Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

މި މޮޅާއެކު، އެސްޓަން ވިލާ އިން މި ވަނީ ޖެހި ޖެހިގެން 10 މެޗުން މޮޅުވެފަ އެވެ. މިއީ ފާއިތުވި 111 އަހަރުގެ ތެރޭގައި ވެސް، ޖެހި ޖެހިގެން 10 މެޗުން އެސްޓަން ވިލާ މޮޅުވި ފުރަތަމަ ފަހަރެވެ. އެ މޮޅާއެކު އެސްޓަން ވިލާ އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 17 މެޗުން 36 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 05:10
މެޗުގައި ލަނޑު ޖެހުމަށް ފަހު އެސްޓަން ވިލާގެ ރޮޖާސް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އެސްޓަން ވިލާގެ ރޮޖާސް އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެސްޓަން ވިލާ އިން ތާރީޚީ ކާމިޔާބެއް ހޯދައިފި އެވެ. 

އާދީއްތަ ދުވަހުގެ ރޭ އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެސްޓަން ވިލާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެން އެސްޓަން ވިލާ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އެސްޓަން ވިލާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެސްޓަން ވިލާ އަށް ޖަހައިދިނީ މޯގަން ރޮޖާސް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖޯން މެކްގިން އެވެ.

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަތުއެސް ކުންހާ އެވެ. އެ ލަނޑު ޖަހަން ކުންހާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕެޓްރިކް ޑޯޖް އެވެ.

ނަމަވެސް، މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އެސްޓަން ވިލާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަަހައި މެޗުގެ ލީޑު ނަގައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ދެ ވަނަ ލަނޑު ވެސް ޖެހީ ރޮޖާސް އެވެ. އެއީ އޮލީ ވަޓްކިންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

މި މޮޅާއެކު، އެސްޓަން ވިލާ އިން މި ވަނީ ޖެހި ޖެހިގެން 10 މެޗުން މޮޅުވެފަ އެވެ. މިއީ ފާއިތުވި 111 އަހަރުގެ ތެރޭގައި ވެސް، ޖެހި ޖެހިގެން 10 މެޗުން އެސްޓަން ވިލާ މޮޅުވި ފުރަތަމަ ފަހަރެވެ. އެ މޮޅާއެކު އެސްޓަން ވިލާ އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 17 މެޗުން 36 ޕޮއިންޓާ އެކު އެވެ. އެސްޓަން ވިލާ އަތުން ބަލިވެ ޔުނައިޓެޑު އޮތީ، 26 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

އެސްޓަން ވިލާ އަށް އިރުޝާދު ދެމުން އަންނަ އުނާއި އެމެރީގެ އިރުޝާދުގެ ދަށުން އެ ޓީމު އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ. ޔުނައިޓެޑު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމެރީ ބުނީ، އެ މެޗުން މޮޅުވުމުން އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައި ކަމަށެވެ. އެސްޓަން ވިލާގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތުން ހާސިލު ކުރާ ކަންކަމަކީ، އެ ޓީމުގެ ސަޕޯޓަރުން ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަ ކުރި އެވެ.

މިވަގުތު އެސްޓަން ވިލާގައި އޮތީ ވަރަށް ރަނގަޅު ރޫޙެއް ކަަމަށް ފާހަގަކޮށް އެމެރީ ބުނީ، އެކަން ދަމަހައްޓަން ޖެހޭ ކަމަށެވެ. އިތުރަށް އެމެރީ ބުނީ ބައެއް ޙާލަތް ތަކުގައި އެންމެ އެކަށީގެންވާ މިންވަރަށް ނުކުޅެވޭ ޙާލަތު ވެސް ދިމާވާނެ ކަމަށެވެ. ބައެއް ފަހަރު މެޗު ޑޮމިނޭޓް ނުކުރެވޭނެ ކަމަށާއި، އެ ޙާލަތުގައި ޑިފެންސް އަށް އިސްކަން ދީގެން ކުޅެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ޔުނަައިޓެޑު މެޗުން ލިބުނު ތިން ޕޮއިންޓާ އެކު، އަދި ވެސް އެސްޓަން ވިލާ އިން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑު ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އެމެރީ ބުނީ މަސައްކަތް ކުރަމުން އަންނަނީ ތަފާތު ޓީމެއް ބިނާ ކުރުމަށް ކަމަށެވެ. ޚާއްސަކޮށް އެސްޓަން ވިލާގެ ވިސްނުމާއި، އެ ޓީމުގެ ވައްޓަފާޅީގައި ކުޅޭނެ ކުޅުންތެރިން ބިނާ ކުރުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ކޮންމެ ޓީމަކާ ދެކޮޅަށް ނިކުންނައިރު ވެސް، ކުޅުންތެރިން ވިސްނުމުގައި އެ ޓީމާ ވާދަ ކުރެވޭނެ ކަމާއި، ކާމިޔާބު ހާސިލު ކުރެވޭނެކަން ހުންނަން ޖެހޭނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްއެސްޓަން ވިލާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

21 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު