Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަނީ ޢުމަރު

ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި ޙުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވޭ. ސަނީ ހައްޔަރުކުރީ ޑިސެމްބަރު މަހު ކުރީކޮޅު އެއީ އޭނާގެ އަންހެނުންގެ އާއިލާއަށް ނިސްބަތްވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2026 | ހުކުރު 16:55
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސަނީ ފުލުހުންގެ ވެހިކަލްގައި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސަނީ ފުލުހުންގެ ވެހިކަލްގައި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި އެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާ އާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. 

Advertisement - newsAdvertisement

އެ ހުށަހެޅުމާއި ގުޅިގެން ހުކުރު ދުވަހު އެ ކޯޓުން ވަނީ ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާ ފައެވެ. މިކަމާއި ގުޅިގެން ސަނީގެ ވަކީލުންނަށް ގުޅުމަށް ރާއްޖެ އެމްވީ އިން ކުރި މަަސައްކަތް ކާމިޔާބުވެފަ އެއް ނުވެ އެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. ތަޙުޤީޤުގައި ކުރަންހުރި މަސައްކަތަށް ރިޢާޔަތްކޮށް ޕީޖީ އޮފީހުން ވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަޙުޤީޤު މުއްދަތު އިތުރުކޮށްދީފަ ކަމަށް އެ އޮފީހުން ބުނެފައި ވެ އެވެ.

ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރީ ޑިސެމްބަރު މަހު ކުރީކޮޅެވެ. އޭގެ ކުރިން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވި، އަދި ފިލައިގެން ދާން ދެ ފަހަރަށް އުޅުމުން ވެސް ފުލުހުން ހުރީ ސަނީ އުމަރު ހައްޔަރު ނުކޮށް ދޫކޮށްލާފަ އެވެ. އަދި އެއީ ކީއްވެގެންތޯ ކުރެވުނު ސުވާލަށް ފުލުހުން ޖަވާބެއް ވެސް ނުދެ އެވެ.

ސަނީ އުމަރު އަށް ކުރެވެނީ އޭނާ ގެ އަންހެނުންގެ އާއިލާ އަށް ނިސްބަތްވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ. މީގެ އިތުރުން ވެސް އިތުރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އޭނާ ގެ މައްޗަށް ކުރެވޭ އިރު، އޭގެ ތެރޭގައި 2 އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ހިމެނެ އެވެ.

ޙުސައިން ސަނީ ޢުމަރުކުޑަކުދިންނަށް ޖިންސީ ގޯނާކުރުންކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ގެ މަރުގެ މައްސަލަ: ހައިޝަމް އާއި ޒިހާން ގެ މައްސަލަ އަލުން ބެލުމަށް އަމުރު ކުރުމުން ބަންދުކޮށްފި

ޔާމީން ގެ މަރުގެ މައްސަލަ: ހައިޝަމް އާއި ޒިހާން ގެ މައްސަލަ އަލުން ބެލުމަށް އަމުރު ކުރުމުން ބަންދުކޮށްފި

31 ޑިސެމްބަރު 2025
ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި 2 މީހަކަށް ބޮޑު ޖަލު ހުކުމެއް

ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި 2 މީހަކަށް ބޮޑު ޖަލު ހުކުމެއް

31 ޑިސެމްބަރު 2025
ނަފްސާނީ ބަލި ހުންނަ ކޮއްކޮ އަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ނަފްސާނީ ބަލި ހުންނަ ކޮއްކޮ އަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

31 ޑިސެމްބަރު 2025
ކޭޕާކް މައްސަލައިގައި މަންޑޭ 397 އަހަރަށް ޖަލަށް، މިއީ ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމް!

ކޭޕާކް މައްސަލައިގައި މަންޑޭ 397 އަހަރަށް ޖަލަށް، މިއީ ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމް!

31 ޑިސެމްބަރު 2025
ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު