Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް

21 ޑިސެމްބަރު 2025 | އާދީއްތަ 07:03

އެއީ ކަލަންޑަރު އަހަރެއްގައި ރެއާލް އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑެވެ. އެ ރެކޯޑު މީގެ ކުރިން ރޮނާލްޑޯ އަތުގައި އޮތްއިރު، ރޮނާލްޑޯ ވަނީ ކަލަންޑަރު އަހަރެއްގެ ތެރޭގައި ރެއާލް އަށް 59 ލަނޑު ޖަހައިދީފަ އެވެ. ރެއާލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ މި ވަނީ 59 ލަނޑު ޖަހައި އެ އަދަދާ އަރާ ހަމަކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޑިސެމްބަރު 2025 | އާދީއްތަ 07:03
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެމްބާޕޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެމްބާޕޭ އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑް އިން އެއް ވަނައި ގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަ ކޮށްފި އެވެ. 

ރެއާލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިންގްލެންޑުގެ ޖޫޑް ބެލިންހަމް އެވެ. އެ ލަނޑު ޖަހަން ބެލިންހަމް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ރޮޑްރީގޯ އެވެ. މިފަހަކަށް އައިސް ރޮޑްރީގޯ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ސެވިއްޔާގެ ކޯޗު މަތިއަސް އަލްމެއިޑާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި ސެވިއްޔާ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ އެ ޓީމުގެ މާސެލޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. 

އޭގެ ފަހުން މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ސެވިއްޔާގެ އޭރިޔާ ތެރެއިން ރެއާލްގެ ރޮޑްރީގޯ އަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގައި ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އެ ލަަނޑާ އެކު އެމްބާޕޭ ވަނީ، ރެއާލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑަކާ އަރާ ހަމަ ކޮށްފަ އެވެ.

އެއީ ކަލަންޑަރު އަހަރެއްގައި ރެއާލް އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑެވެ. އެ ރެކޯޑު މީގެ ކުރިން ރޮނާލްޑޯ އަތުގައި އޮތްއިރު، ރޮނާލްޑޯ ވަނީ ކަލަންޑަރު އަހަރެއްގެ ތެރޭގައި ރެއާލް އަށް 59 ލަނޑު ޖަހައިދީފަ އެވެ. ރެއާލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ މި ވަނީ 59 ލަނޑު ޖަހައި އެ އަދަދާ އަރާ ހަމަކޮށްފަ އެވެ. 

މޮޅާއެކު ރެއާލް އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 18 މެޗުން 42 ޕޮޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލްއާ ދެމެދު މިހާރު އޮތީ އެއް ޕޮއިންޓުގެ ފަރަގެކެވެ. ނަމަވެސް، ބާސެލޯނާ ވަނީ ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެފައި ކަމަށްވާއިރު، މެޗުގެ އަދަދު ހަމަކޮށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އޮންނާނެ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، ސެވިއްޔާ އަތުން މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާ ބުނީ އުނދަގޫ ޙާލަތްތަކެއް ކުރިމަތިވި ކަމަށާއި، ނަމަވެސް ރެއާލް އިން ބޭނުންވީ މެޗުން ތިން ޕޮއިންޓު ހޯދަން ކަމަށެވެ. އެކަން ހާސިލުވުމުން ހިތްހަމަ ޖެހިފައި ހުރި ކަމަށް އަލޮންސޯ ބުންޏެވެ. 

މީގެ އިތުރުން އަލޮންސޯ ބުނީ އެމްބާޕޭ އަކީ ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އޭނާ އަކީ ކަންކަން ހާސިލު ކުރެވޭނެ ކުޅުންތެރިޔެއް ކަަމަށެވެ. އެމްބާޕޭ ހޯދާފައިވާ ކާމިޔާބަށް މަރުޙަބާ ކިޔަމުން އަލޮންސޯ ބުނީ، ކުރިއަށް އޮތް އަހަރު އިތުރު ކަންތައް ތަކެއް ފެންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްކީލިއަން އެމްބާޕޭ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

18 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް
15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް