Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަން

ސައުދީގެ އިސްތިގުލާލު ހިމާޔަތް ކުރާނަން، އެމިރޭޓްސް އިން ޔަމަނުގެ އެސްޓީސީ އަށް ދޭ އަސްކަރީ އަދި މާލީ އެހީތައް ހުއްޓާލަން ޖެހޭ: ސައުދީ ކެބިނެޓް

ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ބަޔާންކޮށްފައި ވަނީ، ސައުދީ އަރަބިއްޔާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ކަމަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެ ގައުމުން ފަސްނުޖެހޭނެ ކަމަށް.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 03:20
25 ޖޫން 2018 ގައި ވެރިރަށް ސަންއާ ގައި ޔަމަނުގެ ހޫޘީން އަށް ތާއީދުކުރާ މީހުން ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ އިސްކޮށް ތިބި ކޯލިޝަން ގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރާ ހޫޘީން އަށް ހިތްވަރު ދެނީ

25 ޖޫން 2018 ގައި ވެރިރަށް ސަންއާ ގައި ޔަމަނުގެ ހޫޘީން އަށް ތާއީދުކުރާ މީހުން ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ އިސްކޮށް ތިބި ކޯލިޝަން ގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރާ ހޫޘީން އަށް ހިތްވަރު ދެނީ

ޔަމަނުގެ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސް.ޓީ.ސީ) އަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދެމުންދާ އަސްކަރީ އަދި މާލީ އެހީތެރިކަން ހުއްޓާލާނެ ކަމަށް އުންމީދުކުރާ ކަމަށް ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން އަންގާރަ ދުވަހު ބުނެފިއެވެ.

ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ބަޔާންކޮށްފައި ވަނީ، ސައުދީ އަރަބިއްޔާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ކަމަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެ ގައުމުން ފަސްނުޖެހޭނެ ކަމަށެވެ.

ޔަމަނުގެ ރިޔާސީ ލީޑަޝިޕް ކައުންސިލަށާއި އެ ގައުމުގެ ސަރުކާރަށް ފުރިހަމަ އަށް ތާއީދުކުރާކަން ސައުދީން އަލުން ކަށަވަރުކޮށްދީފައިވާއިރު، ޔަމަނުގެ ހަމަޖެހުމާއި މިނިވަންކަން ދެމެހެއްޓުމަށް އެ ގައުމުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

މީގެއިތުރުން، މަސްރަހު ފިނިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބަދަލުގައި، އެއްވެސް އުސޫލެއް ނެތް ގޮތުގައި ހަމަނުޖެހުން އިތުރުކުރަމުންދާތީ ސައުދީ ވަޒީރުންގެ މަޖިލީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި މިއީ ޔޫއޭއީން ސައުދީއަށް ވެފައިވާ ވައުދުތަކާ ހިލާފު ކަމެއްގެ ގޮތުގައިވެސް ފާހަގަކުރިއެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމާއި ބުއްދި އިސްކުރުމަށް ސައުދީން ވަނީ ގޮވާލާފައެވެ. އަދި 24 ގަޑިއިރު ތެރޭގައި ޔޫއޭއީގެ ސިފައިން ޔަމަނުން ބޭލުމަށާއި، އެސް.ޓީ.ސީ ނުވަތަ ޔަމަނުގެ އެހެން އެއްވެސް ޖަމާއަތަކަށް ދޭ އެހީތެރިކަން ހުއްޓާލުމަށް ޔަމަނުން އެދުނު އެދުމަށް ޔޫއޭއީން އިޖާބަދޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ވަޒީރުންގެ މަޖިލީހުން ބުންޏެވެ.

މީގެކުރިން އަންގާރަ ދުވަހު ޔޫއޭއީން ވަނީ ޔަމަނުގައި ތިބި އެ ގައުމުގެ އަސްކަރީ ފައުޖުތައް ބޭލުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އަދި މިއީ އެ ގައުމުން އަމިއްލަ އަށް އިސްނަގައިގެން ނިންމި ނިންމުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޔަމަންސައުދީ އަރަބިއްޔާ-ޔޫއޭއީސަދަން ޓްރާންސިޝަނަލް ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މެދުއިރުމަތީގެ މަސްރަހް ހޫނުވެ، ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން އެންމެ ފަހުން ނިންމައިފި

މެދުއިރުމަތީގެ މަސްރަހް ހޫނުވެ، ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން އެންމެ ފަހުން ނިންމައިފި

31 ޑިސެމްބަރު 2025
ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

29 ޑިސެމްބަރު 2025
ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

09 ނޮވެމްބަރު 2025
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

19 އޮކްޓޯބަރު 2025
ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

11 ޖުލައި 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު