަށުގެ ރައުސުލްމާލުގެ އެއްވެސް މަސައްކަތެއް ލޯކަލް އޮރޯރިޓީ ކުންފުންޏަކުން ނުކުރެވޭގޮތައް ވަނީ ބަދަލުކޮށްފައެވެ.

އެހެންނަމަވެސް މި މައްސަލަ އާއި ގުޅިގެން މޭޔަރ ޢާޠިފް ވިދާޅުވީ ސިޓީ ކައުންސިލުން މަޝްވަރާކޮށް އެކި ގޮތްގޮތުން ދިރާސާކޮށް މިހާރު އަމިއްލަ ފަރާތަކުން ހިންގުމަށް ޕްލޭ ސްކޫލް ދޫކޮށްފައިވާކަމަށާއި, ސިޓީ ކައުންސިލަށް ބީލަންތައް ލިބިފައިވާމަކަށާއި, މިހާރު އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ.

މޭޔަރ ޢާޠިފް އިތުރަށް ވިދާޅުވެފައިވަނީ, ކުޅުދުއްފުށި ސިޓީ ކައުންސިލުން, އެ ސިޓީގައި ޓުއަރިމް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫޢޫތަކުގެ ތެރެއިން ވޯޓަރ ސްޕޯޓްސް އަދި ޑައިވިންގ ސްކޫލް ތަރައްޤީކުރުމަށް ބިން ދޫކުރުމަށް ނުކުޅެދިފައިވާއިރު, ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތް ފެށުމުގެ ކުރިން ކުޅުދުއްފުށި ސިޓީގައި ޓުއަރިޒަމް ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން ކުރެވެން ހުރި ކަންތައްތައް ލާމަރުކަޒީ ޤާނޫނަށް ގެނައި ގޯސް ބަދަލާއެކު ހުއްޓިފައިވާކަމަށެވެ.

ރައްޔިތުންނަށް ފައިދާ ވާނެ މިފަދަ ބައިވަރު އެތައް މަޝްރޫޢުތަކެއް ސަރުކާރުން ގެނައި ބަދަލާއެކު ހުއްޓިފައިވާއިރު, މޭޔަރ ޢާޠިފް ވިދާޅުވީ, ސަރުކާރުން އަދިވެސް ކުރިއަށް އޮތް ތާނގައި ލާމަރުކަޒީ ނިޒާމަށް ގޯސް ބަދަލުތައް ގެންނާނެކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން މޭޔަރ, މި ސަރުކާރު އެންމެ ބޮޑަށް ފާހަކުރައްވާފައިވަނީ ލާމަރުކަޒީ ޤަބޫލު ނުކުރާ ސަރުކާރެއްގެ ގޮތުގައެވެ.

ކުޅުދުއްފުށީ ސިޓީކުޅުދުއްފުށި ސިޓީ މޭޔަރމުޙައްމަދު އާތިފް (އާތީ)ލާމަރުކަޒީ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ރ. އަތޮޅު ކައުންސިލުން އެ އަތޮޅު ގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާ ކުރަނީ

ރ. އަތޮޅު ކައުންސިލުން އެ އަތޮޅު ގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާ ކުރަނީ

26 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު

22 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު