Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމް

ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް: ޣަފޫރު

12 ޖެނުއަރީ 2026 | ހޯމަ 07:45

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ޣަފޫރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކުން ބާރުވެރިކަމާއެކު ވަރަށް ގިނަ މަސައްކަތްތައް ކުރެވުނު ކަމަށް. ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހަނިކޮށް މަސައްކަތަށް ހުރަސް އަޅަމުން ގެންދާ ކަމަށް. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައީސް މުއިއްޒުގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖެނުއަރީ 2026 | ހޯމަ 07:45
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވާހަކަ ދައްކަވަނީ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވާހަކަ ދައްކަވަނީ | އެމްޑީޕީ

ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ ގިނަ ރަށްރަށުގައި ކައުންސިލްތަކުން ދެމުންއައި ޚިދުމަތްތަކާ މެދު ރައްޔިތުން ތިބީ ހިތްހަމަ ޖެހިގެން ކަމަށާއި، ކައުންސިލްގެ ޚިދުމަތް ނުލިބިގެން ރައްޔިތުން ޝަކުވާ ނުކުރާ ކަމަށެވެ. 

Advertisement - newsAdvertisement

އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކަށް ދިން ބާރުވެރިކަމާއެކު ވަރަށް ގިނަ މަސައްކަތްތައް ރަށު ތެރޭގައި ކުރެވުނުކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ މީގެ ކުރިން ކުނި މެނޭޖް ނުކުރެވުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، ނަމަވެސް ކައުންސިލްތަކުން އެމަސައްކަތް ކުރަން ފެށުމުން ކުޑަ ހަރަދަކާއެކު މުޅި ރަށް ސާފުވެ، އެ މައްސަލަ ހައްލު ވެގެން ދިޔަ ކަަމަށެވެ. 

ނަމަވެސް ވެރިކަން ބަދަލުވެ، ރައީސް މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހަނިކޮށް މަސައްކަތަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލް އިދާރާގެ ގޭޓާ ހަމައަށް ކަމަށެވެ. 

މީގެ އިތުރުން ޣަފޫރު ވިދާޅުވީ މިހާރު ވަރަށް ގިނަ ކައުންސިލަރުން ތިއްބެވީ ސަސްޕެންޑްގައި ކަަމަށާއި، ފިޔަވަޅު އަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. 

އެހެން ނަމަވެސް މިއަދުގެ ހަގީގަތަކީ ކައުންސިލްގެ ބާރު މިއަދު ހިނގަނީ ކައުންސިލް އިދާރާގެ ގޭޓާ ހިސާބަށް. ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ހުރި ބިން ބޭނުން ގޮތަކަށް ނަގާފައި ބޭނުން ފަރާތަކަށް ހަވާލުކުރެވޭ ގޮތަކަށް އޮތީ. އަދި އޭގެ އިތުރުން ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހުރި ތަންތަން ވަރަށް ބޮޑަށް ހަނި ކުރެވި ވަރަށް ބޮޑަށް އެކަންކަން އުނި ކުރިވިފައިވަނީ. އެހެންވީމަ މިސަރުކާރަކީ އެއްވެސް ހާލަތެއްގައި ކައުންސިލްތައް ހިންގުމަށް މަގުފަހި ކޮށްދޭނެ ސަރުކާރެއް ނޫން. އެކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާން ޖެހޭ. 
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ 

މިސަރުކާރުން ރަށްރަށުގައި ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށް ބޮޑަށް ދެބައި ކުރުމުގެ މަގުސަދުގައި ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައީސް މުއިއްޒުގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޣަފޫރު ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރުން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރަން ޖެހޭ ބައެއް ނޫން ކަަމަށާއި، އެއީ ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ކޮށް ޚިދުމަތް ކުރުމަށް އިންތިޚާބު ކުރާ ބައެއް ކަމަށެވެ.  އަދި ގައުމު ހިންގޭނީ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށާއި، ރައްޔިތުން ބާކީ ކުރާނަމަ ގައުމު ކުރިއަށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުން ވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، އެމްޑީޕީގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކަށް ދޭން ޖެހޭ އެންމެހައި ރައްކާތެރިކަން ދިނުމަށްފަހު ކައުންސިލްގެ ހިމާޔަތުގައި މަސައްކަތް ކުރުން ކަމަށެވެ. 

މުޅި ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބަދަލުވާން ޖެހޭ ކަމަށް އެގޮތަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީއަބްދުލްގަފޫރު މޫސާލާމަރުކަޒީ ނިޒާމުކައުންސިލް އިންތިޚާބު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2026

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލު އެކަހެރި ކޮށް ސަރުކާރުން ހުޅުވާލައިފި

11 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލު އެކަހެރި ކޮށް ސަރުކާރުން ހުޅުވާލައިފި
11 ޖެނުއަރީ 2026

ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި

11 ޖެނުއަރީ 2026
ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި
11 ޖެނުއަރީ 2026

ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު

11 ޖެނުއަރީ 2026
ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު
10 ޖެނުއަރީ 2026

ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟

10 ޖެނުއަރީ 2026
ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟
10 ޖެނުއަރީ 2026

އެމްޑީގެ ޕްރައިމަރީގައި 65 ވޯޓު ފޮށި ބަހައްޓާނެ، ފޮށިތައް ހުންނަ ތަންތަން އިއުލާނު ކޮށްފި

10 ޖެނުއަރީ 2026
އެމްޑީގެ ޕްރައިމަރީގައި 65 ވޯޓު ފޮށި ބަހައްޓާނެ، ފޮށިތައް ހުންނަ ތަންތަން އިއުލާނު ކޮށްފި
09 ޖެނުއަރީ 2026

ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

09 ޖެނުއަރީ 2026
ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް
08 ޖެނުއަރީ 2026

ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

08 ޖެނުއަރީ 2026
ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު
07 ޖެނުއަރީ 2026

މުއިއްޒު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހަކު 160 މިލިއަން ރުފިޔާ، އެއީ 10 ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ފައިސާ: ޣަފޫރު

07 ޖެނުއަރީ 2026
މުއިއްޒު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހަކު 160 މިލިއަން ރުފިޔާ، އެއީ 10 ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ފައިސާ: ޣަފޫރު
06 ޖެނުއަރީ 2026

ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ

06 ޖެނުއަރީ 2026
ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ
06 ޖެނުއަރީ 2026

ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ

06 ޖެނުއަރީ 2026
ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް