Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒުގެ މަތިވެރިކަން ދެއްކުމަށް ބޭއްވި ޑްރޯން ޝޯ އަށް، ރައްޔިތުންގެ ފައިސާ އިން 1.5 މިލިއަން ރުފިޔާ އިސްރާފު ކޮށްފި

ހުޅުމާލޭގައި ބޭއްވި ޑްރޯން ޝޯއަށް ސަރުކާރުން އެއް ލައްކަ ޑޮލަރު ހަރަދުކޮށްފައިވާ އިރު، ޝޯގައި ރައީސް މުއިއްޒުގެ ސޫރަ ދައްކާލުމުން ރައްޔިތުން ވަނީ ފާޑުކިޔާފައި. އިގްތިސާދު ދަށްވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން މިފަދަ ބޭކާރު ހަރަދު ކުރުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2026 | ހޮނިހިރު 14:36
ހުޅުމާލޭގައި ބޭއްވި ޑްރޯން ޝޯ ގައި، ރައީސް މުއިއްޒު ގެ ސޫރަ ވަނީ ދައްކާލާފަ؛ ގައުމުގެ އިގްތިސާދީ ހާލަތަށް ބެލުމެއް ނެތި ވެރިންގެ މަތިވެރިކަން ދެއްކުމަށް މިފަދަ ކަންކަން ކުރުމަކީ ހުދުމުހުތާރު ވެރިންގެ އާދަ އެއް

އާ އަހަރު ފެށުން ފާހަގަކުރުމުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަތިވެރިކަން ދެއްކުމަށް، ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ޑްރޯން ޝޯއަށް ރައްޔިތުންގެ ފައިސާއިން އެއް ލައްކަ ޑޮލަރު އިސްރާފު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މިއީ ބޭންކު ރޭޓުން ބެލިޔަސް 1.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.

Advertisement - newsAdvertisement

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ފަނަރަ މިނިޓުގެ ޑްރޯން ޝޯއަށް ހަ ސަތޭކަ އެއްހާ ޑްރޯން ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޕައިރޯ ޑްރޯންގެ ގޮތުގައި ހަތްދިހަ ފަހެއް ޑްރޯން ބޭނުންކޮށްފައިވެ އެވެ. އާންމުކޮށް ބޭނުންކުރާ ޑްރޯން އާއި ޕައިރޯ ޑްރޯންގެ ތަފާތަކީ އެ ޑްރޯންތަކުން ހަވާގެ ކުޅިވަރުތައް ވެސް ފެންނަ ކަމެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޑްރޯން ޝޯގައި ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދައްކުވައިދޭން މަސައްކަތް ކުރީ ރައީސް މުއިއްޒު ވަރުގެ ހިދުމަތްތެރި ވެރިޔަކު ރާއްޖެ ނުދެކޭ ކަމެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ވެގެން ގޮސްފައިވާ އިރު ރައީސް މުއިއްޒުގެ ސޫރަ އެތައް މިލިއަން ރުފިޔާ ހަރަދުކޮށްގެން ޖައްވުގައި ކުރަހާ ވަރު އަދި ނުވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ޑްރޯން ޝޯގައި ރައީސް މުއިއްޒު ސިފަވާ ގޮތަށް ދެއްކުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުނަމުންދަނީ އެއީ ހުދުމުހުތާރު ގައުމުތަކުގައި ވެރިންގެ ހައިބަތު ބޮޑުކަމަށް ދެއްކުމަށް ކުރާ ކަމެއް ކަމަށެވެ.

ބައެއް މީހުން ބުނާ ގޮތުގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި ބަޔާންކޮށްފައިވާ ގޮތުގައި ދިރޭ އެއްޗެއްގެ ސިފައިގައި ބުދު، މޮނިއުމެންޓް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހެދުމާއި ބެހެއްޓުމަކީ ދީނީ ގޮތުން ހުއްދަ ނޫން ކަމަށެވެ. އެހެންކަމުން ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގެ ދަށުން ރައީސް މުއިއްޒުގެ ސޫރަ ޑްރޯން ޝޯގެ ތެރެއިން ދެއްކިގެން ނުވާނެ ކަމަށް މީހުން ބުނަމުންދާއިރު އެ މައްސަލަ ފަތުވާ މަޖިލީހުން ބެލުމަށް ވެސް ބައެއް މީހުން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދު މިއިން ޒަމާނަކު ދަށަށް ނުދާ ވަރަށް ދަށްވެފައިވާ މި ދަނޑިވަޅުގައި މިފަދަ ކަންކަމަށް ސަރުކާރުގެ ފަރާތުން ބޭކާރު ހަރަދު ކުރާތީ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރައްޔިތުންގެ މެދުގައި މި ކަންކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުންދާއިރު ސަރުކާރުން މި މައްސަލައާ ގުޅިގެން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޑްރޯން ޝޯރާއްޖޭގެ އިގުތިސާދު އައު އަހަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު އެންމެ ދެ އަހަރު ތެރޭގައި މުޅިރާއްޖެ ވަނީ ފެއިލް ކޮށްފައި، ރައްޔިތުން މިކަމާ ދެކޮޅަށް ނުކުންނަން ޖެހޭ: މެންބަރު މައުރޫފް

ރައީސް މުއިއްޒު އެންމެ ދެ އަހަރު ތެރޭގައި މުޅިރާއްޖެ ވަނީ ފެއިލް ކޮށްފައި، ރައްޔިތުން މިކަމާ ދެކޮޅަށް ނުކުންނަން ޖެހޭ: މެންބަރު މައުރޫފް

03 ޖެނުއަރީ 2026
ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު، ނިއު ރޭޑިއަންޓުގައި ރަޖިސްޓްރީ ކޮށްފި

ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު، ނިއު ރޭޑިއަންޓުގައި ރަޖިސްޓްރީ ކޮށްފި

03 ޖެނުއަރީ 2026
އައު އަހަރު ފާހަގަ ކުރަން މުންކަރާތްތައް ހިންގުމުން މުއިއްޒުގެ މުނާފިގުކަން އިތުރަށް ހާމަވެއްޖެ: ޑރ. އިޔާޒް

އައު އަހަރު ފާހަގަ ކުރަން މުންކަރާތްތައް ހިންގުމުން މުއިއްޒުގެ މުނާފިގުކަން އިތުރަށް ހާމަވެއްޖެ: ޑރ. އިޔާޒް

01 ޖެނުއަރީ 2026
މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް

މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް

01 ޖެނުއަރީ 2026
ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި

ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި

30 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު