Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޭޕާކް މައްސަލަ

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

ކޭޕާކް ފްލެޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހެދި ކަމަށް ތުހުމަތުކުރެވޭ ހަސަން މަމްދޫހު ގެ މައްޗަށް ކުރި 104 ދައުވާގެ ތެރެއިން 94 ދައުވާ ވަނީ ސާބިތުވެފަ. މި މައްސަލާގައި ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން 89 ދައުވާ ސާބިތުވި. ކުށުން ހޯދި ފައިސާއިން މަންޑޭ ގަނެފައިވާ އެޕާޓްމެންޓް ދައުލަތަށް ނަގަން ކޯޓުން އަމުރުކުރި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 11:25
މަންޑޭ އަދި އޭނާ ދިރިއުޅޭ ގެ ބަލާ ފަސްކުރުމުގެ ތެރެއިން ފުލުހުންނަށް ފެނުނު ބައެއް ތަކެތި

މަންޑޭ އަދި އޭނާ ދިރިއުޅޭ ގެ ބަލާ ފަސްކުރުމުގެ ތެރެއިން ފުލުހުންނަށް ފެނުނު ބައެއް ތަކެތި

ކޭޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ކުރި 100 އަށް ވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭ ގައި ތަރައްގީކުރަމުންދާ ކޭޕާކް ރެޒިޑެންސް ގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މަންޑޭގެ މައްޗަށް 104 ދައުވާ ދައުލަތުން ވަނީ އުފުލާފަ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ގެއްލުން ލިބުނު 51 މީހުންނާ ގުޅިގެން ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ 12 ޑިސެންބަރު 2023 ގަ އެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު މަންޑޭ އޭނާ ގެ މައްސަލައިގެ އަޑު އެހުމަށް ހާޒިރު ނުވުމުން އެ މައްސަލައިގެ ހުކުމް ކުރުން ހޮނިހިރު ދުވަހަށް ވަނީ ލަސްކޮށްފަ އެވެ. ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ އަޑު އެހުން ފަސްކުރުމަށް މަންޑޭ ގެ ފަރާތުން އެދުނު ނަމަވެސް ޝަރީއަތް އޮންނާނެކަން މަންޑޭ އަށް އަންގާފައިވާނެ ކަމަށެވެ. އެ ސަބަބަށްޓަކާ ކޯޓަށް ހާޒިރުނުވާ މީހުންނާ މެދު އަމަލުކުރާ އުސޫލުން މަންޑޭ އާއި މެދު ވެސް އަމަލު ކުރާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން  ކުރި ހުކުމުގައި ބުނީ މަންޑޭ ގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން އޭނާ ގެ މައްޗަށް ސާބިތުވީ، ޓެކުމުގެ 46 ދައުވާ އާއި،  އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ 3 ދައުވާ އާއި،  މަނީ ލޯންޑްރިންގ ގެ 1 ދައުވާ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ އަދަދެއްގެ ދައުވާ ސާބިތުވި ފުރުތަމަ ފަހަރެވެ. 

އެ މައްސަލައިގައި ދެން ދައުވާ އުފުލާފައި ވަނީ ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދަށެވެ. އޭނާ ގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ 95 ދައުވާ އެެވެ. އެ ދައުވާތަކުގެ ތެރެއިން އޭނާ ގެ މައްޗަށް ސާބިތުވީ 89 ދައުވާ އެވެ. ކްރިމިނަލް ކޯޓުން ބުނީ ޖައިޝާން ގެ މައްޗަށް ސާބިތުވީ ޓެކުމުގައި ބައިވެރިވުމުގެ 45 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ 3 ދައުވާ ގެ އިތުރުން މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ 1 ދައުވާ އެވެ. 

ހޮނިހިރު ދުވަހު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން ގާޒީ ނަދީމް ވިދާޅުވީ ކުށް ކޮށްގެން ހޯދި ފައިސާތައް މަންޑޭ އަމިއްލަ ބޭނުމަށް ބޭނުންކޮށް، އެ ފައިސާ އިން ހުޅުމާލެ އިން ފްލެޓްތަކެއް ވެސް މަންޑޭ ގަނެފައިވާ ކަމަށެވެ. އެހެންކަމުން މަނީ ލޯންޑްރިންގ ގެ ދައުވާ ސާބިތުވާތީ އާއި އެ ފައިސާ ބޭނުން ކޮށްގެންގެން ގަނެފައިވާ އެ އެޕާޓްމެންޓް ވެސް ދައުލަތަށް ނެގުމަށް ގާޒީ ނަދީމް ވަނީ އަމުރު ކުރައްވާފަ އެވެ. 

ގާޒީ ނިންމެވީ ސާބިތުވި ދައުވާތަކަށް އަދަބު ކަނޑައެޅުމާ ގުޅޭ ގޮތުން އަންނަ އަންގާރަ ދުވަހުގެ ހެނދުނު އަޑުއެހުމެއް ބޭއްވުމަށެވެ. 

ހަސަން މަމްދޫހް ކޭޕާކް ރެސިޑެންސްކްރިމިނަލް ކޯޓްޖައިޝާން ސައީދު މަނީ ލޯންޑަރިންގ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

27 ޑިސެމްބަރު 2025
ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

27 ޑިސެމްބަރު 2025
މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

27 ޑިސެމްބަރު 2025
ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

26 ޑިސެމްބަރު 2025
ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު