Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހދ. ހިރިމަރަދޫ

ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި

2026 އެޕްރީލްގައި ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމުގައި ރައީސް މުއިއްޒު ވަނީ ކަނޑައަޅުއްވާފައި.

ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 13:17
ހދ. ހިރިމަރަދޫ ދޮށީ އުމުރުގެ ދެމީހުން ޖޯލިފައްޗެއްގައި އިށީނދެގެން

ހދ. ހިރިމަރަދޫ ދޮށީ އުމުރުގެ ދެމީހުން ޖޯލިފައްޗެއްގައި އިށީނދެގެން

ހދ. ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ، އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހައްދަވައިފި އެވެ. މިއާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގަ އާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ހޮވުމުގެ އިންތިޚާބުގައި ހިރިމަރަދޫ ރައްޔިތުން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކެންޑިޑޭޓުންނަށެވެ.

ރައީސް އޮފީހުން އަންގަރާ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ "ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައިފިއެވެ."

Advertisement - newsAdvertisement

މި ގޮތަށް ހަަމަޖެއްސީ، 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ތާރީޚަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫ އަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުޙަލާގެ ތެރޭގައި ހިމެނޭ ތާރީޚަކަށްވާތީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 8 ވަނަ މާއްދާގެ (އ) ގައި، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫކަމުގައި ބެލުމަށް މަގުފަހިކޮށްދިނުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް އޮފީހުން މިހެން ބުނެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ނެރުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދާއިމީ ރިޕޯޓުގައި ހދ. ހިރިމަރަދޫ އަކީ  ވަކި އިންތިޚާބީ ދާއިރާ އެއްގެ ގޮތުގައި އޮތީ ކަނޑައަޅާފަ އެވެ.

ރައީސް މުއިއްޒު އަންގާރަ ދުވަހު އެކަށައެޅުއްވި ޤަރާރު ނަންބަރު 36/2025 އާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައެޅުއްވުމަށް ނިންމަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ވަނީ ހިމަނުއްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ވޯޓުލާން ޖެހޭ ގޮތައް ހަމަޖެއްސި އިރު ރައީސް އޮފީހުން ބުނެފައިވަނީ މި ނިންމުމަށް ޢަމަލުކުރަން ފަށާނީ، ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެ ކަން ސަރުކާރުން ޢާންމުކޮށް އިޢުލާނުކުރާ ތާރީޚުން ފެށިގެން ކަމަށެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ގައި އާބާދުކޮށް ރަޖިސްޓަރީ ކުރަން ފަށާނީ އަދި އެކަން ފުރިހަމަ ކޮށް ނިންމުމަށް ހަމަޖެހިގެންދާނީ ކޮން ތާރީޚުތަކެއް ގައި ކަން ވެސް ރައީސް އޮފީހުން ހާމަ ކޮށްފަ އެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުހިރިމަރަދޫހަނިމާދޫލޯކަލް ކައުންސިލް އިންތިހާބުއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ސިއްރު ބައްދަލުވުމެއް އީސީގެ ރައީސާއި އެކު، ދެން އިވުނީ ރިފަރެންޑަމްގެ ތުހުމަތުގެ އަޑު!

ރައީސްގެ ސިއްރު ބައްދަލުވުމެއް އީސީގެ ރައީސާއި އެކު، ދެން އިވުނީ ރިފަރެންޑަމްގެ ތުހުމަތުގެ އަޑު!

28 ޑިސެމްބަރު 2025
މިނިސްޓަރު މުއްތޮލިބަށް ޖެހިވަޑައިގެންނެވީ ރައީސް މުޢިއްޒުގެ ވައުދުފުޅު މާނަ ކޮށްދެއްވަން

މިނިސްޓަރު މުއްތޮލިބަށް ޖެހިވަޑައިގެންނެވީ ރައީސް މުޢިއްޒުގެ ވައުދުފުޅު މާނަ ކޮށްދެއްވަން

28 ޑިސެމްބަރު 2025
ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީ ހަރުދަނާ ކުރަން ޗައިނާ އިން ތަޖުރިބާ އާއި ފިލާވަޅު ހޯދަނީ

ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީ ހަރުދަނާ ކުރަން ޗައިނާ އިން ތަޖުރިބާ އާއި ފިލާވަޅު ހޯދަނީ

27 ޑިސެމްބަރު 2025
ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން: "ވަގު ވޯޓު" އެޅި މައްސަލަ ހޫނުވެ، މައްޗަންގޮޅި އުތުރު ދާއިރާ ގެ ވޯޓު ފޮށި ކައިރީ ހަމަ ނުޖެހުން ހިނގައިފި

ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން: "ވަގު ވޯޓު" އެޅި މައްސަލަ ހޫނުވެ، މައްޗަންގޮޅި އުތުރު ދާއިރާ ގެ ވޯޓު ފޮށި ކައިރީ ހަމަ ނުޖެހުން ހިނގައިފި

27 ޑިސެމްބަރު 2025
އިލެކްޝަންސް ގެ ރައީސް ޒާހިދު ރައީސް މުއިއްޒު އާ ސިއްރުން ބައްދަލު ކުރެއްވީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކަށް ބޭނުންވާ ވަސީލަތް ހޯދުމަށް ކަމަށް ޒާހިދު ވިދާޅުވެއްޖެ

އިލެކްޝަންސް ގެ ރައީސް ޒާހިދު ރައީސް މުއިއްޒު އާ ސިއްރުން ބައްދަލު ކުރެއްވީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކަށް ބޭނުންވާ ވަސީލަތް ހޯދުމަށް ކަމަށް ޒާހިދު ވިދާޅުވެއްޖެ

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު