Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޮމާލީލޭންޑް

ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

ހުކުރު ދުވަހު އިޒްރޭލުން 1991 ވަނަ އަހަރު ސޯމާލިއާ އިން ވަކިވި ސޮމާލީލޭންޑް ރަސްމީކޮށް ބަލައިގަތްކަން އިއުލާނުކޮށްފައިވަނިކޮށް ޙޫޘީން ބުނީ މިއީ ސޯމާލިއާ އާއި އެފްރިކާ އާއި ޔަމަނަށް ދެވޭ ޢަދާވާތްތެރި ޙަމަލާއެއް ކަމަށް.

ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 09:53
ޔަމަނުގެ ސަންއާ ގައި ހަނގުރާމަވެރިންގެ ޖަނާޒާ އެއް ގައި ހަތިޔާރު އެޅި ހޫޘީ ހަނގުރާމަވެރިން ބައިވެރިވަނީ - ނޮވެމްބަރު 24، 2021

ޔަމަނުގެ ސަންއާ ގައި ހަނގުރާމަވެރިންގެ ޖަނާޒާ އެއް ގައި ހަތިޔާރު އެޅި ހޫޘީ ހަނގުރާމަވެރިން ބައިވެރިވަނީ - ނޮވެމްބަރު 24، 2021

ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޔަމަނުގެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި އެވެ.

ޔަމަނުގެ ޙޫޘީ ޖަމާޢަތުގެ ލީޑަރު އިންޒާރު ދެމުން ބުނެފައި ވަނީ, އިޒްރޭލުގެ އެއްވެސް ފަރާތެއް ސޯމާލީލޭންޑް ގައި ހަރަކާތްތެރިވާ ނަމަ، އެއީ "އަސްކަރީ އަމާޒެއް" ކަމުގައި ބަލާނެ ކަމަށެވެ. މިކަން ހާމަކޮށްފައި ވަނީ އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައެވެ. މިއީ ސޮމާލީލޭންޑް ސޯމާލިޔާ އިން ވަކިވެގަތުމަށް އިޒްރޭލުން ދޭ ތާއީދަށް ދެވުނު ވަރުގަދަ ރައްދެއްގެ ގޮތުގައި ބެލެވެ އެވެ.

ޙޫޘީ ޖަމާޢަތުގެ ވެރިޔާ ޢަބްދުލްމަލިކް އަލް-ޙޫޘީ، ޙޫޘީ މީޑިއާ އޮންލައިން ގައި ޝާއިޢުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ، "ސޮމާލީލޭންޑް ގައި އިޒްރޭލުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ އެ ޖަމާއަތުގެ ސިފައިންނަށް ހަމަލާ ދެވޭނެ އަސްކަރީ ޓާގެޓެއްގެ ގޮތުގައި ބަލާނަމެވެ. ސަބަބަކީ އެކަމަކީ ސޯމާލިއާ އާއި ޔަމަނަށް ދެވޭ ޙަމަލާއެއްގެ އިތުރުން ސަރަޙައްދުގެ ސަލާމަތަށް ނުރައްކަލަކަށް ވެސް ވާތީއެވެ."

ހުކުރު ދުވަހު އިޒްރޭލުން ވަނީ ސޮމާލީލޭންޑް ރަސްމީކޮށް ބަލައިގަތްކަން އިއުލާނުކޮށްފަ އެވެ. މިއީ 1991 ވަނަ އަހަރު ސޯމާލިއާ އިން ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި އަމިއްލަ އަށް އިއުލާނު ކުރި ސޮމާލީލޭންޑަށް ލިބުނު ފުރަތަމަ ރަސްމީ ބަލައިގަތުމެވެ.

ޙޫޘީންގެ ވެރިޔާ ބުނެފައި ވަނީ، މިކަމުގެ ސަބަބުން ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި މި ބަލައިގަތުމަކީ "ސޯމާލިއާ އާއި، އެފްރިކާގެ ސަރަޙައްދުތަކަށް، އަދި ޔަމަނާއި، ރެޑްސީ އާއި، ރެޑްސީގެ އައްސޭރީގައިވާ ގައުމުތަކަށް އަމާޒުކޮށް ދެވޭ ޢަދާވާތްތެރި ޙަމަލާ އެއް" ކަމުގައެވެ.

ދިގު މުއްދަތެއްގައި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަތުން ހޯދުަމަށް މަސައްކަތް ކުރަމުން އަންނަ ސޮމާލީލޭންޑަކީ، އަދަން ކަނޑުގައި ވިޔަފާރީގެ ގޮތުން މުހިންމު ސަރަޙައްދެއްގައި އޮންނަ ތަނެކެވެ. އެތަނުގައި އަމިއްލަ ފައިސާ، ޕާސްޕޯޓް އަދި ސިފައިން ވެސް ތިބެ އެވެ.

ސޮމާލީލޭންޑްހޫތީ ޖަމާއަތްޔަމަންއަބްދުލް މަލިކު އަލްހޫތީސޯމާލިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ސޮމާލީލޭންޑް ބަލައިގަތުން ޗައިނާ އިން ދެކޮޅު ހަދައިފި

އިޒްރޭލުން ސޮމާލީލޭންޑް ބަލައިގަތުން ޗައިނާ އިން ދެކޮޅު ހަދައިފި

29 ޑިސެމްބަރު 2025
އިޒްރޭލުން ސޯމާލީލޭންޑް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އަލް-ޝަބާބުން އެކަމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ވަޢުދުވެއްޖެ

އިޒްރޭލުން ސޯމާލީލޭންޑް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އަލް-ޝަބާބުން އެކަމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ވަޢުދުވެއްޖެ

28 ޑިސެމްބަރު 2025
ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

27 ޑިސެމްބަރު 2025
ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

27 ޑިސެމްބަރު 2025
ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު