Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟

ރައްޔިތުން ނިކުމެ ވޯޓު ލައިގެން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރި ނަމަވެސް، ރައްޔިތުން އަނެއްކާ ވެސް މި ޖެހެނީ ސަލާމް ޖަހާށެވެ. އާދޭސް ދަންނަވާށެވެ. ރައްޔިތު މީހާ ރޮއެ ހޭރިގެން ނޫނީ ކަމެއް ނުކުރެވޭ ޙާލަތަށް ޤައުމުގެ ވެރިކަމުގެ ކަންކަން ދިޔައީމާ، ރައްޔިތުން ކޮންމެ ވެސް ވަރަކަށް ވިސްނާލަން ވެއްޖެ ނޫންބާ އެވެ؟

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2025 | ބުދަ 08:12
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހުޅުމާލޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހުޅުމާލޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު، ރައްޔިތުން ނިކުމެ ވޯޓު ލައިގެން ވެރިޔަކު ހޮވަނީ ބޭނުމެއްގަ އެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވޯޓުލާ މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބެނީ، އެ މީހަކު ވެސް އެތައް ވާހަކަ ތަކެއް ދައްކަވައިގެންނެވެ. އެތައް ވައުދު ތަކެއް ވެގެންނެވެ. ރައްޔިތުންގެ ޚިދުމަތުގައި، ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމުގައި ދެމި ހުންނާނެ ކަމުގެ ފޮނި ހުވަފެން ދައްކައިގެންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަކީ ހަމަ އެ ބީދައިން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި އެތައް ވައުދެއް ވެވަޑައިގެންނެވިއިރު، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ވެރިކަން ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ އެވެ. ނަމަވެސް، މިއަދު ފެންނަމުން މި ދާ މަންޒަރު ތަކުން ހިތަށް އަރަނީ މުޅިން އެހެން އެއްޗެކެވެ. ހަމަ ހަގީގަތުގައި ވެސް މިއަދު މި ފެންނަނީ ހިތާމަ ހުރި މަންޒަރެކެވެ.

އިހު ޒަމާނުގައި ކަންކަން އޮންނަ ގޮތަކީ، ރަސްގެފާނުގެ ދަރުބާރަށް ނިކަމެތި ރައްޔިތު މީހާ ހާޒިރުވެ، އާދޭސް ދަންނަވަން ޖެހުމެވެ. އޭރު ރައްޔިތު މީހާ އަށް ކަމެއް ވާން އޮންނާނީ ރަސްގެފާނުގެ ހެޔޮ ފުޅު ކަމުންނެވެ. ކަމެއް ވާނީ ރަސްގެފާނު އެކަމެއް ކޮށްދެއްވައިފި ނަމަ އެވެ. ރަސްގެފާނުގެ އަރިހުގައި އާދޭސް ދަންނަވައި، ރޮއެ ހޭރިގެން ނޫނީ ކަމެއް ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ.

މިއަދު އަޅުގަނޑުމެން މި ތިބީ ތަހުޒީބުގެ، ދުނިޔެ އަށް އައި ބަދަލާ އެކު، އެހެން ނިޒާމެއްގެ ތެރޭގަ އެވެ. ކުރީގައި އޮތް ނިޒާމު ޤަބޫލު ނުކުރެވި، މިއަދު މި ތިބީ ރައްޔިތުންގެ ބާރުވެރިކަން އޮންނަ ކަމަށް ދުށް ނިޒާމެއްގަ އެވެ. ހަގީގަތަކީ މިއީ ރައްޔިތުންގެ ބާރުވެރިކަން އޮންނަ ނިޒާމަކަށް ވީ ނަމަވެސް، މިއަދު ރާއްޖެ އިން ފެންނަނީ އެހެން މަންޒަރެކެވެ. އިވެނީ އެހެން އަޑެކެވެ. 

ރައްޔިތުން ނިކުމެ ވޯޓު ލައިގެން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރި ނަމަވެސް، ރައްޔިތުން އަނެއްކާ ވެސް މި ޖެހެނީ ސަލާމް ޖަހާށެވެ. އާދޭސް ދަންނަވާށެވެ. ރައްޔިތު މީހާ ރޮއެ ހޭރިގެން ނޫނީ ކަމެއް ނުކުރެވޭ ޙާލަތަށް ޤައުމުގެ ވެރިކަމުގެ ކަންކަން ދިޔައީމާ، ރައްޔިތުން ކޮންމެ ވެސް ވަރަކަށް ވިސްނާލަން ވެއްޖެ ނޫންބާ އެވެ؟ ރައްޔިތުންގެ ހަގީގީ ބާރުވެރިކަން، ރައްޔިތުން އެހެން މީހެއްގެ އަތް މައްޗަށް ދޫކޮށްލަންވީ ހެއްޔެވެ؟

ރައީސް މުޢިއްޒު ބާއްވަމުން ގެންދެވި ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން އިވުނީ ރައްޔިތުންގެ އާދޭހުގެ އަޑެވެ. ރައީސް މަނިކުފާނުގެ އަރިހުގައި ކަންކަމަށް އެދި ރައްޔިތުން އާދޭސް ދަންނަވަމުން ދިޔަ މަންޒަރު ފެނުނު ކޮންމެ މީހަކު ވެސް ދެރަވާނެ އެވެ. ހިތާމަކޮށް، އަސަރު ވެސް ކުރާނެ އެވެ. އެކަމަކު، ހަގީގަތުގައި ކަންކަން އޮންނަން ޖެހޭ ގޮތަކީ އެެޔެއް ނޫނެވެ. ރައީސް މުޢިއްޒު އަކީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ހޮއްވަވާފައި ހުންނެވި ބޭފުޅެކެވެ. 

އެވަރަކުން ނިމުނީއެއް ވެސް ނޫނެވެ. ރައީސް މުޢިއްޒުގެ ހުރިހާ ޚަރަދެއް ކުރަނީ ރައްޔިތުންނެވެ. އެމަނިކުފާނު ދިރިއުޅުއްވާނެ ގެކޮޅަކާއި، އަރިހުގައި އެތަކެއް ބޮޑީ ގާޑުންނާއި، ދުއްވާނެ ކާރު ކޮޅާއި، ލޯންޗުކޮޅާއި، ފަރިއްކުޅުއްވާނެ ތަކެއްޗާއި ދެން ވެސް ހުރި ކަންކަން ކޮށްދެނީ ރައްޔިތުންނެވެ. އެކަންކަމަށް ޚަރަދު ކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާ އެވެ. އެއީ ރައްޔިތުންގެ ފައިސާ އިން ދިރިއުޅުއްވާ، ރައްޔިތުންގެ ޚާދިމެކެވެ. އެހެންވީއިރު، އަދި ވެސް އެމަނިކުފާނުގެ އަރިހުގައި ރައްޔިތުން އާދޭސް ދަންނަވަން ޖެހޭނެ ހެއްޔެވެ؟

ވެރިކަމަށް ހޮއްވަވާފައި، އެކުގައި މަސައްކަތް ކުރަން ވަރުވަރުން މަގާމުތައް އުފައްދަވައި، އެ މަގާމު ތަކަށް ވެސް ބޭފުޅުން އައްޔަން ކުރައްވައިގެން ވެސް އުޅުއްވަނީ ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރުމަށެވެ. އެއީ ވެސް ރައްޔިތުންނަށް ޚިދުމަތް ދޭށެވެ. އެކަމަމަކު، މަތި ބަރުވެގެން ގޮސް ސަރުކާރު އަރި އަޅާލާއިރު ވެސް، ރައްޔިތުންގެ ކަންކަން ހުރީ ނުފުދި އެވެ. މައްސަލަތައް ހުރީ ހައްލު ނުވެ އެވެ. އެކަމުގެ ޝަކުވާ އިންތިހާ އަށް ބޮޑުވެފައި އޮތްއިރު، ރައީސް މި އުޅުއްވަނީ ރައްޔިތުންގެ އެއްކުރައްވައިގެން، ރައްޔިތުން ލައްވައި އާދޭސް ދެންނެވުމުގެ މަޤުސަދުގައި ނޫން ހެއްޔެވެ؟

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

މުއިއްޒުގެ ބައްދަލުވުންތަކުގެ ފަހަތުގައިވާ ހެއްވާ އެތައްކަމެއް

20 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

18 ޑިސެމްބަރު 2025
ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު