Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔޫއޭއީ

ޔޫއޭއީ އަށް ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ޑުބާއީ، ޝާރުޖާ ގައި އެތައް ފްލައިޓެއް ކެންސަލް ކޮށްފި

ހުކުރު ދުވަހުގެ ހެނދުނު ޝާރުޖާގެ މައި މަގުތައް ފެންބޮޑުވެފައިވާއިރު، ދުބާއީ ފުލުހުން ރައްޔިތުންނަށް އިލްތިމާސްކުރީ ވާރޭ ވެހެމުން ދާއިރު "ކޮންމެހެން ބޭނުންވެއްޖެ ނަމަ މެނުވީ" ބޭރަށް ނުނިކުތުމަށް.

ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 18:33
ބޯކޮށް ވާރޭވެހި، ދުބާއީގައި މަގުމަތީގައި ފެންބޮޑުވެފައި - ޑިސެމްބަރު 18، 2025.

ބޯކޮށް ވާރޭވެހި، ދުބާއީގައި މަގުމަތީގައި ފެންބޮޑުވެފައި - ޑިސެމްބަރު 18، 2025.

ހުކުރު ދުވަހު ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ޔޫއޭއީ ގައި އެތައް ފްލައިޓެއް ކެންސަލް ކޮށްފި އެވެ.

ޔޫއޭއީ ގެ ބޮޑެތި ސިޓީތަކުގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ.

Advertisement - newsAdvertisement

ދުބާއީގެ އެމިރޭޓްސް އެއާލައިނުން ހުކުރު ދުވަހު 13 ފްލައިޓް ކެންސަލްކޮށްފައިވާއިރު، ރޭގަނޑު ވެހުނު ވާރޭގެ ސަބަބުން ކައިރީގައިވާ ޝާރުޖާގެ އެއާޕޯޓުގައި ވެސް ފްލައިޓްތައް ޑިލޭވެ، ކެންސަލްވުންތައް ވަނީ ހިނގާފަ އެވެ. 

ހުކުރު ދުވަހުގެ ހެނދުނު ޝާރުޖާގެ މައި މަގުތައް ފެންބޮޑުވެފައިވާއިރު، ދުބާއީ ފުލުހުން ރައްޔިތުންނަށް އިލްތިމާސްކުރީ ވާރޭ ވެހެމުން ދާއިރު "ކޮންމެހެން ބޭނުންވެއްޖެ ނަމަ މެނުވީ" ބޭރަށް ނުނިކުތުމަށެވެ.

 2024 ވަނަ އަހަރުގެ އެޕްރީލް މަހު ވެހުނު ރެކޯޑް މިންވަރުގެ ވާރޭގެ ސަބަބުން ފެންބޮޑުވެ، ދުބާއީގެ ބޮޑު ބައިނަލްއަގުވާމީ އެއާ ހަބުގައި 2،000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކުރަން ޖެހުނެވެ.

ހުކުރު ދުވަހުގެ ހެނދުނު، ދުބާއީގެ ވަށައިގެން ފެން ޕަމްޕްކުރާ ލޯރީތައް ފެން ހިންދުމުގެ މަސައްކަތުގައި ވަނީ ހަރަކާތްތެެރިވެފަ އެވެ.

ދުބާއީ އެއާޕޯޓްސްގެ ވެބްސައިޓުން ދައްކާގޮތުގައި ހުކުރު ދުވަހު އެތައް ފްލައިޓެއް ޑިލޭ ވެފައިވާއިރު، ބައެއް ފްލައިޓްތައް ކެންސަލްވެފައިވެއެވެ.

ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީން ބުނެފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ދުބާއީ އާއި ވެރިރަށް އަބޫދާބީ ހިމެނޭހެން ގައުމުގެ އެކި ހިސާބުތަކުގައި ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ގަލްފުގެ އެހެން ގައުމުތަކުގައި ވެސް ބޯކޮށް ވާރޭ ވެހިފައި ވެއެވެ. އޭގެ ސަބަބުން ގަތަރުގައި ބުރާސްފަތި ދުވަހަށް ޝެޑިއުލް ކޮށްފައި އޮތް ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އާ ދެމެދު ކުޅެން ހަމަޖެހިފައިވާ އެރަބް ކަޕް ފުޓްބޯޅައިގެ ތިން ވަނަ ހޮވާ މެޗު ކެންސަލްކުރެވުނެވެ.

ޔޫއޭއީދުބާއީވިއްސާރަފެންބޮޑުވުންއަބޫދާބީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
21 ނޮވެމްބަރު 2025

ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ
05 ނޮވެމްބަރު 2025

ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2025
ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު