Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަމްއާން ވަހީދު

ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި

ކްރިމިނަލް ކޯޓުން ބުނީ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ވަނީ ނިމިފައި.

އަލީ ޝާހީން
އަލީ ޝާހީން | 25 ޑިސެމްބަރު 2025 | ބުރާސްފަތި 10:56
ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާ ކަމަށެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވުމު ގެ އިޙްތިމާލު ކުޑަވެފައިވާކަމަށް ފެންނާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުން އެގޮތަށް ބުރާސްފަތި ދުވަހު ނިންމަވާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރަނީ މިދިޔަ 22 މާޗުގަ އެވެ. އޭރު ޝަމްއާނާ އެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ހައްޔަރުކުރި އެވެ. އެ މައްސަލާގައި އޭނާ ގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އެޕްރީލް 6، ގަ އެވެ. އެހެންކަމުން ބުރާސްފަތި ދުވަހަށް ނުވަ މަހާއި ތިން ދުވަސް ހަމަވާނެ އެވެ.

ޝަމްއާންގެ މައްޗަށް ތިން ދައުވާ އެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިވަގުތު ކުރިއަށްދާއިރު މި ތިން ދައުވާ ސާބިތުވެއްޖެނަމަ އެންމެ މަދުވެގެން ނުވަ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އޭނާ ގެ މައްޗަށް އަންނާނެ އެވެ. މަނީ ލޯންޑަރިންގެ ކުށުގެ އަދަބެއްގެ ގޮތުގައި 15 އަހަރު ކަނޑައަޅައިފިނަމަ އޭނާ ގެ މައްޗަށް 19 އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ކުރާނެ އެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި ބުރާސްފަތި ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުން ބުނި ގޮތުގައި ޝަރުތުތައް ކުރުމަށް ފަހު ބަންދުން ދޫކޮށްލުމުގެ އިތުރުން ޝަމްއާނަށް ރާއްޖޭން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް އޭނާ ގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.

ޝަމްއާން ވަހީދުއިމިގްރޭޝަން ކޮންޓްރޯލަރކްރިމިނަލް ކޯޓްކޮރަޕްޝަން ބަންދުން ދޫކުރުން

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ

25 ޑިސެމްބަރު 2025
ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ
22 ޑިސެމްބަރު 2025

ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!

22 ޑިސެމްބަރު 2025
ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!
22 ޑިސެމްބަރު 2025

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ގެ ޖަލު ހުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން ހުއްދަ އެއް ނުދިން

22 ޑިސެމްބަރު 2025
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ގެ ޖަލު ހުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން ހުއްދަ އެއް ނުދިން
21 ޑިސެމްބަރު 2025

ރާއްޖެ އަކީ ކަރަޕްޝަން އާއި ޚިޔާނަތުގެ މައްސަލަތައް ގިނަ، ކަޅު ފައިސާ ދޮންނަ، ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް: ރިޕޯޓު

21 ޑިސެމްބަރު 2025
ރާއްޖެ އަކީ ކަރަޕްޝަން އާއި ޚިޔާނަތުގެ މައްސަލަތައް ގިނަ، ކަޅު ފައިސާ ދޮންނަ، ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް: ރިޕޯޓު
21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު