Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

ޓްރަމްޕް ވިދާޅުވެފައި ވަނީ ރިޕަބްލިކަން ޕާޓީގެ މެމްބަރުން އެކުގައި ގުޅިގެން މަސައްކަތް ނުކޮށްފި ނަމަ، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން އޭނާ އަޒުލު ކުރުމުގެ އެތައް ސަބަބު ތަކެއް ހޯދާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 07:10
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓަސް

މިއަހަރުގެ ފަހު ކޮޅު އެމެރިކާގައި އޮންނަ މިޑް ޓާމް އިންތިޚާބުގައި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ ބަލިވެއްޖެ ނަމަ، ވެރިކަމުން އޭނާ އަޒުލު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އޭނާގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި ވެސް ވަނީ މަޤާމުން އަޒުލު ކޮށްފާނެ ކަމުގެ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފަ އެވެ. މިއަހަރުގެ ފަހު ކޮޅު މިޑް ޓާމް އިންތިޚާބު އޮންނައިރު، ޓްރަމްޕް ވެރިކަން ކުރަމުން އަންނަ ގޮތުން ރިޕަބްލިކަން ޕާޓީގެ މަޤުބޫލުކަން ދަށްވަމުން އަންނަ ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. 

ޓްރަމްޕް ވިދާޅުވެފައި ވަނީ ރިޕަބްލިކަން ޕާޓީގެ މެމްބަރުން އެކުގައި ގުޅިގެން މަސައްކަތް ނުކޮށްފި ނަމަ، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން އޭނާ އަޒުލު ކުރުމުގެ އެތައް ސަބަބު ތަކެއް ހޯދާނެ ކަމަށެވެ. ޓްރަމްޕްގެ މި ވާހަކަތައް އެކި ފަރާތްތަކުން ސިފަ ކޮށްފައި ވަނީ އެކި ގޮތަށެވެ. އެގޮތުން އާންމުކޮށް ގަދަ ބަސް ވިދާޅުވުމާއި، ޤާނޫނަށް ވުރެ މަތިން ކަންކަން ކުރައްވަން ޓްރަމްޕް ވާހަކަ ދައްކަވާއިރު، އަޒުލު ކުރުމުގެ ބިރު އޮތް ވާހަކަ ޓްރަމްޕް ދެއްކެވީ ވަރަށް ބޮޑު ސީރިއަސް ކަމެއްގައި ކަމަށް ފާހަގަ ކޮށްފައިވެ އެވެ، 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ ރިޕަބްލިކަން ޕާޓީ އިން މިޑް ޓާމް އިންތިޚާބު ކާމިޔާބު ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެން ނޫނީ، މަގާމުން އަޒުލު ކުރުމުގެ މައްސަލައާ ކުރިމަތިލާން ޖެހިވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެމެރިކާގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކޮށްފައިވާ ގޮތުގައި، މިޑް ޓާމް އިންތިޚާބު ކާމިޔާބު ކުރުމަށް ރިޕަބްލިކަން ޕާޓީ އަށް އެތައް ގޮން ޖެހުން ތަކެއް ދިމާވާނެ އެވެ. އެކަމުގެ ބިރު އޮތްއިރު، ޓްރަމްޕްގެ މި ވާހަކަ ތަކުން އޭނާ އަށް އޮތް ތާއީދު ދަށްވަމުން އަންނަކަން ފާހަގަވާ ކަމަށް ވެސް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަށް ޓްރަމްޕް ހުވާ ކުރެއްވީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ އަހަރުގެ ފަހު ކޮޅު އޮތް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ މައްޗަށް ކުރި ހޯދާފައި ވަނީ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިންނެވެ. ޓްރަމްޕްގެ އިމިގްރޭޝަންގެ ސިޔާސަތު ތަކާއި، ބޭރުގެ ސިޔާސަތު އަދި އިޤްތިސާދީ ކަންކަމުގައި ގެން ގުޅުއްވާ ސިޔާސަތުގެ ސަބަބުން، ގިނަ ބައެއްގެ ނުރުހުން ވަނީ އޭނާ އަށް އަމާޒުވެފަ އެވެ. 

އަންގާރަ ދުވަހު ކެނެޑީ ސެންޓަރުގައި ހައުސް ރިޕަބްލިކަންސް އަށް ބޭއްވި ދެ ދުވަހު ސިޔާސީ ފޯރަމްގައި ޓްރަމްޕް ވަނީ ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ ސަރުކާރުގެ އެޖެންޑާ، އެމެރިކާގެ ރައްޔިތުންނާ ނުގުޅޭ ކަމަށް ދައްކަނީ އެހެން ބައެއް ކަމަށެވެ. އަދި ސަރުކާރުން ކުރަމުން އަންނަ ކަންކަން ރިޕޯޓު ކުރާ ގޮތާ މެދު ވެސް ޓްރަމްޕް ވަނީ ފާޑު ވިދާޅުވެފަ އެވެ.

އެހެންކަމުން ކެމްޕެއިންގެ ތެރޭގައި ރިޕަބްލިކަން ޕާޓީ އިން އެކަން ކަމަށް ސަމާލުކަން ދިނުމަށް ޓްރަމްޕް ވަނީ އެދިވަޑައިގެންފަ އެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާޖުމްހުރީ ޕާޓީޑިމޮކްރެޓިކް ޕާޓީމިޑް ޓާމް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026
ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

07 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

07 ޖެނުއަރީ 2026
ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު