Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

ވެނެޒުއޭލާ އަށް އެމެރިކާ އިން ބޮން އަޅައި، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ "ހައްޔަރުކުރުމާ" ގުޅިގެން ދުނިޔޭގެ ގައުމުތަކުން ބުނީ ކީކޭ؟

އެމެރިކާ އިން ވެނެޒުއޭލާ އަށް ދިން އަސްކަރީ ހަމަލާ އާއި ރައީސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ލެޓިން އެމެރިކާގެ ގައުމުތަކާއި ރަޝިޔާ އަދި އީރާން ފަދަ ގައުމުތަކުން މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެފައިވޭ.

ރާއްޖެ އެމްވީ | 3 ޖެނުއަރީ 2026 | ހޮނިހިރު 16:17
ޓްރަމްޕް ކަށަވަރުކޮށްދެއްވާ ގޮތުގައި 30 މިނެޓުގެ ވަގުތުކޮޅެއް ހޭދަވި އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއްގައިި ވެނެޒުއޭލާގެ ރައީސް ވަނީ އަތުލައިގަނެފައި

ޓްރަމްޕް ކަށަވަރުކޮށްދެއްވާ ގޮތުގައި 30 މިނެޓުގެ ވަގުތުކޮޅެއް ހޭދަވި އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއްގައިި ވެނެޒުއޭލާގެ ރައީސް ވަނީ އަތުލައިގަނެފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާ ސިފައިން ވަނީ ވެނެޒުއޭލާ އާ ދެކޮޅަށް "ބޮޑު އަސްކަރީ ހަމަލާ އެއް" ދީ، އެ ގައުމުގެ ލީޑަރު ރައީސް ނިކޮލަސް މަދޫރޯ "އަތުލައިގަނެފަ" އެވެ.

ވޮޝިންޓަނުން ވެނެޒުއޭލާ އަށް މި ހަމަލާތައް ދީފައި ވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މިއީ ވެނެޒުއޭލާގެ ރައްޔިތުން އެތައް ހަފުތާ އެއް ކުރިން ފެށިގެން ބިރުގަނެ، ކަންބޮޑުވަމުންދިޔަ ފަދަ ނުރައްކާތެރި ފިޔަވަޅެކެވެ.

އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ކްރިސްޓޮފާ ލަންޑައު އެކްސް ގައި ވިދާޅުވި ގޮތުގައި، ވެނެޒުއޭލާ މިހާރު މިވަނީ "އާ ފަތިހަކަށް" އަލިވިލިފައެވެ.

"އަނިޔާވެރި ވެރިޔާ ހިނގައްޖެ. އޭނާ ކުރި ކުށްތަކަށް، އެންމެ ފަހުން އޭނާ އާ އިންސާފު އަރާ ހަމަކުރާނެ،" ލަންޑައު ވިދާޅުވިއެވެ.

އެމެރިކާގެ ބޮން އެޅުމުގެ ހަމަލާތަކަށް ފަހު، މަދޫރޯގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ވޮޝިންޓަނުން ހިންގީ "އިންތިހާ އަށް ސީރިއަސް އަސްކަރީ އުދުވާނެއް" ކަމަށް ބުނެފައިވެ އެވެ.

ވެނެޒުއޭލާ ސަރުކާރުން ބުނީ، އެމެރިކާގެ މިހާރުގެ ސަރުކާރުން ވެނެޒުއޭލާގެ ބިމަށާއި ރައްޔިތުންނަށް ދިން ނުރައްކާތެރި އަސްކަރީ ހަމަލާތައް ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައި ކުށްވެރިކޮށް، އެކަމާ ދެކޮޅު ހަދާ ކަމަށެވެ.

އެމެރިކާގެ މި ހަމަލާ އާއި މަދޫރޯ "ހައްޔަރުކުރުމާ" ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ގައުމުތަކުން ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ.

ކޮލަމްބިއާ

ވެނެޒުއޭލާ އަށް ހަމަލާދީފިކަން މުޅި ދުނިޔޭގެ ސަމާލުކަމަށް ގެންނަން،" ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގައި ލިޔުއްވާފައިވެއެވެ.

އަދި އެހެން ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ވެނެޒުއޭލާ އާއި މުޅި ލެޓިން އެމެރިކާގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމަށް ދިން ހަމަލާ ކޮލަމްބިއާ އިން ބަލައި ނުގަންނަ ކަމަށެވެ.

މީގެ އިތުރުން، ޕެޓްރޯ ވަނީ ވެނެޒުއޭލާގެ ބޯޑަރު ސަރަހައްދަށް ސިފައިން ފޮނުވުމަށް ނިންމަވާފައެވެ.

ކިއުބާ

ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކާނެލް ވަނީ ވަރަށް ބޮޑަށް އެމެރިކާ ކުށްވެރިކުރައްވައި ބަޔާނެއް ނެރުއްވާފަ އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ވޮޝިންޓަނުން ވެނެޒުއޭލާ އާ ދެކޮޅަށް ހިންގީ "ޖިނާއީ އުދުވާނެއް" ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން މީގެ ރައްދު އަވަހަށް ދޭންޖެހޭނެ ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑިއާޒް-ކާނެލް ވިދާޅުވީ، ކިއުބާގެ "ސުލްހަވެރި ސަރަހައްދަށް" ވަރަށް އިހާނެތިކޮށް އަރައިގަނެފައިވާ ކަމަށެވެ. އަދި އެމެރިކާގެ މި އަމަލަކީ ހަމައެކަނި ވެނެޒުއޭލާގެ ރައްޔިތުންނަށް އަމާޒުކުރި ކަމެއް ނޫން ކަމަށާއި، މުޅި އެ ސަރަހައްދަށް އަމާޒުކޮށް ހިންގި "ދައުލަތުގެ ޓެރަރިޒަމް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޗިލީ

ޗިލީގެ ރައީސް ގޭބްރިއަލް ބޮރިކް ފޮންޓް އެކްސްގައި ނެރުއްވި ބަޔާނެއްގައި، ވެނެޒުއޭލާ ގައި އެމެރިކާ އިން ހިންގި އަސްކަރީ ހަރަކާތްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކުރެއްވި އެވެ.

"އެ ގައުމަށް ކުރިމަތިވެފައިވާ ސީރިއަސް މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް އަޅުގަނޑުމެން ގޮވާލަން،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބާރުގެ ބޭނުން ނުކުރުމާއި، އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާއި، އަދި ގައުމުތަކުގެ ސަރަހައްދީ ފުރިހަމަކަން ދެމެހެއްޓުން ފަދަ ބައިނަލްއަގުވާމީ ގާނޫނުގެ އަސާސީ އުސޫލުތަކަށް ޗިލީން އިހުތިރާމްކުރާ ކަމަށެވެ.

މެކްސިކޯ

ރައީސް ކްލައުޑިއާ ޝީންބޮމް އެކްސް ގައި ވިދާޅުވީ، ވެނެޒުއޭލާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަސްކަރީ ގޮތުން ވަނުން މެކްސިކޯ އިން ކުށްވެރިކުރާ ކަމަށެވެ.

އޭނާގެ ޕޯސްޓުގައި އދ. ގެ ޗާޓަރުގެ މާއްދާއެއް ހިމަނާފައިވެއެވެ. އެ މާއްދާގައި ބުނަނީ، އެއްވެސް ގައުމެއްގެ ސިޔާސީ މިނިވަންކަމަށް ބުރުލެއް އަރާފަދަ ގޮތަކަށް ބާރުގެ ބޭނުން ކުރުމުން ނުވަތަ ބިރުދެއްކުމުން އެންމެހާ ގައުމުތަކުން ދުރުހެލިވާން ޖެހޭނެ ކަމަށެވެ.

ބްރެޒިލް

ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވީ، އެމެރިކާގެ ބޮން އެޅުމާއި މަދޫރޯ ހައްޔަރުކުރުމަކީ "ބަލައިނުގަނެވޭނެ ފަދަ ރަތް ރޮނގެއް" ހުރަސްކުރުން ކަމަށެވެ.

"ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ގައުމުތަކަށް ހަމަލާ ދިނުމަކީ، އަނިޔާވެރިކަމާއި، ހަލަބޮލިކަމާއި، ނުތަނަވަސްކަމުގެ ތެރެއަށް ދުނިޔެ ވައްޓާލުމަށް އެޅޭ ފުރަތަމަ ފިޔަވަޅު،" ލޫލާ ލިޔުއްވާފައިވެ އެވެ.

ޓްރިނިޑާޑް އެންޑް ޓޮބޭގޯ

ބޮޑުވަޒީރު ކަމްލާ ޕާސާދު-ބިސޭސާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، 3 ޖެނުއަރީ 2026 ގެ ފަތިހު އެމެރިކާ އިން ވެނެޒުއޭލާ ގައި އަސްކަރީ އޮޕަރޭޝަންތަކެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަކީ މި ހަރަކާތްތަކުގައި ބައިވެރިވާ ގައުމެއް ނޫން ކަމަށާއި، އެގައުމުން ވެނެޒުއޭލާގެ ރައްޔިތުންނާއެކު ސުލްހަވެރި ގުޅުމެއް ދަމަހައްޓާނެ ކަމަށް ވިދާޅުވިއެވެ.

އީރާން

އީރާނުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި، އެމެރިކާގެ އަސްކަރީ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ ވެނެޒުއޭލާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެފައިވެއެވެ.

ރަޝިޔާ

މޮސްކޯ އިން ވަނީ އެމެރިކާގެ މި "އަސްކަރީ އުދުވާނާ" މެދު ނުހަނު ކަންބޮޑުވާކަން ހާމަކޮށް އެކަން ކުށްވެރިކޮށްފަ އެވެ. ރަޝިޔާ ގެ ޚާރިޖީ ވުޒާރާ އިން ބުނީ، މި ހާލަތުގައި އިތުރު ހަމަނުޖެހުންތަކަށް ފުރުސަތު ނުދީ، ވާހަކަދައްކައިގެން ހައްލެއް ހޯދުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

އަދި ބޭރުގެ އަސްކަރީ ނުފޫޒެއް ނެތި، އަމިއްލަ މުސްތަގުބަލު ކަނޑައެޅުމުގެ ހައްގު ވެނެޒުއޭލާ އަށް ލިބިދޭން ޖެހޭނެ ކަމަށް ވެސް ރަޝިޔާ އިން ބުންޏެވެ.

ޔުނައިޓެޑް ކިންގްޑަމް (އިނގިރޭސިވިލާތް)

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވީ، އެމެރިކާ އިން ވެނެޒުއޭލާ އަށް ދިން ހަމަލާތަކުގައި އިނގިރޭސިވިލާތުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ރައީސް ޓްރަމްޕާ ވާހަކަދައްކަވައި، ހަގީގަތް ސާފުކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)

އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ މަތީ ވެރިޔާ ކާޖާ ކަލަސް ވިދާޅުވީ، ވެނެޒުއޭލާގެ ހާލަތު އީޔޫ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، މަދޫރޯގެ ސަރުކާރުގެ ގާނޫނީ ސައްހަކަމެއް ނެތް ކަމަށް އީޔޫއިން ކުރިންވެސް ބުނަމުންދާ ކަމަށާއި، ނަމަވެސް ކޮންމެ ހާލަތެއްގައި ވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

އިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިވޯން މެވެންކަންގް ވިދާޅުވީ، ވެނެޒުއޭލާ ގައި ތިބި އެގައުމުގެ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަކުން ވެސް މަޝްވަރާގެ މަގު އިޚްތިޔާރުކޮށް، އާންމު ރައްޔިތުން ހިމާޔަތްކުރުމަށް އިންޑޮނޭޝިއާ އިން ގޮވާލިއެވެ.

އެމެރިކާ-ވެނެޒުއެލާރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލަސް މަދޫރޯބައިނަލްއަގުވާމީ ޝުއޫރު

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމުތަކުގެ ވެރިން ހިފާ ހައްޔަރު ކުރުމަކީ އެމެރިކާ އިން ކުރި އައު ކަމެއް ނޫން، ލިސްޓަށް އެންމެ ފަހުން މި އިތުރުވީ ވެނެޒުއޭލާގެ މަދޫރޯ

ގައުމުތަކުގެ ވެރިން ހިފާ ހައްޔަރު ކުރުމަކީ އެމެރިކާ އިން ކުރި އައު ކަމެއް ނޫން، ލިސްޓަށް އެންމެ ފަހުން މި އިތުރުވީ ވެނެޒުއޭލާގެ މަދޫރޯ

03 ޖެނުއަރީ 2026
އެމެރިކާ އިން ވެނެޒުއެލާ އަށް ހަމަލާ ދީފި، ޓްރަމްޕް ވިދާޅުވީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާ ކަމަށް

އެމެރިކާ އިން ވެނެޒުއެލާ އަށް ހަމަލާ ދީފި، ޓްރަމްޕް ވިދާޅުވީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާ ކަމަށް

03 ޖެނުއަރީ 2026
ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

03 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ޑޮކްޓަރު ބުނާ ވަރަށް ވުރެ އިތުރަށް އެސްޕްރިން ބޭނުން ކުރައްވާ ކަމަށާއި، ފޫހި ކަމަކަށް ވާތީ ކަސްރަތު ނުކުރައްވާ ކަމަށް!

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ޑޮކްޓަރު ބުނާ ވަރަށް ވުރެ އިތުރަށް އެސްޕްރިން ބޭނުން ކުރައްވާ ކަމަށާއި، ފޫހި ކަމަކަށް ވާތީ ކަސްރަތު ނުކުރައްވާ ކަމަށް!

02 ޖެނުއަރީ 2026
އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް އެމެރިކާއިން ވަދެގަންނަން މަސައްކަތްކޮށްފިނަމަ، މުޅި ސަރަހައްދު ހަލަބޮލިވެ، ބޮޑެތި ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް އެމެރިކާއިން ވަދެގަންނަން މަސައްކަތްކޮށްފިނަމަ، މުޅި ސަރަހައްދު ހަލަބޮލިވެ، ބޮޑެތި ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފި

02 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު