Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ވެނެޒުއޭލާ

މަސްތުވާތަކެތީގެ މައްސަލަ އާ ގުޅޭ ގޮތުން އެމެރިކާ އާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ

2 ޖެނުއަރީ 2026 | ހުކުރު 06:19

ވެނެޒުއޭލާ އާއި އެމެރިކާ އާ ދެމެދުގެ މަސްރަހް ހޫނުވެފައިވާއިރު ޓްރަމްޕް ސަރުކާރުން "މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ" އިގެ ދަށުން މިހާތަނަށް 30 އަށްވުރެ ގިނަ އުޅަނދަށް ޙަމަލާދީފައިވާއިރު، ސެޕްޓެމްބަރު 2 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 110 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި.

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2026 | ހުކުރު 06:19
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ

ވެނެޒުއޭލާގެ ސަރުކާރަށް އެމެރިކާއިން ކުރިމަތިކުރަމުންދާ ފިއްތުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިއާއި ތެލުގެ މުޢާމަލާތްތަކާ ގުޅޭގޮތުން އެމެރިކާ އާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް އެޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ވެނެޒުއޭލާގެ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މަދޫރޯ ވިދާޅުވީ، އެމެރިކާއިން ބޭނުން ކޮންމެ ވަގުތެއްގައި އަދި ކޮންމެ ތަނެއްގައިވެސް މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.

ވެނެޒުއޭލާގެ ބަނދަރަކަށް އެމެރިކާއިން ދިން ކަމަށް ބުނާ ޙަމަލާއަކާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ބެހޭގޮތުން ސުވާލުކުރުމުން، މަދޫރޯ ވަނީ އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ. ރިޕޯޓްތައް ބުނާގޮތުން މި ޙަމަލާއަކީ އެމެރިކާގެ ސީ.އައި.އޭ އިން ދީފައިވާ ޙަމަލާއެކެވެ. 

ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި، ކެރީބިއަން ކަނޑާއި އިރުމަތީ ޕެސިފިކް ސަރަޙައްދުން މަސްތުވާތަކެތި ހިފައިގެން ދަތުރުކުރާ ކަމަށް ޝައްކުކުރެވޭ އުޅަނދުތަކަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ޙަމަލާތައް ދެމުންނެވެ.

ޓްރަމްޕް ސަރުކާރުން "މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ" އިގެ ދަށުން މިހާތަނަށް 30ށް ވުރެ ގިނަ އުޅަނދަށް ޙަމަލާދީފައިވާއިރު، ސެޕްޓެމްބަރު 2 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 110ށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެންމެ ފަހުން ދިން ޙަމަލާގައި، މިދިޔަ ބުދަ ދުވަހު މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތުކުރެވޭ ދެ އުޅަނދަކަށް ޙަމަލާދީ އޭގައި ތިބި ފަސް މީހަކު މަރުވެފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެ އެވެ.

ވެނެޒުއޭލާގެ މަސްތުވާތަކެތި އުފުލާ އުޅަނދުތަކާ ގުޅުންހުރި ބަނދަރު ސަރަޙައްދަކަށް އެމެރިކާއިން ޙަމަލާދީ ގޮއްވާލާފައިވާ ކަމަށް ޓްރަމްޕް ހޯމަ ދުވަހު ވަނީ ވިދާޅުވެފައެވެ. ސީ.އެން.އެން އާއި ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ސީ.އައި.އޭ އިން ޑްރޯން ބޭނުންކޮށްގެން ދީފައިވާ ޙަމަލާއެކެވެ. މިކަން ކަށަވަރުވެއްޖެނަމަ، މިއީ ވެނެޒުއޭލާގެ އެތެރޭގައި އެމެރިކާއިން ހިންގި މިފަދަ ފުރަތަމަ އޮޕަރޭޝަނަށް ވެގެންދާނެ އެވެ.

ނަމަވެސް، މި ޙަމަލާ ކަށަވަރުކޮށްދިނުމަށް ނުވަތަ ދޮގުކުރުމަށް މަދޫރޯއަށް ދެންނެވުމުން އޭނާ ވިދާޅުވީ، އެއީ ކުރިއަށް އޮތް ދުވަސްތަކުގައި ދެއްކިދާނެ ވާހަކައެއް ކަމަށެވެ.

މަސްތުވާތަކެތީގެ އިތުރުން، ތެލުގެ ވިޔަފާރިއާއި ހިޖުރަކުރުމުގެ މައްސަލަތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް މަދޫރޯ ވިދާޅުވިއެވެ. ރައީސް ޓްރަމްޕް ވަނީ، އެއްވެސް ހެއްކެއް ނެތި، މަދޫރޯގެ ސަރުކާރުން ޖަލުތަކާއި ނަފްސާނީ ބަލިމީހުން ބައިތިއްބާ މަރުކަޒުތައް ހުސްކޮށް، އެތަންތަނުގައި ތިބި މީހުން އެމެރިކާއަށް ހިޖުރަކުރަން މަޖުބޫރުކުރާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

މީގެ އިތުރުން، ވެނެޒުއޭލާއަށް ވަންނަ އަދި އެޤައުމުން ބޭރުވާ ތެޔޮ އުފުލާ ބޯޓުފަހަރާ ދެކޮޅަށްވެސް އެމެރިކާއިން ދަނީ ފިޔަވަޅު އަޅަމުންނެވެ. ޑިސެމްބަރު 10 ވަނަ ދުވަހު ވެނެޒުއޭލާ ކައިރިން ތެޔޮ އުފުލާ ބޯޓެއް އެމެރިކާއިން ހިފަހައްޓާފައިވަނީ، އެއީ އީރާނާއި ވެނެޒުއޭލާގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ތެޔޮ އުފުލާ ބޯޓެއް ކަމަށް ބުނެ އެވެ. ވެނެޒުއޭލާ އިން މިކަން ސިފަކޮށްފައިވަނީ "ބައިނަލްއަޤްވާމީ ފޭރުމުގެ" އަމަލެއްގެ ގޮތުގައެވެ. އޭގެ ފަހުން އެމެރިކާއިން ވަނީ އިތުރު ބޯޓެއް ހިފަހައްޓައި، ތިންވަނަ ބޯޓެއް ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

ޓްރަމްޕް ސަރުކާރުން މަސްތުވާތަކެތި އުފުލާ ކަމަށް ބުނާ އުޅަނދުތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަކީ ހަނގުރާމައެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ޤާނޫނީ މާހިރުން ބުނާގޮތުގައި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމަކަށް ވުން އެކަށީގެންވެއެވެ. އެމެރިކާއިން މިހާތަނަށް އެ އުޅަނދުތަކުގައި މަސްތުވާތަކެތި ހުރި ކަމުގެ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ސަަދަން ކޮމާންޑުން މި ހަފްތާގައިވެސް ބުނެފައިވަނީ، އެ އުޅަނދުތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މަގުތަކުން ދަތުރުކޮށް، އެ ވިޔަފާރީގައި ބައިވެރިވާ އުޅަނދުތަކެއްކަން ޖާސޫސީ މަޢުލޫމާތުން ކަށަވަރުވާ ކަމަށެވެ.

ނިކޮލަސް މަދޫރޯރައީސް ޑޮނަލްޑް ޓްރަމްޕްމަސްތުވާތަކެތި ޓްރެފިކްކުރުންއެމެރިކާ-ވެނެޒުއޭލާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2026

މަސްތުވާތަކެތި އުފުލާކަމަށް ބުނެ އެމެރިކާ އިން 3 އުޅަނދަކަށް ހަމަލާދީ 5 މީހުން މަރާލައިފި

01 ޖެނުއަރީ 2026
މަސްތުވާތަކެތި އުފުލާކަމަށް ބުނެ އެމެރިކާ އިން 3 އުޅަނދަކަށް ހަމަލާދީ 5 މީހުން މަރާލައިފި
31 ޑިސެމްބަރު 2025

ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ

31 ޑިސެމްބަރު 2025
ޔުކްރެއިން އަށް ތާއީދު ކުރާ ކޯލިޝަން އިން ޖަނަވަރީގައި ބައްދަލު ކުރަނީ
31 ޑިސެމްބަރު 2025

އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި

31 ޑިސެމްބަރު 2025
އިރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ގެ އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އިރާނުން އިންޒާރު ދީފި
30 ޑިސެމްބަރު 2025

އަނެއްކާ ވެސް އީރާނަށް އިޒްރޭލުން ހަމަލާ ދީފާނެ ކަމުގެ އިންްޒާރު ޓްރަމްޕް ދެއްވައިފި

30 ޑިސެމްބަރު 2025
އަނެއްކާ ވެސް އީރާނަށް އިޒްރޭލުން ހަމަލާ ދީފާނެ ކަމުގެ އިންްޒާރު ޓްރަމްޕް ދެއްވައިފި
30 ޑިސެމްބަރު 2025

ވެނެޒުއެލާގެ މަސްތުވާތަަކެތި އުފުލާ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
ވެނެޒުއެލާގެ މަސްތުވާތަަކެތި އުފުލާ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
30 ޑިސެމްބަރު 2025

ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
29 ޑިސެމްބަރު 2025

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ
29 ޑިސެމްބަރު 2025

ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ
29 ޑިސެމްބަރު 2025

ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

29 ޑިސެމްބަރު 2025
ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް
27 ޑިސެމްބަރު 2025

އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

27 ޑިސެމްބަރު 2025
އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް