Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތ. ހިރިލަންދޫ

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާ ކަމަށް ދެއްކުމަށް: ރައީސް ޞޯލިހު

ކުރީގެ ރައީސް ޞާލިހު ތ.ހިރިލަންދޫގައި ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ނިޒާމް ނެތިކޮށްލަން މަސައްކަތް ކުރާ ކަމަށާއި ދެ އަހަރު ތެރޭ ނަތީޖާ އެއް ނުނެރެވޭ ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 14:38
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތ. ހިރިލަންދޫ އަށް ކުރެެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ބީޗް ހުޅުއްވައިދެއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތ. ހިރިލަންދޫ އަށް ކުރެެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ބީޗް ހުޅުއްވައިދެއްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ބާރުތައް މުށުތެރެ އަށް ލާ، ކަންކަން ކުރެވޭ މީހާ އަކީ ހަމަ އެކަނި ތިމާކަމަށް ދެއްކުމަށް ކަމަށް ކުރީގެ ރައީސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ޞޯލިހު އެފަދައިން ވިދާޅުވީ ހޯމަ ދުވަހު ހިރިލަންދޫ އަށް ކުރައްވި ދަތުރުފުޅުގެ ތެރެއިން، އެ ރަށުގެ"ހިރިވެލި ބީޗް" ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ލާމަރުކަޒީ ނިޒާމުގެ ވިސްނުމުގެ ބޭނުމަކީ އެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށް ދިނުން ކަމަށާއި އެ ނިޒާމުގެ އެންމެ މުހިންމު އެއް ބޭނުމަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ލާމަރުކަޒީ ނިޒާމް ނެތިކޮށްލަން މަގުފަހިވާ ގޮތަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ އެއްވެސް ކަމެއް ނެތް ކުރެވިފައި ދެ އަހަރު ތެރޭ. ދައްކަނީ ހުސް ވާހަކަ. ނަތީޖާ އެއް ނުނެރެވޭ. ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބު. މި ހުރިހާ ކަމަކާއި މެދު ވިސްނާ ރައްޔިތުންނާއި އެކީ މަސައްކަތް ކުރާނެ ބަޔަކަށް ވޯޓު ދިނުން މުހިންމު. އަނެއްކާ ވެސް މި ދައްކަނީ އެއް ވައުދުތަކެއްގެ ވާހަކަ ސަރުކާރުން." ރައީސް ޞޯލިހު ވިދާޅުވި އެވެ.

ރައީސް ޞޯލިހު ވިދާޅުވީ އެރަށުގެ ބީޗް ހުޅުވުމުގެ ރަސްމިއްޔާތުގެ ބައްދަލުވުމަށް ސަރުކާރުން ހުރަސް އެޅުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި ރައްޔިތުން އެ މަނިކުފާނާއި ބައްދަލުކުރުމަށާއި، މަރުހަބާ ކިޔުމަށް ދިޔަ ނުދިނުމަށް ނުފޫޒު ފޯރުވި ކަމަށް ފާހަގަކުރެއްވި އެވެ.

ސަރުކާރުން މިފަދަ ފިއްތުންތައް ކުރިމަތިވި ނަމަވެސް ރައީސް ސޯލިހް ހިރިލަންދޫ އަށް ވަޑައިގަތުމުން، އެރަށު ރައްޔިތުން ވަރަށް ފުރިހަމަ މަރުހަބާ އެއް ވަނީ ކިޔާފަ އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ހިރިލަންދޫ ގައި ތަރައްގީ ގެ ގިނަ މަސައްކަތްތަކެއް ފައްޓަވައި ނިންމަވައިފައިވެ އެވެ. އެގޮތުން އެރަށުގެ ފެނާއި ނަރުދަމާ ޤާއިމުކުރުމާއި ފެނަކަ އައު އޮފީހެއް އިމާރާތްކުރުމާއި ހިރިލަންދޫ އައު އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ފެށުން ހިމެނެ އެވެ. އަދި އިންޖީނުގެ އަށް 1000 ކިލޯވޯޓުގެ ދެ ޖެނެރޭޓަރ ސެޓް ފޯރުކޮށްދިނުމާއި ސޯލާ ޕީވީ ނިޒާމު ގާއިމުކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ހިރިލަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މަލްޓި ޕާޕަސް ހޯލަކާއެކު 8 ކްލާސްރޫމް ހިމެނޭ 3 ބުރީގެ އިމާރާތުގެ މަސައްކަތް ފަށައިފައިވެ އެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު މި މަޝްރޫއު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުތ. ހިރިލަންދޫލާމަރުކަޒީ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ހިރިލަންދޫ އިން ރައީސް ސޯލިހް އަށް ވަރަށް ފުރިހަމަ މަރުހަބާ އެއް ދަންނަވައިފި

ހިރިލަންދޫ އިން ރައީސް ސޯލިހް އަށް ވަރަށް ފުރިހަމަ މަރުހަބާ އެއް ދަންނަވައިފި

22 ޑިސެމްބަރު 2025
ރައީސް ސޯލިހް, ރައީސް ނަޝީދު އާ ބައްދަލު ކުރައްވަނީ

ރައީސް ސޯލިހް, ރައީސް ނަޝީދު އާ ބައްދަލު ކުރައްވަނީ

22 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު