Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް އެމެރިކާއިން ވަދެގަންނަން މަސައްކަތްކޮށްފިނަމަ، މުޅި ސަރަހައްދު ހަލަބޮލިވެ، ބޮޑެތި ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގައި ހިނގަމުންދާ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށްފިނަމަ އެމެރިކާ އިން ވަދެގަންނާނެ ކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، މި ސަރަހައްދު ހަލަބޮލިވެ ބޮޑެތި ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުގެ ރޫހާނީ ލީޑަރުގެ އިސް މުޝީރު ވަނީ ދެއްވާފައި.

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2026 | ހުކުރު 10:29
އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގައި މަގުތަކަށް މީހުން އެއްވެފައި

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގައި މަގުތަކަށް މީހުން އެއްވެފައި

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް އެމެރިކާއިން ވަދެގަންނަން މަސައްކަތްކޮށްފިނަމަ، މުޅި ސަރަހައްދު ހަލަބޮލިވެ، ބޮޑެތި ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުގެ ރޫހާނީ ލީޑަރުގެ އިސް މުޝީރު ޢަލީ ލަރިޖާނީ ދެއްވައިފިއެވެ.

ލަރިޖާނީ މި އިންޒާރު ދެއްވާފައިވަނީ، ސުލްހަވެރިކަމާއެކު މުޒާހަރާކުރާ މީހުންނާ ދެކޮޅަށް އީރާނުން ބާރުގެ ބޭނުންކޮށްފިނަމަ، އެމެރިކާއިން އެކަމުގެ ތެރެއަށް ވަންނާނެ ކަމަށް ބުނެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން ހުކުރު ދުވަހުއެވެ.

ޓްރަމްޕް ވިދާޅުވީ، ސުލްހަވެރިކަމާއެކު މުޒާހަރާކުރާ މީހުން ގަޔަށް ބަޑިޖަހައި މަރާނަމަ، އެ މީހުންގެ ދިފާއުގައި އެމެރިކާއިން ނުކުންނާނެ ކަމަށެވެ. އަދި އޭނާގެ "ޓްރުތް ސޯޝަލް" މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، އެމެރިކާގެ ސިފައިން ތިބީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށްވެސް ބުނެފައިވެއެވެ.

އީރާނުގައި ހަމަނުޖެހުންތައް އުފެދިފައިވަނީ، އިގްތިސާދީ ދަތިތަކާ ގުޅިގެން ދިރިއުޅުމުގެ އަގު ބޮޑުވުމާ ގުޅިގެންނެވެ. މިއީ އީރާނުގެ އެކި ސަރަހައްދުތަކުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި ހިނގަމުންދާ އެންމެ ބޮޑު މުޒާހަރާތައް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. މި މުޒާހަރާތަކުގައި ބައެއް މީހުން ވަނީ މަރުވެފައެވެ.

މުޒާހަރާކުރާ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ވަނީ މުޅި ގައުމަށް ފެތުރި، ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފައެވެ. މިއީ އީރާނުގެ ފައިސާގެ އަގު ދަށްވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ވިޔަފާރިވެރިން ފެށި މުޒާހަރާތަކެކެވެ.

2018 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އަޅާފައިވާ ފިޔަވަޅުތައް އެމެރިކާއިން އަނެއްކާ ވެސް އިއާދަ ކުރި ފަހުން، އެ ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް އަޑިއަށް ގޮސްފައެވެ.

ޢަލީ ލަރިޖާނީރައީސް ޑޮނަލްޑް ޓްރަމްޕްމުޒާހަރާތައްއީރާން-އެމެރިކާ

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2026

މަސްތުވާތަކެތީގެ މައްސަލަ އާ ގުޅޭ ގޮތުން އެމެރިކާ އާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ

02 ޖެނުއަރީ 2026
މަސްތުވާތަކެތީގެ މައްސަލަ އާ ގުޅޭ ގޮތުން އެމެރިކާ އާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ
31 ޑިސެމްބަރު 2025

ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ

31 ޑިސެމްބަރު 2025
ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ
31 ޑިސެމްބަރު 2025

އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

31 ޑިސެމްބަރު 2025
އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި
30 ޑިސެމްބަރު 2025

އަނެއްކާ ވެސް އީރާނަށް އިޒްރޭލުން ހަމަލާ ދީފާނެ ކަމުގެ އިންްޒާރު ޓްރަމްޕް ދެއްވައިފި

30 ޑިސެމްބަރު 2025
އަނެއްކާ ވެސް އީރާނަށް އިޒްރޭލުން ހަމަލާ ދީފާނެ ކަމުގެ އިންްޒާރު ޓްރަމްޕް ދެއްވައިފި
30 ޑިސެމްބަރު 2025

ވެނެޒުއެލާގެ މަސްތުވާތަަކެތި އުފުލާ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
ވެނެޒުއެލާގެ މަސްތުވާތަަކެތި އުފުލާ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު