Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައު އަހަރު ފާހަގަކުރުން

އައު އަހަރު ފާހަގަ ކުރަން މުންކަރާތްތައް ހިންގުމުން މުއިއްޒުގެ މުނާފިގުކަން އިތުރަށް ހާމަވެއްޖެ: ޑރ. އިޔާޒް

ދީނަށް ވަރަށް ލޯބި ކުރައްވާ ކަމަށް މީސްތަކުންނަށް ދެއްކިގެން ވެރިކަން ހޯއްދެވި ބޭފުޅަކު އައު އަހަރު ފާހަގަ ކުރުންފަދަ މުންކަރާތްތައް ހިންގެވުމަކީ އެމަނިކުފާނުގެ މުނާފިޤުކަން އިތުރަށް ހާމަވާ ކަމެއް ކަން ޑރ. އިޔާޒް ފާހަގަ ކުރެއްވި.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 13:31
2026 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ޑްރޯން ޝޯ އަށް ފަހު ބަޑިބޭހުގެ ކުޅިވަރުތަކާއި ސަގާފީ އައިޓަމްތައް ހުޅުމާލޭގައި އޮތް

2026 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ޑްރޯން ޝޯ އަށް ފަހު ބަޑިބޭހުގެ ކުޅިވަރުތަކާއި ސަގާފީ އައިޓަމްތައް ހުޅުމާލޭގައި އޮތް

އައު އަހަރު ފާހަގަ ކުރަން މުންކަރާތްތައް ހިންގުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުނާފިގުކަން އިތުރަށް ހާމަވެއްޖެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

އައު އަހަރުގެ ފެށުން ފާހަގަ ކުރުމަށް ސަރުކާރުން ހުޅުމާލޭ ގައި އިންތިޒާމު ކުރި  ޑްރޯން ޝޯވ ގައި އިންސާނެއްގެ ސޫރަ ތަމްސީލު ކޮށްފައިވެއެވެ. ގިނަ ބަޔަކު ބުނަމުންދަނީ އެއީ ރައީސް ޑރ. މުއިއްޒު ދައްކުވައިދޭ ސޫރަ އެއް ކަމަށާއި އެކަމަކީ މުއިއްޒު ޕްރޮމޯޓު ކުރަން ކުރި ކަމެއް ކަމަށެވެ.

އިންސާނުންނާއި ދިރޭތަކެތީގެ ސޫރަ ސިފަވާ ރަމްޒް ތައް ބެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެ ފަތުވާ މަޖިލީހުން ފަތުވާ އެއް ނެރެފައިވަނިކޮށް ސަރުކާރުން މިކަން ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައި ވަނިކޮށް، ޑރ. އިޔާޒް އެކްސް ގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ދީނަށް ވަރަށް ލޯބި ކުރައްވާ ކަމަށް މީސްތަކުންނަށް ދެއްކިގެން ވެރިކަން ހޯއްދެވި ބޭފުޅަކު އައު އަހަރު ފާހަގަ ކުރުންފަދަ މުންކަރާތްތައް ހިންގެވުމަކީ އެމަނިކުފާނުގެ މުނާފިޤުކަން އިތުރަށް ހާމަވާ ކަމެއް،" ކަމަށެވެ.

މުއިއްޒު އަށް ސަނާ ކިޔާ ޕްރޮމޯޓު ކުރުމަށް ސަރުކާރުން ބާއްވާ ކޮންމެ ހަފްލާ އެއްގައި މިފަދަ ކަންކަން ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު، އަނެއް ބަޔަކު ބުނެފައިވަނީ "މިއީ ދެން ފުކެއް ބޮޑުވަރު" ކަމަށެވެ. ޑްރޯން ޝޯވ ގައި ފެނުނު ކޯޓު ފަޓުލޫނު ގައި ހުރި މީހެއް ގެ ސޫރައިގެ ފޮޓޯ އެޓޭޗް ކުރުމަށް ފަހު ބައެއް މީހުން ބުނެފައިވަނީ "ހަމަ ކޮސްވެއްޖެ" ކަމަށެވެ. ގިނަ ބަޔަކު ވަނީ އެ މަންޒަރު ފެންނަ ވީޑިއޯ އެޑިޓް ކޮށް އެއަށް ހަޖޫވެސް ޖަހާފަ އެވެ.

އައު އަހަރު އައި އިރު ސިންގަޕޫރުގައި އަނބިކަނބަލުންނާ އެކު ހުންނެވި ރައީސް މުއިއްޒަށް އަމާޒު ކޮށް ޑރ. އިޔާޒް އިތުރަށް ވިދާޅުވެފައި ވަނީ، މިފަދަ ކަންކަމަށް އެތައް ފައިސާ އެއް ބޭކާރު ކުރެވޭ ކަމަށެވެ. އަދި 2026 ގައި ބޮޑު ދަރަންޏެއް ދައްކަންޖެހޭކަން އެމަނިކުފާނު ހަނދާން ހުރިތޯ ވެސް ޑރ. އިޔާޒް ވަނީ ސުވާލު ކުރައްވާފަ އެވެ.

2026 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ސަރުކާރުން ވަނީ އުޑުމަތީގައި އެކި މަންޒަރުތައް ސިފަކޮށްދެމުންދިޔަ ޑްރޯން ޝޯއަކާއި، ހަވާއެރުވުމާއި ސަގާފީ އެކި ހަރަކާތްތަކާއެކު ކުލަަގަދަ ފެސްޓިވަލެއް ހުޅުމާލޭގައި ބާއްވާފައެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުޑރ. މުހައްމަދު އިޔާޒްއައު އަހަރުޑްރޯން ޝޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޅުފުށީގައި އިމާރާތް ކުރި 100 ހައުސިންގ ޔުނިޓުތައް ނިންމާ ހަވާލު ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މި ސަރުކާރުން ފެނާއި ކަރަންޓު އަދި ނަރުދަމާ ގުޅާ ދީފައިނުވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި

01 ޖެނުއަރީ 2026
މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް

މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް: ރައީސް

01 ޖެނުއަރީ 2026
ރާއްޖޭ ގައި އޮތީ ކޮން ނިޒާމެއް ކަމެއް ނޭނގޭ، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް: ވަކީލް ނިޝާން

ރާއްޖޭ ގައި އޮތީ ކޮން ނިޒާމެއް ކަމެއް ނޭނގޭ، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް: ވަކީލް ނިޝާން

31 ޑިސެމްބަރު 2025
ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

31 ޑިސެމްބަރު 2025
ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

31 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު