Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެއީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރި ގަދަވި މެޗެއް ކަމަށް. އޭނާ ބުނީ ސިޓީގެ ކުޅުންތެރިން ދެ ވަނަ ހާފުގައި ގިނަ މަސައްކަތް ތަކެއް ކުރި ކަމަށް. ދެ ފަހަރު ވެސް ސިޓީ އިން ކުރި ހޯދީ ކުޅުންތެރިން އެކުވެގެން ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން ކަމަށް ގާޑިއޯލާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 01:17
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ޗާކީ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ޗާކީ އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިންް ލީގު ރޭހުގައި ވިއްދައިފި އެވެ.

ފޮރެސްޓުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ސިޓީ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ސިޓީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފޮރެސްޓް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ސިޓީ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް. ދެ ވަަނަ ހާފު ފަށައިގެން ކުރީ ކޮޅު ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ޓިޖާނީ ރެއިންޖާސް އެވެ. އޭނާ އެ ލަނޑު ޖެހީ ރަޔާން ޗާކީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ނަމަވެސް ސިޓީ އަށް ލީޑުގައި އޮވެވުނީ އެންމެ ހަ މިނެޓުގަ އެވެ. މެޗުގެ 54 ވަނަ މިނެޓުގައި އޮމާރް ހަޗިންސަން ވަނީ ލަނޑު ޖަހައި ފޮރެސްޓަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އިގޯ ޖީސަސް އެވެ. 

މެޗުގައި ދެ ވަނަ ލަނޑެއް ޖަހައި ކުރި ހޯދަން ސިޓީ އިން ވަނީ ވަރަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް، ޗާކީ ވަނީ ލަނޑު ޖަހައި ސިޓީ އަށް ކުރި ހޯދައިދީފަ އެވެ. އެއީ ލަނޑު ޗާކީ ޖެހީ ޖޮސްކާ ގްވާޑިއޯލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެއީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރި ގަދަވި މެޗެއް ކަމަށެވެ. އޭނާ ބުނީ ސިޓީގެ ކުޅުންތެރިން ދެ ވަނަ ހާފުގައި ގިނަ މަސައްކަތް ތަކެއް ކުރި ކަމަށެވެ. ދެ ފަހަރު ވެސް ސިޓީ އިން ކުރި ހޯދީ ކުޅުންތެރިން އެކުވެގެން ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން ކަމަށް ގާޑިއޯލާ ބުންޏެވެ. އޭނާ ބުނީ އެ މެޗުން ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓު ކަމަށާއި، އަދި ވެސް ސިޓީ އަށް ހަމަޖެހިލައިގެން ތިބެވެން ނެތް ކަމަށެވެ. 

މޮޅާއެކު ސިޓީ އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 18 މެޗުން 40 ޕޮއިންޓާ އެކު އެވެ. ސީޒަންގެ ކުރީ ކޮޅު ސިޓީގެ ނަތީޖާތައް ދަށްވި ނަމަވެސް، މިހާރު އެ ޓީމުން އަންނަނީ މަޑު މަޑުން ނަތީޖާ ރަނގަޅު ކުރަމުންނެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ސިޓީ ވަނީ މިހާތަނަށް ހަތަރު މެޗަކުން ބަލިވެފަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

27 ޑިސެމްބަރު 2025
ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

22 ޑިސެމްބަރު 2025
އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

21 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު