Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު އެންމެ ދެ އަހަރު ތެރޭގައި މުޅިރާއްޖެ ވަނީ ފެއިލް ކޮށްފައި، ރައްޔިތުން މިކަމާ ދެކޮޅަށް ނުކުންނަން ޖެހޭ: މެންބަރު މައުރޫފް

3 ޖެނުއަރީ 2026 | ހޮނިހިރު 08:30

މިސަރުކާރުން ހިންގާ ޖަރީމާތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މައުރޫފް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް އުސޫލުތައް ހަލާކުވުމުގެ ފުރުސަތު ރައީސް މުއިއްޒަށް ނުދޭނެ ކަމަށް. އަދި 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު 17 ވަނަ ދުވަހު އެމްޑީޕީން ބާއްވަން މަސައްކަތް ކުރި ބޮޑު ރެލީ ފަސް ކޮށްފައިވާ ކަމަށާއި، 2026 ވަނަ އަހަރު އެ ހަރަކާތް ކުރިއަށްދާނެ ކަމަށް މެންބަރު މައުރޫފް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖެނުއަރީ 2026 | ހޮނިހިރު 08:30
ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ދިވެހިރާއްޖެ ހުރިހާ ދިމާލަކުން ފެއިލް ކޮށްލާފައިވާ ކަމަށާއި، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މިސަރުކާރުން ހިންގާ ޖަރީމާތަކާ ގުޅޭގޮތުން ކަންބޮޑުވުންފާޅު ކޮށް ރައްޔިތުންނަށް މައުލޫމާތު ފޯރު ކޮށްދިނުމަށް އެމްޑީޕީން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މައުރޫފް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް އުސޫލުތައް ހަލާކުވެ ފުޑުފުޑު ކޮށްލުމުގެ ފުރުސަތު ރައީސް މުއިއްޒަށް ނުދޭނެ ކަމަށާއި، އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ގިނަ ބޮޑެތި މަސައްކަތްތައް ރައްޔިތުންނާ ގައުމުގެ ހައްގުގައި ކުރިއަށް ގެންދާނެ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު 17 ވަނަ ދުވަހު އެމްޑީޕީން ބާއްވަން މަސައްކަތް ކުރި ބޮޑު ރެލީ ފަސް ކޮށްފައިވާ ކަމަށާއި، 2026 ވަނަ އަހަރު އެ ހަރަކާތް ކުރިއަށްދާނެ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

މެންބަރު މައުރޫފް ވިދާޅުވީ ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު މުޅި ގައުމު ފެއިލް ކޮށްލާފައިވާ ކަމަށާއި، ކުރިއަށް އޮތީވެސް އުދަނގޫ ދުވަސްތަކެއް ކަމަށެވެ.

މިއަދު މިފެންނަނީ 2 އަހަރުގެ ތެރޭގައި ދިވެހިރާއްޖެ ފެއިލް ކޮށްލާފައިވާތަން. އެހެންވީމަ  ދެން ވެސް ހަގީގަތުގައި ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅުގޮތަކީ އިސްތިއުފާ ދީފައި ގެއަށް ވަޑައިގަތުން. އޭރުން އަޅުގަނޑުމެންނަށް މި ދިވެހިރާއްޖެ ސަލާމަތް ކުރެވޭނީ. މިގައުމަށް ހެޔޮ އެދޭ  ބަޔަކާއެކީގައި. 
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މީގެ އިތުރުން މެންބަރު މައުރޫފް ވަނީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މެންބަރު މައުރޫފް ވިދާޅުވީ ފެންނަ މަންޒަރުތަކަށް ބަލާއިރު، ރައީސް މުއިއްޒަށް ދިވެހި އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވޭނެ ކަމަށާއި، 2025 ވަނަ އަހަރު ބޯހިޔާވަހި ކަމަށް ޚާއްސަކުރި ނަމަވެސް އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެ ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއަކީ އޮޅުވާލުމެއް ކަމަށާއި، އެއީ ސަރުކާރުން ވައްކަން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމައުރޫފް ޒާކިރުއެމްޑީޕީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2026

ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު، ނިއު ރޭޑިއަންޓުގައި ރަޖިސްޓްރީ ކޮށްފި

03 ޖެނުއަރީ 2026
ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު، ނިއު ރޭޑިއަންޓުގައި ރަޖިސްޓްރީ ކޮށްފި
30 ޑިސެމްބަރު 2025

ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި

30 ޑިސެމްބަރު 2025
ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި
30 ޑިސެމްބަރު 2025

ރައްޔިތުންގެ މަޖިލީސް ގޮވައިގެން މެމްބަރު މައުރޫފް ކޯޓަށް ދަނީ

30 ޑިސެމްބަރު 2025
ރައްޔިތުންގެ މަޖިލީސް ގޮވައިގެން މެމްބަރު މައުރޫފް ކޯޓަށް ދަނީ
30 ޑިސެމްބަރު 2025

ރައްޔިތުންގެ މަޖިލީހުގެ މައިކްރޯފޯނަށް ގެއްލުން ދިން މައްސަލައެއް ގައި ބަދަލު ނެގުމުގެ ގޮތުން މެމްބަރުންގެ މުސާރައިން 8 ހާހަށް ވުރެ ގިނަ ރުފިޔާ އުނިކޮށްފި

30 ޑިސެމްބަރު 2025
ރައްޔިތުންގެ މަޖިލީހުގެ މައިކްރޯފޯނަށް ގެއްލުން ދިން މައްސަލައެއް ގައި ބަދަލު ނެގުމުގެ ގޮތުން މެމްބަރުންގެ މުސާރައިން 8 ހާހަށް ވުރެ ގިނަ ރުފިޔާ އުނިކޮށްފި
29 ޑިސެމްބަރު 2025

ފައިސާ ދައްކަން ޖެހޭ ލޯނުތަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާ ނުކުރޭ، އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް

29 ޑިސެމްބަރު 2025
ފައިސާ ދައްކަން ޖެހޭ ލޯނުތަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާ ނުކުރޭ، އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް
29 ޑިސެމްބަރު 2025

ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

29 ޑިސެމްބަރު 2025
ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ
28 ޑިސެމްބަރު 2025

މިނިސްޓަރު މުއްތޮލިބަށް ޖެހިވަޑައިގެންނެވީ ރައީސް މުޢިއްޒުގެ ވައުދުފުޅު މާނަ ކޮށްދެއްވަން

28 ޑިސެމްބަރު 2025
މިނިސްޓަރު މުއްތޮލިބަށް ޖެހިވަޑައިގެންނެވީ ރައީސް މުޢިއްޒުގެ ވައުދުފުޅު މާނަ ކޮށްދެއްވަން
27 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވާ 6 ވަނަ ދަތުރުފުޅު ގައި ފުރާވަޑައިގެންފި

27 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވާ 6 ވަނަ ދަތުރުފުޅު ގައި ފުރާވަޑައިގެންފި
25 ޑިސެމްބަރު 2025

ރައީސް މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ: މެމްބަރު މައުރޫފް

25 ޑިސެމްބަރު 2025
ރައީސް މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ: މެމްބަރު މައުރޫފް
24 ޑިސެމްބަރު 2025

ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟

24 ޑިސެމްބަރު 2025
ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް