Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާ

ވެނެޒުއޭލާ ގެ ވެރިކަން ހިންގާނީ އެމެރިކާ އިން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

3 ޖެނުއަރީ 2026 | ހޮނިހިރު 17:57

ވެނެޒުއޭލާ ހިންގުމުގައި އަމަލުކުރާނީ ކޮން އުސޫލަކުންތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަމަށް ބޭނުންވާ މީހުން މިހާރު ކަނޑައަޅަމުންދާ ކަމަށާއި، އެއީ ކޮން ބައެއްކަން ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް.

ރާއްޖެ އެމްވީ | 3 ޖެނުއަރީ 2026 | ހޮނިހިރު 17:57
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގެ ކެބިނެޓް ރޫމްގައި ވާހަކަފުޅު ދައްކަވާ އިރު އެމެރިކާގެ ސެކްރެޓަރީ އޮފް ވާރ ޕީޓް ހެގްސެތު ބަލަހައްޓަވައިގެން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގެ ކެބިނެޓް ރޫމްގައި ވާހަކަފުޅު ދައްކަވާ އިރު އެމެރިކާގެ ސެކްރެޓަރީ އޮފް ވާރ ޕީޓް ހެގްސެތު ބަލަހައްޓަވައިގެން

ވެނެޒުއޭލާގައި އަމާންކަމާއެކު ވެރިކަން ބަދަލުވަންދެން އެ ގައުމުގެ ކަންކަން ހިންގާނީ އެމެރިކާ އިން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ، އެމެރިކާ އިން ވެނެޒުއޭލާ އަށް ހަމަލާތަކެއްދީ، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރޭސް ހައްޔަރުކުރުމާ ގުޅިގެން، އެ ގައުމުގެ ތެލުގެ ސިނާއަތުގައި އެމެރިކާގެ ވަރުގަދަ ބައިވެރިވުމެއް އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ހައްޔަރު ކުރި ދެމަފިރިން  ގެންނާނީ ނިއުޔޯކަށް ކަމަށާއި އެތަނުގައި އެމީހުންގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލުމަށް ހަމަ ޖެހިފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ، އަމާން، އިންސާފުވެރި އަދި އެކަށީގެންވާ ގޮތެއްގައި ވެރިކަން ބަދަލުކުރެވެންދެން ވެނެޒުއޭލާ "ހިންގާނީ" އެމެރިކާއިން ކަމަށެވެ.

އެމެރިކާއިން ވެނެޒުއޭލާ ހިންގުމުގެ މާނައަކީ އެ ގައުމުގެ ބިމަށް އެމެރިކާގެ ސިފައިން ފޮނުވުންތޯ ސުވާލު ކުރުމުން ޖަވާބުގައި ޓްރަމްޕް ވިދާޅުވީ، އެ ގައުމަށް އެމެރިކާގެ ސިފައިން ފޮނުވަން އެމެރިކާ ޖެހިލުން ނުވާ ކަމަށާއި، ރޭގެ ވަގުތެއްގައި ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ވަރަށް މަތީ ފެންވަރެއްގައި އެ ގައުމުގައި ހަރަކާތްތެރިވެފައި ކަމަށެވެ. 

ވެނެޒުއޭލާ ހިންގުމުގައި އަމަލުކުރާނީ ކޮން އުސޫލަކުންތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަމަށް ބޭނުންވާ މީހުން މިހާރު ކަނޑައަޅަމުންދާ ކަމަށާއި، އެއީ ކޮން ބައެއްކަން ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.

ވެނެޒުއޭލާގެ ވެރިކަން ހިންގާނީ ސީދާ ކޮން ބައެއްތޯ ދެންނެވުމުން އެ ސުވާލުގެ ޖަވާބުގައި، ޓްރަމްޕްގެ ފަހަތްޕުޅުގައި ހުންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމު ހިންގުމުގެ ޒިންމާ ބޮޑަށް އުފުލާނީ އޭނާގެ ފަހަތުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

އަނެއްކޮޅުން ވެނެޒުއޭލާގެ ޑިފެންސް މިނިސްޓަރު ލަޑިމިއާ ޕަޑްރީނޯ ލޮޕޭޒް ވިދާޅުވީ، އެ ގައުމުން ކާމިޔާބު ހޯދާނެ ކަމަށާއި، ދުޝްމަނުންނާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، އަދި އަމާން ނުދޭނެ ކަމަށެވެ. މީގެ ކުރިން ވެނެޒުއޭލާގެ ސަރުކާރުން ވަނީ، އެމެރިކާއިން އެ ގައުމުގެ އެކި ސްޓޭޓްތަކުގައި ހުރި އާންމުންގެ ތަންތަނަށާއި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް ބުނެ، ވޮޝިންޓަނުން ހިންގަމުންދާ "އަސްކަރީ އުދުވާންތައް" ކުށްވެރިކޮށްފައެވެ.

މި ހަމަލާތައް ދީފައިވަނީ މަދޫރޯގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތު އެމެރިކާއިން ކުރުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި މަސްރަހު ގޯސްވެފައި އޮންނަތާ މަސްތަކެއް ވެފައިވަނިކޮށެވެ. ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާ އިން ވަނީ ވެނެޒުއޭލާ ކައިރި ކަނޑުގެ ސަރަހައްދަށް 20 އަށް ވުރެ ގިނަ ވައިގެ ހަމަލާ ދީފައެވެ. ނަމަވެސް، މަދޫރޯ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރައްވާފައެވެ.

ވެނެޒުއޭލާރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލަސް މަދޫރޯއެމެރިކާ-ވެނެޒުއެލާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2026

ވެނެޒުއޭލާ އަށް އެމެރިކާ އިން ބޮން އަޅައި، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ "ހައްޔަރުކުރުމާ" ގުޅިގެން ދުނިޔޭގެ ގައުމުތަކުން ބުނީ ކީކޭ؟

03 ޖެނުއަރީ 2026
ވެނެޒުއޭލާ އަށް އެމެރިކާ އިން ބޮން އަޅައި، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ "ހައްޔަރުކުރުމާ" ގުޅިގެން ދުނިޔޭގެ ގައުމުތަކުން ބުނީ ކީކޭ؟
03 ޖެނުއަރީ 2026

ގައުމުތަކުގެ ވެރިން ހިފާ ހައްޔަރު ކުރުމަކީ އެމެރިކާ އިން ކުރި އައު ކަމެއް ނޫން، ލިސްޓަށް އެންމެ ފަހުން މި އިތުރުވީ ވެނެޒުއޭލާގެ މަދޫރޯ

03 ޖެނުއަރީ 2026
ގައުމުތަކުގެ ވެރިން ހިފާ ހައްޔަރު ކުރުމަކީ އެމެރިކާ އިން ކުރި އައު ކަމެއް ނޫން، ލިސްޓަށް އެންމެ ފަހުން މި އިތުރުވީ ވެނެޒުއޭލާގެ މަދޫރޯ
03 ޖެނުއަރީ 2026

އެމެރިކާ އިން ވެނެޒުއެލާ އަށް ހަމަލާ ދީފި، ޓްރަމްޕް ވިދާޅުވީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާ ކަމަށް

03 ޖެނުއަރީ 2026
އެމެރިކާ އިން ވެނެޒުއެލާ އަށް ހަމަލާ ދީފި، ޓްރަމްޕް ވިދާޅުވީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާ ކަމަށް
03 ޖެނުއަރީ 2026

ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

03 ޖެނުއަރީ 2026
ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި
02 ޖެނުއަރީ 2026

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ޑޮކްޓަރު ބުނާ ވަރަށް ވުރެ އިތުރަށް އެސްޕްރިން ބޭނުން ކުރައްވާ ކަމަށާއި، ފޫހި ކަމަކަށް ވާތީ ކަސްރަތު ނުކުރައްވާ ކަމަށް!

02 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ޑޮކްޓަރު ބުނާ ވަރަށް ވުރެ އިތުރަށް އެސްޕްރިން ބޭނުން ކުރައްވާ ކަމަށާއި، ފޫހި ކަމަކަށް ވާތީ ކަސްރަތު ނުކުރައްވާ ކަމަށް!
02 ޖެނުއަރީ 2026

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް އެމެރިކާއިން ވަދެގަންނަން މަސައްކަތްކޮށްފިނަމަ، މުޅި ސަރަހައްދު ހަލަބޮލިވެ، ބޮޑެތި ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފި

މަސްތުވާތަކެތީގެ މައްސަލަ އާ ގުޅޭ ގޮތުން އެމެރިކާ އާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ

02 ޖެނުއަރީ 2026
މަސްތުވާތަކެތީގެ މައްސަލަ އާ ގުޅޭ ގޮތުން އެމެރިކާ އާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ
01 ޖެނުއަރީ 2026

މަސްތުވާތަކެތި އުފުލާކަމަށް ބުނެ އެމެރިކާ އިން 3 އުޅަނދަކަށް ހަމަލާދީ 5 މީހުން މަރާލައިފި

01 ޖެނުއަރީ 2026
މަސްތުވާތަކެތި އުފުލާކަމަށް ބުނެ އެމެރިކާ އިން 3 އުޅަނދަކަށް ހަމަލާދީ 5 މީހުން މަރާލައިފި
31 ޑިސެމްބަރު 2025

ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ

31 ޑިސެމްބަރު 2025
ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ
31 ޑިސެމްބަރު 2025

އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

31 ޑިސެމްބަރު 2025
އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް