Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީ

ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ، އެކަމަކު ރައްޔިތުންގެ ޓެކްސް ފައިސާ އިން ލިވަޕޫލް އަށް ކުރާ ޚަރަދު ސިއްރު!

ލިވަޕޫލް އާއެކު ރާއްޖެ އިން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތަކީ 2025 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން، 2028 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް. އެ ކެމްޕެއިންގެ ދަށުން ލިވަޕޫލް އަށް ދެނީ ކޮން އަދަދެއްގެ ފައިސާއެއް ކަމެއް ހާމަ ކޮށްފައި ނުވި ނަމަވެސް، އެ ކެމްޕެއިން ކުރިއަށް ގެންދިޔުމަށް އެމްއެމްޕީއާރުސީ އިން ވަނީ 2025 ވަނަ އަހަރަށް 20.6 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ނިންމާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 09:47
ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް މުޢިއްޒު، ލިވަޕޫލްގެ އެންފީލްޑަށް ވަޑައިގެންނެވުމުގެ ތެރެއިން

ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް މުޢިއްޒު، ލިވަޕޫލްގެ އެންފީލްޑަށް ވަޑައިގެންނެވުމުގެ ތެރެއިން

ރާއްޖެ އިޝްތިހާރު ކުރުމަށް ލިވަޕޫލް ފުޓުބޯޅަ ކުލަބާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، އެ ކުލަބަށް ކުރާ ޚަރަދު ބުނެ ދިނުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދެކޮޅު ހަދައިފި އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް ލިވަޕޫލާ އެކު އެއްބަސްވެފައިިވާ ކަމަށް އެމްއެމްޕީއާރުސީ އިން އިއުލާން ކޮށްފައި ވަނީ މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް، އޭރު ވެސް އެކަމަށް ހިނގާނެ ޚަރަދެއް އެމްއެމްޕީއާރުސީ އިން ހާމަ ކޮށްފައި ނުވެ އެވެ. އޭގެ ފަހުން އޭޕްރީލް މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެ ކެމްޕެއިން ފައްޓަވައި ދެއްވުމަށް އިނގިރޭސިވިލާތަށް ވެސް ވަޑައިގެންފަ އެވެ. 

Advertisement - newsAdvertisement

އޭރު ވެސް އެކި އެކި ފަރާތްތަކުން ވަނީ އެކަމަށް ހިނގާ ޚަރަދުގެ ތަފްސީލު ހޯދުމަށް އެދިފަ އެވެ. އޭގެ ފަހުން އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން ވަނީ އެ ސުވާލު ކޮށްފަ އެވެ. އެގޮތުން މިހާތަނަށް އައިއިރު، ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިން އަށް ކިހާ ފައިސާއެއް ލިވަޕޫލް އަށް އަދާ ކޮށްފައިވޭތޯ ސުވާލު ކޮށްފައިވެ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވަނީ، ޚަރަދުގެ ތަފްސީލު ނުދެއްވައި ރާއްޖެ އަށް ލިބުނު ކާމިޔާބީ ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން 397 މިލިއަން މީޑިއާ ރީޗް ލިބިފައިވާ ކަމަށާއި، 17 މިލިއަނަށް ވުރެ ގިނަ އެނުއަލް މީޑިއާ ވެލިއު ލިބިފައިވާ ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި އިނގިރޭސިވިލާތުގެ ސަރަހައްދުގައި 1000 އިންސައްތަ އަށް ވުރެ ގިނައިން ރާއްޖެ ސާޗު ކޮށްފައިވާ ކަމަށް ފާހަގަ ކުރެއްވި އެވެ. އެއީ ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ޝިއުރީ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ލިވަޕޫލް އަށް މިހާތަނަށް ކޮށްފައިވާ ޚަރަދުގެ އަދަދެއް ހާމަ ކޮށްދިނުމަށް ތަކުރާރުކޮށް ސުވާލު ކުރުމުން ޝިއުރީ ވިދާޅުވީ، މިވަގުތު ސީދާ އަދަދެއް ދަންނަވަން ދަތި ކަމަށެވެ. އެހެން ނަމަވެސް، ލިވަޕޫލް އާއެކު ހަދާފައިވާ އެއްބަސްވުމާ އެއް ގޮތަށް، ހާމަ ކުރެވެން ހުރި މައުލޫމާތު ކޮންމެ ވެސް މިންވަރަށް ހާމަ ކޮށްފައި ވާނެ ކަމަށް ޝިއުރީ ވިދާޅުވި އެވެ. އަދި ސީދާ އަދަދެއް ޖެހޭނީ ބައްލަވާލައްވަން ކަމަށް ވެސް ވިދާޅުވި އެވެ. 

ސީދާ މިވަގުތު އަޅުގަނޑަށް މިވަގުތު ނަންބަރު ދަންނަވާލަން ދަތި. އެހެން ނަމަވެސް އަޅުގަނޑުމެން އިން އެއްބަސްވުމާ އެއްކޮށް، އަޅުގަނޑުމެންނަށް ހާމަ ކުރެވެން ހުރި މައުލޫމާތު ތަކެއް އަޅުގަނޑުމެން މިހާރު ކޮންމެ ވެސް ވަރަކަށް ހާމަ ކޮށްފައި ވާނީ. އެހެންވީމާ އޭގެ ސީދާ އަދަދެއް އަޅުގަނޑު ބަލާލާފައި ހިއްސާކޮށްލާނަން. 
އިބްރާހީމް ޝިއުރީ / އެމްއެމްޕީއާރުސީގެ އެމްޑީ

ލިވަޕޫލް އާއެކު ރާއްޖެ އިން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތަކީ 2025 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން، 2028 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ކެމްޕެއިންގެ ދަށުން ލިވަޕޫލް އަށް ދެނީ ކޮން އަދަދެއްގެ ފައިސާއެއް ކަމެއް ހާމަ ކޮށްފައި ނުވި ނަމަވެސް، އެ ކެމްޕެއިން ކުރިއަށް ގެންދިޔުމަށް އެމްއެމްޕީއާރުސީ އިން ވަނީ 2025 ވަނަ އަހަރަށް 20.6 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ނިންމައިފަ އެވެ.

އެމްއެމްޕީއާރުސީގެ މާލީ ޙާލަތު އިންތިހާ އަށް ދަށްވެފައިވާއިރު، އެ ކުންފުނި ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމެޓީ އިން ވެސް ވަނީ ބުނެފަ އެވެ. 

ލިވަރޕޫލަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ކުރާ ހޭދަ ސަރުކާރުން ސިއްރު ކުރި ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނުބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ވިޒިޓް މޯލްޑިވްސްލިވަޕޫލްއިބްރާހިމް ޝިއުރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު