Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

ރައީސް މުއިއްޒު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވި އިރު ގިނަ ބަޔަކު ފްލެޓާއި ގޯތި ނުލިބުމުގައި ހުރި މައްސަލަތައް ހިއްސާކުރި އެވެ. ބައެއް މީހުންގެ ފްލެޓް އެގްރީމެންޓް އެކުލަވާލުމަށް ފަހު ޝަރުތު ހަމަނުވާ ކަމަށް ބުނެ ވަނީ ކުރިން ލިބުނު އަތުލާފައެވެ. އާއްމުން ވަނީ ކުރިން ލިބުނު ތަނަކުން ފްލެޓާއި ގޯތި ދިނުމަށް ރައީސް ވިދާޅުވި ވައުދު ފުއްދުމަށް ގޮވާލާފަ އެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 18:50
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވައިފި އެވެ.

ރައީސް ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ހުޅުމާލެ ފޭސް 2 ޞަލާޙުއްދީން ސްކޫލްގަ އެވެ. އެ ބައްދަލުކުރެއްވުމުގައި އާއްމުން ވަނީ ހުޅުމާލެ އާއި ގުޅުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. 

Advertisement - newsAdvertisement

އާއްމުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ހިއްސާކޮށްފައި ވަނީ ގޯތި ގެދޮރުގެ މައްސަލަ އާއި މެދުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިން ވައުދު ވީ ގޮތަށް ފްލެޓާއި ގޯތި ދީފައި ނުވާތީ އެކަންބޮޑުވުން ބައެއް އާއްމުން ވަނީ ހިއްސާކޮށްފަ އެވެ.  އެގޮތުން މީގެ ކުރިން ފްލެޓް ލިބި، ފްލެޓް އެގްރީމެންޓް އެކުލަވާލާ، ފްލެޓް ހުރި ތަން ވެސް އެނގިފައިވާ މީހަކަށް ދާދި ފަހުން، އޭނާ ފްލެޓަށް ޝަރުތު ހަމަ ނުވާ ކަމަށް ބުނެ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސިޓީ އެއް ފޮނުވާފައިވާ ކަމަށް އާއްމު މީހަކު ވަނީ ބުނެފަ އެވެ.

"މި ސިޓީ ފޮނުވާފައި ވަނީ 16 ޑިސެމްބަރުގައި. އަޅުގަނޑުމެން ކުދިން ސްކޫލަށް ވައްދާ ހުޅުމާލެ އަދި މާލޭގައި ދިރިއުޅޭތާ 22 އަހަރު ވެއްޖެ. ސްކޫލް ރިޕޯޓް ފޯމާއި އެކު ފޯމް ފުރީ." އާއްމު މީހަކު ބުނެފައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމް ގެ ދަށުން ލިބުނު ފްލެޓް އަތުލާފައި ވާތީ އެކަމާއި މެދު އެ އާއްމު މީހާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އިތުރު އާއްމު މީހަކު ބުނީ ކޮންމެ ޖަލްސާ އެއްގައި ރައީސް އާއި މީހުން ބައްދަލުކުރާ އިރު އިވެނީ އެއް ޝަކުވާ އެއްގެ އަޑު ކަމަށެވެ. އެހެންނަމަވެސް އެ ޝަކުވާތަކަށް އެކަށީގެންވާ އިޖާބަ އެއް ނުދޭ ކަމަށް އެ އާއްމު މީހާ ވަނީ ބުނެފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދެއްކި އިތުރު އާއްމު މީހަކު ބުނީ އާނާ އަކީ 2004 އިން ފެށިގެން މާލޭގައި ދިރިއުޅެމުންދާ މީހެއް ކަމަށެވެ. 2023 ވަނަ އަހަރު އެމްޑަބްލިއުއެސްސީ އިން ފްލެޓް ވިއްކަލް ހުޅުވާލުމުން އެމްއައިބޯ މެދުވެރިކޮށް ފްލެޓަށް ލާ، އެ ފްލެޓަށް އެއްކޮށް ފައިސާ ދެއްކުމަށް ފަހު ފްލެޓް ގަނެފައިވާނެ ކަމަށް އެ އާއްމު މީހާ ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް އެ ތަނަކީ ކުންފުނީގެ ހައުސިން ސްކީމެއްގެ ދަށުން ދީފައިވާ ތަނެއް ނޫންކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެކަން ހާމަކޮށްދޭ ލިޔެކިޔުންތަކާއި އެކު ފްލެޓަށް އެދި ހުށަހެޅުމުން، އޭނާ ކުރިން ގަނެފައިވާ ފްލެޓަކީ 600 އަކަފޫޓު ހަމަ ނުވާ ނަމަ ފްލެޓް ލިބޭނެ ކަމަށް އޭރު އަންގާފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ. އެހެންނަމަވެސް މި ސަރުކާރުން އޭނާ ގެ ނަން ފްލެޓް ލިސްޓުން އުނިކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ރައީސް އާއި ހިއްސާކޮށްފަ އެވެ.

"ފްލެޓަކީ ކުންފުނީގެ ހައުސިން ސްކީމަކުން ދިން ތަނެއް ނޫން. ފްލެޓް ލިސްޓުން 87 ޕޮއިންޓް ލިބުނު. 389 އަކަފޫޓު އުޅޭ ތަނުގައި ހުންނަނީ. ނަމަވެސް މި ސަރުކާރުން ވަނީ އެއީ ކުންފުނީގެ އެޕާޓްމެންޓެއް ކަމަށް ބުނެ ލިސްޓުން އުނިކޮށްފަ. އެ ފްލެޓަކީ 1 ރޫމް އެޕާޓްމެންޓެއް.އަޅުގަނޑު ދިރިއުޅެނީ 14 އަހަރުގެ ފިރިހެން ކުއްޖަކާއި 6 އަހަރުގެ އަންހެން ދަރިފުޅައި އެކު." އޭނާ ވަނީ ބުނެފަ އެވެ.

އިތުރު ބައެއް އާއްމުން ވެސް ވަނީ އެތައް ބައެއްގެ ހައްގުތައް ގެއްލިގެން ދާ އިރު ސަރުކާރުން ހަނު ތިބޭ ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ.

އާއްމުން ވަނީ މި ސަރުކާރުން އެކަންކަން އިސްލާޙުކުރުމަށް ގޮވާލާފަ އެވެ. ފްލެޓާއި ގޯތި ކުރިން ލިބުނު ތަނަކުން ދެއްވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވާ އިރު އެ ވައުދު ފުއްދުމަށް ތަކުރާރުކޮށް އާއްމުން ވަނީ ގޮވާލާފަ އެވެ. އަދި އާއްމުން ވަނީ ގޯތި ގެދޮރު ދިނުމުގައި ގެންގުޅޭ އުސޫލާއި މެދު ހުރި ހިތްހަމަ ނުޖެހުންތައް ފާޅުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެދޮރުވެރިޔާ ސްކީމްފްލެޓުތައްފަހި ދިރިއުޅުން ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު