Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައުސިން މިނިސްޓްރީ

މިނިސްޓަރު މުއްތޮލިބަށް ޖެހިވަޑައިގެންނެވީ ރައީސް މުޢިއްޒުގެ ވައުދުފުޅު މާނަ ކޮށްދެއްވަން

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގަައި ރައީސް މުޢިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ، އެ މީހަކަށް ލިބިފައި އޮތް އެއްޗެއް، ލިބިފައި އޮތް ގޮތަކަށް، ލިބުނު ތަނަކުން ދެއްވާނެ ކަމަށް.. އެއްވެސް މީހަކަށް ދީފައި އޮތް ފްލެޓެއް ވިޔަސް ނުވަތަ ގޯއްޗެއް ވިޔަސް އަތު ނުލައްވާނެ ކަމަށާއި، އޭގެ ބަދަލުގައި އެ ތަންތަން ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވައުދުވެ ވަޑައިގެންފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 10:16
ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްތޮލިބު

ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްތޮލިބު

އެ މީހަކަށް ލިބިފައި އޮތް އެއްޗެއް، ލިބިފައި އޮތް ތަނަކުން ދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދު މާނަ ކޮށްދެއްވަން ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްތޮލިބަށް ޖެހިވަޑައިގެންފި އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގަައި ރައީސް މުޢިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ، އެ މީހަކަށް ލިބިފައި އޮތް އެއްޗެއް، ލިބިފައި އޮތް ގޮތަކަށް، ލިބުނު ތަނަކުން ދެއްވާނެ ކަމަށެވެ. އެއްވެސް މީހަކަށް ދީފައި އޮތް ފްލެޓެއް ވިޔަސް ނުވަތަ ގޯއްޗެއް ވިޔަސް އަތު ނުލައްވާނެ ކަމަށާއި، އޭގެ ބަދަލުގައި އެ ތަންތަން ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވައުދުވެ ވަޑައިގެންފައިވެ އެވެ.

Advertisement - newsAdvertisement

އޭގެ ފަހުން މި ސަރުކާރުގެ ހިޔާވަހި ފައިނޭންސިން ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، މިދިޔަ ސަރުކާރުން ދޫކޮށްފައިވާ ތަންތަން އެ ގޮތަށް ހަވާލު ކޮށްދެއްވާނެ ކަމަށެވެ. ލިސްޓުގައި ނަން އޮތް މީހެއް ވެއްޖިއްޔާ، އެ މީހަކަށް ގޯތިތައް ވެސް ހަވާލު ކުރާނެ ކަމަށް އެރޭ ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

އާދީއްތަ ދުވަހު ހައުސިން މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން ވާނީ އެ ސުވާލު ކޮށްފަ އެވެ. އެގޮތުން ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައި އޮތް ލިސްޓުގައި ތިބި ބައެއް މީހުންގެ ޝަރުތު ހަމަ ނުވާ ކަމަށް އަންގާފައިވާއިރު، ރައީސްގެ ވައުދުފުޅު ފުއްދުނީ ކަމަށް ޤަބޫލު ކުރައްވަންތޯ ސުވާލު ކޮށްފައިވެ އެވެ. ހަމަ އެހެންމެ، ޝަރުތު ހަމަ ނުވާ ކަމަށް ނިންމައި، މިހާތަނަށް ލިޔުން ފޮނުވާފައި ވަނީ ކިތަން މީހުންނާތޯ ވެސް ސުވާލު ކޮށްފައިވެ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، އެއީ ރައީސް މުޢިއްޒު އެ މާނައިގައި ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ. އެގޮތުން އެ މީހަކަށް ލިބިފައި އޮތް ތަނެއް، ލިބިފައި އޮތް ގޮތަކަށް ދެއްވާނެ ވާހަކަ ރައީސް މުޢިއްޒު މާނަ ކުރެއްވީ އެގޮތުގައި ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ޝަރުތު ހަމަ ނުވާ ފަރާތްތަކަށް ވެސް ދޫކޮށްފައިވާ ކަމަށާއި، އެ ފަރާތް ތަކަށް ދެއްވާނެ ވާހަކަ ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވައުދުގައި ލިބިފައި އޮތް ތަނެއް، ލިބިފައި އޮތް ފަރާތަކަށް ދެއްވާނެ ވާހަކަ. އަޅުގަނޑު ހަމަ ދަންނާވަލަން ބޭނުން ވަނީ ރައީސުލްޖުމްހޫރިއްޔާ އެ މާނަ ކުރެއްވީ ކޮންމެ ގޮތެއް ވިޔަސް އޮޅުވާލުމާއި، މަކަރުގެ ތެރެއިން ޝަރުތު ހަމަ ނުވާ ފަރާތްތަކަށް ދޭ ވާހަކައެއް ނޫން. މިސާލަކަށް ދަންނަވާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ހުރީ ބިންވެރިޔާ ސްކީމްގެ ތެރެއިން، އޭގައި ހަމަ ވަރަށް ސްޕެސިފިކް ޝަރުތެއް އޮންނާނެ މާލެ އަށް އުފަން، ފެށުނީއްސުރެ މާލެ އަށް ރަޖިސްޓްރީ އޮތް މީހަކަށް ވާން ޖެހޭނެއޭ. އެއީ ހަމަ އޭގެ ބޭސިކް ޝަރުތު އެއީ، ބިންވެރިޔާ ސްކީމްގެ. އެކަމަކު އެބަ އޮތް އެތައް ފަރާތްތަކަށް ދީފައި މާލޭގައި މާ ފަހުން ރަޖިސްޓްރީ ކުރި ފަރާތްތަކަށް ވެސް. މަންމަ އާއި ބައްޕަ މާލެ އެއް ނޫން، އެއްވެސް ގޮތަކަށް މާލެއެއް ނޫން، ފަހުން މާލޭގައި ރަޖިސްޓްރީވި ފަރާތްތަކަށް ވެސް ދީފައި އެބަ ހުރި. 
މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްތޮލިބު 

މިނިސްޓަރު މުއްތޮލިބު ވިދާޅުވީ ޕޮއިންޓު ދީފައިވާ ގޮތުގެ ވާހަކަ ނުދައްކަވާ ކަމަށާއި، އަސާސީ ޝަރުތުގެ ވާހަކަ ދައްކަވާ ކަމަށެވެ. އެގޮތުން އަސާސީ ޝަރުތު ހަމަ ނުވާ ފަރާތެއް ހުރި ނަމަ، އެ ފަރާތެއް އުނި ކޮށްފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް، އެގޮތަށް ލިސްޓުން އުނި ކޮށްފައި ވަނީ، ނުވަތަ ފްލެޓު އަތުލާފައި ވަނީ ކިތަން މީހުންގެ އަތުން ކަމެއް މިނިސްޓަރަށް އެނގިވަޑައި ނުގަންނަވަ އެވެ. 

މިނިސްޓަރު މުއްތޮލިބު މިހެން ވިދާޅުވި ނަމަވެސް، ރައީސް މުޢިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ލިސްޓުގައި ނަން އޮތް މީހެއް ނަމަ، އެ މީހަކަށް އެ ފްލެޓެއް ނުވަތަ ގޯއްޗެއް ދެއްވާނެ ކަމަށެވެ. އޭގެ ތެރެއިން އެއްވެސް އެއްޗެއް އަތު ނުލައްވާނެ ކަމަށް ރައީސް މުޢިއްޒު ވައުދުވެ ވަޑައިގެންފައިވެ އެވެ. 

އެހެން ނަމަވެސް، ކުރީ ސަރުކާރުން އެކުލަވާލައި، އަދި ގެޒެޓު ކޮށްފައިވާ ލިސްޓު މި ސަރުކާރުން ބަދަލު ކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ އަމާާޒުވެފަ އެވެ. އަދި އެތައް ބައެއްގެ އަތުން ފްލެޓު އަތުލާފައިވާ ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ނުރުހުން ވެސް އަމާޒު ކުރަމުންނެވެ. އެގޮތުން އެކި އެކި މަރުޙަލާތައް ނިމި، ފައިނަލް ކޮށްފައިވާ ލިސްޓެއް ސަރުކާރުން ބޭނުން ބަޔަކަށް ފްލެޓުތައް ބަހާލުމުގެ މަޤުސަދުގައި ބަދަލު ކޮށްފައިވާ ކަމަށް ބުނެ އާންމުންގެ ނުރުހުން ވަނީ ހަައުސިން މިނިސްޓްރީ އަދި ސަރުކާރަށް ވެސް އަމާޒުވެފަ އެވެ. 

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބުމިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެދޮރުވެރިޔާ ފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވާ 6 ވަނަ ދަތުރުފުޅު ގައި ފުރާވަޑައިގެންފި

ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވާ 6 ވަނަ ދަތުރުފުޅު ގައި ފުރާވަޑައިގެންފި

27 ޑިސެމްބަރު 2025
ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟

ވެރިކަން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރަން، އަދި ވެސް ރައްޔިތުންވީ ރޮއެ އާދޭސް ދަންނަވަންތޯ؟

24 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

18 ޑިސެމްބަރު 2025
ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު